އިންޑިއާގެ ސެޓެލައިޓް ޖައްވަން ފޮނުވާލަނީ. --ފޮޓޯ:އިސްރޯ
04 އެޕްރީލް 2018 - 11:08
ނިއު ދިއްލީ (އެޕްރީލް 4) - އިންޑިއާ އިން ބާރުގަދަ މުވާސަލާތީ ސެޓެލައިޓެއް ޖައްވަށް ދޫކޮށްލިތާ ދެ ދުވަސް ފަހުން ގުޅުން ކެނޑިއްޖެ އެވެ.
ޖީއެސްއޭޓީ-6އޭ ސެޓެލައިޓް ޑިޒައިންކޮށްފައި ވަނީ އަސްކަރިއްޔާގެ މުވާސަލާތީ ކަންކަން ރަނގަޅު ކުރުމަށެވެ. އިންޑިއާގެ ސްޕޭސް އެންޑް ރިސާޗް އޮގަނައިޒޭޝަން (އިސްރޯ) ގެ ވެރިޔާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ސެޓެލައިޓާ ގުޅުން ކެނޑިފައިވާ ކަމަށް ބެލެވެނީ ޕަވަ ސަޕްލައި އަށް ދިމާވި މައްސަލައަކުން ކަމަށް ލަފާކުރެވޭ ކަމަށެވެ. އިސްރޯ އިން ބުނެފައި ވަނީ 2،066 ކިލޯގެ ސެޓެލައިޓާ އަލުން ގުޅޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ސެޓެލައިޓް ހެދުމަށް ވަނީ 2.7 ބިލިއަން ރުޕީސް (41 މިލިއަން ޑޮލަރު) ޚަރަދުކޮށްފަ އެވެ.
ޖީއެސްއޭޓީ-6އޭ ސެޓެލައިޓް އުދުއްސާލުމަކީ ބޮޑު ކާމިޔާބީއެކެވެ. ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ އެކަމުގައި އުޅުއްވި ސައެންސްވެރިންނަަށް މަރުހަބާ ވިދާޅުވެފަ އެވެ.
ވޭތުވެދިޔަ ދިހަ ވަރަކަށް އަހަރު ދުވަހު ތެރޭ އިންޑިއާ އަށް ފޮނުވާލި ސެޓެލައިޓަކާ ގުޅުން ކެނޑިފައެއް ނުވެ އެވެ. ނަމަވެސް އެންމެ ފަހުގެ ހާދިސާއާ ގުޅިގެން ވަނީ މަލްޓި-މިލިއަން ޑޮލަރުގެ ޖައްވީ މާކެޓުގައި ކުރިއެރުން ހޯދަމުން އަންނަ އިންޑިއާ ފަހަތަށް ޖެހިއްޖެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ފާޑު ކިޔަމުންނެވެ.
އިންޑިއާ އިން ފެބްރުއަރީ މަހު ވަނީ އެއް ފަހަރާ 104 ސެޓެލައިޓް ޖައްވަށް ފޮނުވާލައިފަ އެވެ. އެއް ފަހަރާ އެންމެ ގިނަ ސެޓެލައިޓް ފޮނުވާލުމުގެ ރެކޯޑް ކުރިން އޮންނަނީ ރަޝިޔާ އަށެވެ. އެ ގައުމުން 2014 ވަނަ އަހަރު ވަނީ 37 ސެޓެލައިޓް ފޮނުވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުހާ
06 April 2018
ހިނި އާދެވެނީ އަދި ޗައިނާ ކުރިމަތީ ފުއްޕާތީ
އަޙްމަދް
05 April 2018
ޙެހޭ.ގެރިއެއްގެ ބަނޑަށް ހީލިއަން ގޭސް އަޅާފަ ދޫކޮއްލިއްޔާ މާ ތާހިރުވާނެ. މޭޑިން އިންޑިއާ!
ރަށްޔިތުންނަށް
04 April 2018
ފަޤީރު އެތައް މިލިއަން ރަށްޔިތުންނަށް ކާންދިނިޔާ މާރަންގަޅުވާނެ!
ިިހފރ
05 April 2018
ކަލޭވެސް
ސަޜީފު
04 April 2018
ޗައިނާ ދޫކޮއް އިންޑިއާ ހިޔާރު ކުރެއްވި އިއްތިހާދު ގެ ވެރިންނަށް ދެވަނަ ވިސް ނުމަކަށް ދިއުމައް ގޮވާލަން.
މާޖިދު
05 April 2018
ޗައިނާގެ ޖައްވީ ސްޓޭޝަން ދުނިޔޭގެ ކޮންމެތާކަށްވެސް ވެއްޓިދާ ހާލަތުގަ މިހާރު އޮތީ.
ބޮޑު
04 April 2018
ތީއަސްލު ގެރިމަސް ނުކާތީ ވާގޮތެއް
މަހަށްދޭދޭ
04 April 2018
ކޮބާ ރާކަނިމަސްކެވުނުތޭ އިންޑިއާ. މަހަށް ދޭބަލަ ދެން. މަހަށް މަހަށް މަހަށް ދޭބަލަ.
ހާޖަރާ
04 April 2018
އެންމެފަހުން އަތަށް ގޮވާނީ މަވަރު ނެތިގެން އުޅެނިކޮށް.
ރާއްޖެ
04 April 2018
2.7 ބިލިޔަން ރުޕީސްއަށް ފާހާނާ އެޅި ނަމަ މާތާހިރު ވީހެއްނުން.
ރަދީފް
04 April 2018
ތިކުރައްވާ މަސައްކަތަށް ސާބަސް.
އަބްދުﷲ
04 April 2018
މާ ބާރުގަދަވީމަ ވީގޮތެއްކަމަށް ބެލެވޭ