އިޒްރޭލުގެ ހަނގުރާމަ މަތީ ބޯޓު ވައްޓާލާފައި ވަނީ އެ ގައުމުގެ އުތުރުގެ ހިސާބަކަށް. --ފޮޓޯ:ރޮއިޓާސް
10 ފެބުރުއަރީ 2018 - 19:26
ދިމިޝްގު (ފެބްރުއަރީ 10) - ސީރިއާ އަށް އިޒްރޭލުން ވައިގެ ހަމަލާތައް ދޭތީ ސީރިއާ އިން ވެސް ރައްދު ހަމަލާދީ އިޒްރޭލުގެ ހަނގުރާމަ މަތީ އެފް-16 ގެ ހަނގުރާމަ މަތީ ޖެޓެއް ވައްޓާލައިފި އެވެ.
އިޒްރޭލުގެ އުތުރަށް ވައްޓާލި ޖެޓުގެ ދެ ޕައިލެޓުން ވަނީ ވައި ކުޑައިގައި ސަލާމަތްވެފަ އެވެ. ދެ ޕައިލެޓުންނަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މިއީ ސީރިއާ އަށް ހަމަލާ ދޭން ފެށި ފަހުން އިޒްރޭލުގެ ހަނގުރާ މަތީ ބޯޓެއް ވައްޓާލި ފުރަތަމަ ފަހަރު ކަމަށްވެ އެވެ.
ސީރިއާގެ ރަސްމީ މީޑިއާ އިން ބުނެފައި ވަނީ އިޒްރޭލުން ހިންގާ އުދުވާނާ ދެކޮޅަށް އެ ގައުމުގެ އެއާ ޑިފެންސުން ހަމަލާދީފައިވާ ކަމަށެވެ. އަދި ސީރިއާގެ ހަމަލާތައް އެއް ބޯޓަށް ވުރެ ގިނަ ބޯޓަށް އަރާފައިވާ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް އިޒްރޭލުން ބުނެފައި ވަނީ ހަމަލާ އެރީ އެއް ބޯޓަށް ކަމަށެވެ.
އިޒްރޭލުން ބުނެފައި ވަނީ އެ ގައުމުގެ ބޯޓު ވައްޓާލުމުގެ ޒިންމާ އީރާނުން ވެސް އުފުލަން ޖެހޭނެ ކަމަށެވެ. އަދި އީރާނުގެ ޑްރޯންތައް އިޒްރޭލުގެ ވައިގެ ސަރަހައްދުގެ ތެރޭގައި ދަތުރު ކުރުމަކީ އިތުރު ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކަމަށް އިންޒާރުދީފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައުންސެލަރު
11 February 2018
ސާބަހޭ ބައްޝާރު ބުރަދާ..
މަސޮރު
10 February 2018
ހާދަ އުފާވެރި ހަބަރެކެ... ގިނަ ގިނައިން މިކަންވުން ރަނގަޅީ
ވެރީގުޑް
10 February 2018
ސާބަހޭ ބައްޝާރު. އާލު ސުއޫދުންނާއި އިޒުރޭލާ އަދި އެބައި މީހުންނާ ގުޅިގެން ސީރިއާ ސުންނާފަތިކުރަމުންދާ އެކިއެކި ޖަމާއަތްތައް ބަލިވެދާނެ އިސާހިތަކު،