ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ސަލާމް ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
03 މެއި 2018 - 13:30
ޔުނައިޓެޑް ނޭޝަންސް (މެއި 3) - ދުނިޔޭގެ ބޮޑެތި ބާރުތަކާ އެކު 2015 ވަނަ އަހަރު ގާއިމްކުރި އީރާނުގެ ނިއުކްލިއާ އެއްބަސްވުން އުވާލައިފި ނަމަ ހަނގުރާމައެއްގެ ނުރައްކާ ބޮޑު ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވެއްޖެ އެވެ.
ބީބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ގުޓަރޭޒް ވަނީ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިނުވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕުގެ އަރިހުން އެދިވަޑައިގެންފަ އެވެ. ޓްރަމްޕް ގެންދަވަނީ އެއްބަސްވުމަށް ފާޅުގައި ފާޑު ވިދާޅުވަމުންނެވެ. އެއްބަސްވުމައިގެން ކުރިއަށް ދިއުމާ މެދު މި މަހު 12 ވަނަ ދުވަހު ޓްރަމްޕް ގޮތެއް ނިންމަވާނެ އެވެ.
ގުޓަރޭޒް ވިދާޅުވީ އީރާނާ އެކު ގާއިމްކުރި ނިއުކްލިއާ އެއްބަސްވުމަކީ ޑިޕްލޮމެޓިކް ގޮތުން ހޯދުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އެހެންވެ އެ ކާމިޔާބު ދަމަހައްޓަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
"ނިއުކްލިއާ އެއްބަސްވުމަށް ވުރެ ރަނގަޅު އެހެން އެއްބަސްވުމެއް ނެތި އެއްބަސްވުން އުވައެއް ނުލެވޭނެ. އެހެން ނޫނީ ނުރައްކާ ހާލަތަކަށް ވެއްޓޭނެ،" ގުޓަރޭޒް ވިދާޅުވި އެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލް މި މޭރުމުން ވާހަކަ ދެއްކެވި އިރު އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އީރާނުން ސިއްރިއްޔާތުގައި ނިއުކްލިއާ ހަތިޔާރު އުފައްދާކަމުގެ ހެކި ލިބިފައިވާ ކަމަށް ވިދާޅުވެ ޕްރެޒެންޓޭޝަނެއް ދެއްވައިފަ އެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވެފައި ވަނީ ނިއުކްލިއާ އެއްބަސްވުން ގާއިމްކުރީ ދޮގުގެ މަތީގައިކަން މިހާރު ސާބިތުވެއްޖެ ކަމަށެވެ.
ނިއުކްލިއާ އެއްބަސްވުން އީރާނާ އެކު ގާއިމްކޮށްފައި ވަނީ އެމެރިކާ، ޗަައިނާ، ރަޝިޔާ، ޖަރުމަން، ފްރާންސް އަދި އިނގިރޭސި ވިލާތުންނެވެ.
އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެފައި ވަނީ ނިއުކްލިއާ އެއްބަސްވުމަށް ބަދަލެއް ގެނައުން ނުވަތަ އެ އެއްބަސްވުން އުވާލުމުގެ އެއްވެސް ހައްގެއް ޓްރަމްޕަށް ލިބިގެން ނުވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޮނާނޯ
03 May 2018
އަލިފުދާލުން ގޮވާނީ ކަނޑުކޮހޭ އަބަދުވެސް ނިއުކްލިއަރ އެއްބަސް ވުން ޖެހޭނީ އޮޅާލަން ބޮޑު ދެބާރުގެ ދެމެދުގައި މިލިޓަރީ ހަނގުރާމަ އެއް ފެށިއްޖެނަމަ. ނިއުކްލިއަރ ހަތިޔާރު އެމެރިކާ ގައި ހުއްޓާ ދޯ އެމެރިކާގެ ޓްވިން ޓަވަރު ނޯޒް ޑައުން ކޮށް އައިސް ދެ ބާރޑްގެ ތުން ހަރާލުމުން އެ ދެ ބިލްޑިންގް ބިމާއި ހަމަވީ. މިޒަމާނުގައި ނިއުކްލިއަރ ހަތިޔާރަށް ވުރެން ބާރު ދެރަ ނޫން މާސް ޑިސްޓްރަކްޓިވް ވެޕަންސް އެބަހުއްޓޭ ޗައިނާ ގައި ވެސް ރަޝިޔާ ގައި ވެސް އަދި އެމެރިކާ ގައި ވެސް އަދި އިޒްރޭލުގައި ވެސް. އދ. ތިޔާ ހެން ކަނޑުކޮސް ގޮވާލަ ގޮވާލަ ތިބެން ޖެހޭނީ. ކުރެވޭނެ ކުރާނެ އެއް ކަމެއް ވެސް ނޯންނާނެއޭ ވޮނާ ނޯ އަދަރ އޮޕްޝަންސް ރާދަރ ދޭން ގިވިންގް އަ ވޯރނިންގް ދޯ.