މޮރޮކޯ ފޮރިން މިނިސްޓަރު ނާސިރު ބޫރިތާ. --ފޮޓޯ:އީޕީއޭ
02 މެއި 2018 - 18:17
ރަބާތު (މެއި 2) - އީރާނާ ސިޔާސީ ގުޅުން ކަނޑާލިކަން މޮރޮކޯ އިން އިއުލާންކޮށްފި އެވެ.
އީރާނާ ގުޅުން ކަނޑާލީ މޮރޯކޯ ސަރުކާރުން ބުނި ގޮތުގައި ވެސްޓަން ސަހަރާގެ މިނިވަން ކަމަށް މަސައްކަތް ކުރާ ޕޮލިސާރިއޯ ފްރަންޓަށް ތެހެރާނުން އެހީވާ މައްސަލައިގަ އެވެ.
މޮރޮކޯގެ ފޮރިން މިނިސްޓްރީން ބުނީ ތެހެރާނުގައި ހުންނަ އެ ގައުމުގެ އެމްބަަސީ ވެސް ވަރަށް އަވަހަށް ބަންދުކޮށް ޑިޕްލޮމެޓުން އަނބުރާ ގެންނާނެ ކަަމަށެވެ. އަދި އީރާނުގެ ސަފީރު ވެސް ރަބާތުން ފޮނުވާލާނެ ކަމަށް ވަނީ ބުނެފަ އެވެ.
ޕޮލިސާރިއޯ ފްރަންޓުގެ ހަނގުރާމަވެރިން އީރާނުގެ މަދަދު ލިބޭ ހިޒްބުﷲ އިން ތަމްރީނު ދޭ ކަމަށް މޮރޮކޯ އިން ތުހުމަތު ކުރެ އެވެ. މޮރޮކޯގެ ފޮރިން މިނިސްޓަރު ނަސީރު ބޫރިތާ ވިދާޅުވީ ޕޮލިސާރިއޯ އަށް އީރާނުން އެކި ގޮތް ގޮތުން އެހީވާ ކަމުގެ ހެކި ލިބިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ހެކިތައް އީރާނުގެ ފޮރިން މިނިސްޓަރަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ސިޔާސީ ގުޅުން ކަނޑާލަން ނިންމީ އޭގެ ފަހުން ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދުއްޕާން
03 May 2018
ތީ މުޅިދުނިޔެ ފަސާދަކުރާ ބައެއް