ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން. --ފޮޓޯ:ރޮއިޓާސް
15 މެއި 2018 - 13:44
އަންކާރާ (މެއި 15) - ގުދުސްގައި އެމެރިކާ އެމްބަސީ ހުޅުވުމާ ދިމާކޮށް އިޒްރޭލުން އިއްޔެ ހިންގި އުދުވާނާ ދެކޮޅު ހެދުމުގެ ގޮތުން އެމެރިކާ އާއި އިޒްރޭލުގައި ތިބި ތުރުކީ ސިފައިން އަނބުރާ ގެންގޮސްފި އެވެ.
ތުރުކީގެ ބޮޑު ވަޒީރުގެ ނައިބް ބާކިރު ބޮޒްދާދު ވިދާޅުވީ ވޮޝިންޓަނާއި ތެލް އަވީވުގައި ތިބި ސަފީރުން އަނބުރާ ގެނައީ މަޝްވަރާ އަށް ކަމަށެވެެ. އަދި ފަލަސްތީނުގެ ރައްޔިތުންނާއި އެކުގައިވާކަން ދެއްކުމުގެ ގޮތުން ތުރުކީގައި ވެސް މިހާރު ވަނީ ތިން ދުވަހުގެ ގައުމީ ހިތާމަ އިއުލާންކޮށްފަ އެވެ.
ތުުރުކީން މިހާރު ވަނީ ފަލަސްތީން މައްސަލާގައި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ބައްދަލުވުމެއް ބޭއްވުމަށް ވެސް ގޮވާލައިފަ އެވެ.
ތުރުކީން މި ފިޔަވަޅުތައް އެޅީ ތެލް އަވީވުގައި ހުރި އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރުމާ ދެކޮޅަށް އިހްތިޖާޖް ކުރި ފަލަސްތީން މީހުން ގަޔަށް އިޒްރޭލް ސިފައިން ބަޑިޖަހާ 55 މީހުން ޝަހީދުކޮށްލި ހާދިސާ އަށް ފަހު އެވެ.
ސައުތު އެފްރިކާ އިން ވެސް ވަނީ އިޒްރޭލްގައި ހުންނަ ސަފީރު އަނބުރާ ގެންގޮސްފަ އެވެ.
ތުުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވީ އިޒްރޭލަކީ ޓެރަރިސްޓް ދައުލަތެއް ކަމަށާއި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އެ ގައުމުން ހިންގަނީ ގަތުލް އާއްމެއް ކަމަށެވެ. އެމެރިކާ އެމްބަސީ ބަދަލު ކުރުމަށް އިޝާރާތް ކުރައްވާ އުރުދުޣާން ވިދާޅުވީ މުސްލިމުންގެ އަތުން ގުދުސް ދޫވުމުގެ ފުރުސަތު ތުރުކީން ނުދޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢެލެކުސް
15 May 2018
މިއަދު މުސްލިމުންގެ ފިނޑިކަމާއި ނިކަމެތި ކަމާއެވެ. އިޒްރޭލްގެ ވަށައިގެން އަރަބި މުސްލިމު ގައުމުތަށް އޮވެމެ އެބައި މީހުންގެ ބޮޑަތި ލަޝްކަރުތަށް އޮވެމެ. އަޑިއަޑިން ޔަހޫދީންނަށް އެހީ ވަނީ
އަލީ މާލެ
15 May 2018
އިސްލާމީ އުއްމަތް ބަލިކަށިވެފައިވި ވަގުތު އުސްމާނީ ހިލާފަތް އުފެދި އިސްލާމީ ދައުލަތުގެ އުފެދުނީ ތުރުކީގައި. ޢަދިވެސް އުއްމަތެއްގެ ރޫހު ހުރީ ހަމަ ތުރުކީގައި. މިއަދު ޢަރަބިންވަނީ އިސްލާމީ އުންމަތަށް ހުރި ލަދުވެތިކަމަކަށްވެފައި.
ސިފްލީން
15 May 2018
އިންޝާﷲ ގުދުސް މިނިވަންވުމުގެ ވަގުތުޖެހެނީ
123654
15 May 2018
ޔާމީނު މިކަމާ ދެކޮޅަށް ކުކުރާލަންވެސް ނުކުރިގެން މިއުޅެނީއޯ؟