އިޒްރޭލުގެ ބަނދަރު މަތީ ސިޓީއެއް ކަމަށްވާ އަޝްޑޮޑުގައި ގާއިމްކޮށްފައިވާ ގޭސް ޕްލެޓްފޯމް.
20 ފެބުރުއަރީ 2018 - 15:38
ތެލް އަވީވް (ފެބްރުއަރީ 20) - އިޒްރޭލުގެ ޑެލެކް ޑްރިލިން އާއި މިސްރުގެ ޑޮލްފިނަސްއާ ދެމެދު ގޭސް ސަޕްލައި ކުރުމުގެ 15 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ގާއިމްކޮށްފި އެވެ.
މިއީ އިޒްރޭލުގެ ނެޗަރަލް ގޭސް އިންޑަސްޓްރީގެ ތާރީޚުގައި ގާއިމްކުރި އެންމެ ބޮޑު އެއްބަސްވުމެވެ. މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް 10 އަހަރު ތެރޭ މިސްރުގެ ޑޮލްފިނަސް އިން ޑެލެކް ޑްރިލިން އާއި އެ ކުންފުނީގެ އެމެރިކާ ޕާޓްނަރު ނޯބްލް އަތުން 64 ބިލިއަން ކިއުބިކް މީޓަރުގެ ގޭސް ގަންނާނެ އެވެ.
އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މި އެއްބަސްވުމަށް މަރުހަބާ ވިދާޅުވެފަ އެވެ.
"މި އެއްބަސްވުމުގެ ދަށުން އިޒްރޭލުގެ ޚަޒާނާ އަށް ބިލިއަނުން ފައިސާ ވަންނާނެ،" ނަތަންޔާހޫ ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
ޑެލެކް ޑްރިލިންގެ ސީއީއޯ ޔޮއްސި އަބޫ ވިދާޅުވީ ޑޮލްފިނަސްއާ އެކު ގާއިމްކުރި އެއްބަސްވުމުގެ ދަށުން މިސްރަކީ ހަކަތައިގެ ސަރަހައްދީ މަރުކަޒަކަށް ވާނެ ކަމަށެވެ.
ތަމާރު ގޭސް ފީލްޑް އިޒްރޭލުން ހޯދާފައި ވަނީ 2009 ވަނަ އަހަރު އެވެ. އަދި ލެވިއަތަން ގޭސް ފީލްޑް ހޯދާފައި ވަނީ 2010 ވަނަ އަހަރު އެވެ. އޭގެ ފަހުން އިޒްރޭލް ވަނީ ގޭސް އެކްސްޕޯޓް ކުރުމުގެ ބޮޑު ގައުމަކަށްވެފަ އެވެ. އިޒްރޭލުން 2016 ވަނަ އަހަރު ވަނީ ޖޯޑަންއާ އެކު 10 ބިލިއަން ޑޮލަރުގެ ގޭސް ސަޕްލައި ކުރުމުގެ އެއްބަސްވުމެއް ގާއިމްކޮށްފަ އެވެ.
މިސްރަކީ އިޒްރޭލާ އެކު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރި ފުރަތަމަ އަރަބި ގައުމެވެ. އެ އެއްބަސްވުން ގާއިމްކޮށްފައި ވަނީ 1979 ވަނަ އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕަޕެޓް
20 February 2018
ޑީލް ހަދާފަ ސީސީ އިންތިހާބަށް ފައިސާކޮޅެއް ހޯދާލީހެން ހީވަނީ. ނެޗުރަލް ގޭސް ބައިވަރު އުފައްދާ އަރަބި ނޫނީ މުސްލިމު ގައުމުތައްވެސް އެބަހުރި އެކަމަކު ގުދުސްގެ މައްސަލަ ބޮޑުވެފައިވާ މިދަނޑިވަޅުގަވެސް ފައިސާ ދޭން މިނިންމީ އެއްކަލަ އިޒްރާއީލްއަށް. ދެން ޓްރަމްޕްގެ ސަރުކާރުންވެސް މިސްރުގެ އިންތިހާބުގަ ކޮންމެ ކަމެއް ކުރިޔަސް އެއްޗެކޭ ނުކިޔާނެ. މިފަދަ ކޮރަޕްޓް ޕަޕެޓް ވެރިންނަކީ މިއަދު މުސްލިމް ގައުމުތައް މިހާލަތަށް ވެއްޓުމުގެ އެންމެ ބޮޑު ރީޒަން އަސްްލު. ސީސީއަށް ތާއީދު ކުރާ މިސްރުގެ މުސްލިމުންނަށް ހެޔޮ ވިސްނުން ދެއްވާށި.
އަހުމަދުބެ
20 February 2018
ތިޔަ ފެންނަނީ އެތެރެ ފުށާއި ބޭރު ފުށެވެ. ބޭރު ރީތި ވިއަސް އެތެރެ އޮތީ ކުނި ވެފައެވެ.
ކަކުނިބޯ
20 February 2018
ރާކަނިމަސް ކެވިއްޖެ