މެލޭޝިއާގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގު ނޫސްވެރިންގެ ބައްދަލުވުމަކަށް ވަޑައިަގންނަވަނީ. --ފޮޓޯ:އޭއެފްޕީ
10 މެއި 2018 - 10:40
ކުއާލަ ލަމްޕޫރު (މެއި 10) - ކުރީގެ ބޮޑު ވަޒީރު މަހާތިރު މުހައްމަދާ ވާދަކުރައްވައި ލިބިވަޑައިގެންނެވި ހައިރާން ކުރުވަނިވި ނާކާމިޔާބީއާ އަށް ފަހު ރައްޔިތުންގެ ނިންމުން ގަބޫލް ކުރައްވައިފި ކަމަށް ނަޖީބު ރައްޒާގު ވިދާޅުވި ނަމަވެސް މަހާތިރަށް ފުރުސަތު ދޭން ދެކޮޅު ހައްދަވާ ކަމުގެ އިޝާރާތްތަކެއް ނަޖީބު ދެއްވައިފި އެވެ.
ގަބޫލްކުރެއްވިކަން ސާފު ބަހުން ވިދާޅުވާން ނަޖީބު ވަނީ ދެކޮޅު ހައްދަވައިފަ އެވެ. އޭނާ ވިދާޅުވީ ޕާލަމެންޓުގެ އަޣުލަބިއްޔަތު ވަކި ޕާޓީއަކަށް ލިބިފައި ނުވާތީ ބޮޑު ވަޒީރުކަމަށް ވަޑައިގަންނަވާނެ ބޭފުޅަކު ނިންމަވާނީ ރަސްގެފާން ކަމަށެވެ. ތަޖްރިކާބާރުން ބުނަނީ ނަޖީބު މިހާރު މަސައްކަތް ކުރައްވަނީ ވަގުތު ހޯއްދަވައިގެން އެހެން ޕާޓީތަކުން މެންބަރުން އޭނާގެ ބަރިސަން ނޭސަނަލް (ބީއެން) އަށް ގެނައުމަށެވެ.
ވެރިކަން ދޫނުކޮށް ހިފެހެއްޓޭނެ ކިރިޔާ ވެސް ގޮތެއް އޮތްތޯ ނަޖީބު ބައްލަވަމުންދާ އިރު އިލެކްޝަންސް ކޮމިޝަނުން ރޭ އިއުލާން ކުރި ނަތީޖާތައް ދައްކާ ގޮތުން މަހާތިރުގެ ކޯލިޝަނަށް ވަނީ 121 ގޮނޑި ލިބިފަ އެވެ. ޕާލަމެންޓުގެ އަޣުލަބިއްޔަތަކީ 112 އެވެ. ބީއެން އަށް ލިބިފައި ވަނީ 79 ގޮނޑި އެވެ. އިލެކްޝަނުން އިއުލާން ކުރީ ވަކިވަކި ޕާޓީތަކަށް ގޮނޑި ލިބުނު އަދަދެވެ.
"ރައްޔިތުންގެ ނިންމުން އަޅުގަނޑު ގަބޫލް ކުރަން. އަދި ބީއެން އިން ޑިމޮކްރެސީގެ އަސާސްތަކަށް އިހުތިރާމް ކުރާނަން،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނަޖީބު ވިދާޅުވި އެވެ.
އަނެއްކޮޅުން މަހާތިރު ހުވާ ކުރުމުގެ އިންތިޒާމްތައް ދަނީ ލަސް ކުރަމުންނެވެ. މަހާތިރު ވިދާޅުވަމުން ގެންދަވަނީ ބޮޑު ވަޒީރު ކަމުގެ ހުވާ މިއަދު ކުރައްވާ ސަރުކާރެއް އެކުލަވާލައްވާނެ ކަމަށެވެ. އަދި ނަޖީބުގެ ވެރިކަން ނިމިއްޖެ ކަމަށާއި ބޮޑު ވަޒީރެއް ނެތި ހޭދަވާ ކޮންމެ ވަގުތަކީ ސަރުކާރެއް ނެތި ހޭދަވާ ވަގުތު ކަމަށް މަހާތިރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮގުބާ
11 May 2018
ރާއްޖޭގަ ތިކަމެއްނުވާނެހެން ހީވަނީ ސަބަބަކީ އެމްޑީޕީގަވެސް އެބަތިބި 40 ރިޔާސީކެނޑިޑޭޓުން އަދިވެސް ވަކިގޮތެއްނުނިންމަ އެމްޑީޕީން ބަލަނީ މެނިފެސްޓޯ ތަށްޔާރު ކުރެވޭތޯ ޖުމްހޫރީޕާޓީންބަލަނީ ޕާޓީއަށް މީހުން އިތުރުކުރެވޭތޯ އެކަމަކު ގުޅިފައިވާ ކޯލިސަން ތިން ޕާޓީގެ ތިންލީޑަރުންތިބީ ހައްޔަރުގަ އަދާލަތުން ބޮތްކެއްވެސްޖަހާނުލާ މިފަހަރު ތިންޕާޓީއަށް ތާއީދު ކުރާބޭފުޅުން ވޯޓް ލާންޖެހޭނީ މިސްރުގަ ސަލާހުއަށް ވޯޓުލީހެން ވޯޓު ކަރުދާހުގަ ނަން. ވެސް ނެތްބަޔަކަށްހެން ހީވަނީ އެހާވެސް ކޯލިސަނުގަ ހިޔާލު ތަފާތު
ހަސަނު
10 May 2018
މެލޭޝިޔާގަ ނޯވޭތަ އެމް.އެން.ޑީ.އެފް އެއް؟؟..... ނަޖީބަށް އަދިވެސް ހިފަހައްޓާލެވިދާނެ ސިފައިންގެ އިސްވެރިން އަނބުރާލައިގެން.... އެކަން ކުރާނެ ގޮތް އެނގޭނެ މިތާ މިތިބަ މީހުންނަށް..
މަރީ
10 May 2018
ޥެރިކަމުގައި މަތީފަނތީގައި ތިބި ބޭފުޅުންނަށް ވަރައް ރަނގަޅުފިލާވަޅެއް
ބޭބޭ
10 May 2018
މިގައުމުގެ ވެރިންތިބޭނީ މިހާރު ވަރަށް އުދާސް ބޮޑުވެފަ ދުރުން ފެންނަ މަންޒަރުތަކުން.
އެއްކަލަސޮރު
10 May 2018
ޑިއު ޕްރޮސެސްގަ އެއުޅުއްވަނީ
1828
10 May 2018
ޕަކާސް
ޣަހުމަދ
10 May 2018
މިއީ ރާއްޖެގަ ވާނެ ގޮތް
ހާޖަރާ
10 May 2018
އަޅެ އަހަރެމެންނަށްވެސް ސައޫދީން 700 މިލިއަން ޑޮލަރުދޭނަމަ ކޮންފަދަ
ރޯޒް ރައީސް
10 May 2018
ރާއްޖޭގައި ތިބި ފުންނާބުއުސް ބޭފުޅުންގެ ފަރާތުން އެބޭފުޅުންގެ ތަޖުރިބާޔާ ލަފާފުޅު ހޯދައިގެން ނަޖީބު އުޅުއްވާހެން ހާދަ ހީވޭ.
ބަކަޔޯކޯ.
10 May 2018
ނަޖީބު މޮޔަ ގޮވަނީ. ބިތު ފަންގި ނަގާއިރު ވާނެ ގޮތެއް ނޭގޭތީ.
ރުޅި
10 May 2018
ރައްޔިތުންގެ ނިންމުމަށް އުހްތިރާމްކުރަންޖެހޭނެ. ކޮންފާޑަކަށްތަމިއުޅެނީ.