ގާޒާގައި އިޒްރޭލްއާ ދެކޮޅަށް އަޑު އުފުލަނީ. --ފޮޓޯ:އޭއެފްޕީ
16 މެއި 2018 - 15:31
ޔުނައިޓެޑް ނޭޝަންސް (މެއި 16) - ގާޒާގައި ފަލަސްތީން މީހުންނާ ދެކޮޅަށް އިޒްރޭލުން ހަމަލާދީ އެތައް ބަޔަކު ޝަހީދު ކުރަމުންދާ މައްސަލާގައި ބޭއްވި އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި އިޒްރޭލާ ދެކޮޅަށް ބަސް ބުނަން އެ މަޖިލީސް ފެއިލްވެފައިވާކަން އަނެއްކާވެސް ހާމަވެއްޖެ އެވެ.
އިޒްރޭލުގެ އުދުވާނުގެ މިނިވަން ތަހުގީގެއް ހިންގަން ކުވޭތުން ހުށަހަޅަން އުޅުނު ގަރާރަށް އެމެރިކާ އިން ވަނީ ހުރަސް އަޅައިފަ އެވެ. ސަލާމަތީ މަޖިލީހުގައި މި ދައުރުގައި ހިމެނޭ ހަމައެކަނި އަރަބި ގައުމު ކަމަށްވާ ކުވޭތުން ބުނެފައި ވަނީ ފަލަސްތީން މީހުންނަށް ބައިނަލްއަގުވާމީ ހިމާޔަތް ހޯދަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.
ކުވޭތުގެ ހުށަހެޅުމަށް އިނގިރޭސި ވިލާތާއި ޖަރުމަނުން ތާއިދު ކުރި ނަމަވެސް އެމެރިކާ އިން ވަނީ ގަރާރު ފާސްކުރަން ހުރަސް އަޅައިފަ އެވެ. އެމެރިކާ ސަފީރު ނިއްކީ ހޭލީ ވިދާޅުވީ ގާޒާގައި ހަމަނުޖެހުން ހިންގަނީ އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލުކޮށްގެން ނޫން ކަމަށާއި އެ ހަމަނުޖެހުންތަކުގެ ފަހަތުގައި ވަނީ ހަމާސް ޖަމާއަތް ކަމަށެވެ.
އިޒްރޭލުގެ ހަމަލާތަކުގައި ވަނީ ފަލަސްތީނުގެ 60 މީހުން ޝަހީދުކޮށްލައި، 2،700 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަޅިބައިސާ
16 May 2018
ކީއްތޯ ކުރާނީ މުސްލިމު އުންމަތް މިވަނީ ވަޠަނީ ރޫހިއްޔަތާއި މަޛްހަބީ ތަޢައްޞަބުގައި ބައިބައިވެ ރޫޅިފަ. ވެރިކަން ދިފާޢުކޮށްތޯ ނަސާރާއިންނާއި ޔަހޫދީންނަށް އިސްލާމީވެރިން ކުރުނީސްކުރުމުގަ. ތިއަ އަލިފްދާލޭ ކިއާ ފީކުދާނުން ނިކުމެ މުސްލިމުން އެކަތިގަނޑަކަށްވެ މަސްއްކަތް ކުރެވޭނެ އެއްވެސް މަގެއް ފެންނާކަށް ނެތް.