އީރާނުގެ އަސެމަން އެއާލައިންސް އިން އޮޕަރޭޓް ކުރާ އޭޓީއާރު މަރުކާގެ ބޯޓެއް.
18 ފެބުރުއަރީ 2018 - 13:45
ތެހެރާން (ފެބްރުއަރީ 18) - ފަސްދޮޅަސް ޕަސިންޖަރުންނާ އެކު ދަތުރު ކުރި އީރާނުގެ ޕަސިންޖާ މަތިންދާ ބޯޓެއް އެ ގައުމުގެ މެދުތެރޭގެ ފަރުބަދަމަތީގެ ހިސާބަކަށް މިއަދު ވެއްޓިއްޖެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ވެރިރަށް ތެހެރާން އާއި ހުޅަނގު ދެކުނުގެ ޔަސޫޖް ސިޓީއާ ދެމެދު ދަތުރު ކުރި ބޯޓު ވެއްޓިފައި ވަނީ އިސްފަހާން ޕްރޮވިންސްގެ ސެމިރޮމް ސިޓީއަށެވެ. ބޯޓު ވެއްޓުނު ހާދިސާގައި މަރުވި މީހުންނާ ބެހޭ ތަފްސީލް އަދި ނުލިބެ އެވެ.
އިމަޖެންސީ ސާވިސްގެ ތަރުޖަމާނަކު ވިދާޅުވީ އިމަޖެންސީ ހުރިހާ ބާރުތަކެއް މިހާރު ކުއްލި ހާލަތަށް ގެނެސްފައިވާ ކަމަށެވެ. ބޯޓު ވެއްޓުނު ސަރަހައްދަށް އިމަޖެންސީ ހެލިކޮޕްޓަރުތައް ދިއުމަށް ހުރަސް އެޅިފައި ވަނީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ.
ވެއްޓިފައި ވަނީ އަސެމަން އެއާލައިންސް އިން އޮޕަރޭޓް ކުރާ އޭޓީއާރު 72-500 މަރުކާގެ ބޯޓެއް ކަމަށްވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި 60 ޕަސިންޖަރުންގެ އިތުރުން ބޯޓުގައި ތިބީ ދެ ސެކިއުރިޓީ ގާޑުންނާއި ދެ ފްލައިޓް އެޓެންޑެންޓުންނާއި ޕައިލެޓާއި ކޯ-ޕައިލެޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy