ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން. --ފޮޓޯ:ރޮއިޓާސް
30 އެޕްރީލް 2018 - 18:40
ރިޔާޒް (އެޕްރީލް 30) - މެދުއިރުމަތީގެ ސުލްހައާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާ ޕްރޮޕޯޒަލް ފަލަސްތީނުން ގަބޫލް ކުރަން ޖެހޭ ކަމަށާއި ނޫނީ "އަނގަމަޑުންލައިގެން ތިބުމަށް" ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވެފައިވާ ކަމަށް ޓީވީ ޗެނަލަކުން ބުނެފި އެވެ.
މުހައްމަދު މިހެން ވިދާޅުވެފައި ވަނީ ދާދި ފަހުން އޭނާ އެމެރިކާ އަށް ކުރެއްވި ދަތުރުގައި ޔަހޫދީ ގްރޫޕަކާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކައިގައި ކަމަށް ޗެނަލް 10 ނިއުސް އިން ބުނެފައިވެ އެވެ.
"ވޭތުވެދިޔަ ދިގު ޒަމާނުގައި ފަލަސްތީނުގެ ޒައާމަތުން ވަނީ ސުލްހައާ ގުޅޭ ގޮތުން ލިބުނު ހުރިހާ ހުށަހެޅުމަކަށް ދެކޮޅު ހަދާފައި. މިއީ އެމެރިކާގެ ސުލްހައިގެ ހުށަހެޅުން ގަބޫލްކޮށް މަޝްވަރާގެ މޭޒަށް އަންނަންވީ ވަގުތު. ނޫނީ ޝަކުވާ ނުކޮށް މަޑުން ތިބޭ،" މުހައްމަދު ވިދާޅުވި ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.
އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާ ބަލައިގަންނަ ކަމަށް ޓްރަމްޕް ވަނީ ޑިސެމްބަރު މަހު ވިދާޅުވެފަ އެވެ. އެމެރިކާގެ އެ ނިންމުމަށް ފަހު ޓްރަމްޕުގެ ސުލްހައިގެ ޕްލޭން ގަބޫލް ކުރުމަށް ފަލަސްތީނުގެ ޒައާމަތަށް މުހައްމަދު ޕްރެޝަރު ކުރެއްވި ކަމަށްވެ އެވެ. ނަމަވެސް އެމެރިކާގެ އެ ނިންމުމަށް ފަހު ވައިޓް ހައުސްގެ ހުރިހާ ހުށަހެޅުމަކަށް ފަލަސްތީނުން ވަނީ ދެކޮޅު ހަދައިފަ އެވެ. އަދި މެދުއިރުމަތީގެ ސުލްހައިގައި އެއްވެސް ދައުރެއް އަދާ ކުރުމުގެ ހައްގު އެމެރިކާ އަށް ގެއްލިފައިވާ ކަމަށް ފަލަސްތީނުން ވަނީ ބުނެފަ އެވެ.
މެދުއިރުމަތީގެ ސުލްހައިގެ މަންދޫބެއްގެ ގޮތުގައި ޓްރަމްޕް ކަނޑައެޅުއްވި އަދި އެމަނިކުފާނުގެ ދަނބިދަރިކަލުން ޖާރެޑް ކުޝްނާ އާއި މުހައްމަދު ބިން ސަލްމާންއާ ދެމެދު ގާތް ގުޅުމެއް އޮންނަ ކަމަށްވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަގުލީމު
01 May 2018
ޟާލޫލް ގެ ވެރިޔާ ތިހެން ބުނީ މަ ނުޖެހޭ ގަބޫލްކުރާކައް
ސަރުދާރުބިންސަރުކާރު
01 May 2018
މޯލްޑިވްސް ރެޕުބްލިކް އޮފް ނިވްޔޯކުންވެސް އެކުއްޖާގެނިންމުމަށްމަރުހަބާކިޔާނެކަމަށްފެނޭ ؟
ޝޮކްތެރަޕީ
01 May 2018
ފަލަސްތީން އެދަނީ މިހާރުދާންޖެހޭގޮތަ ބައެއްގެ ނުފޫޒުން ދުރުވެ މިނިވަންކަމަ މަސައްކަކުރީމަ ﷲ ނަސްރުދެއްވާނީ.