ޗައިނާގެ ސަފީރާ ލަންކާގެ ބޮޑު ވަޒީރު ބައްދަލު ކުރައްވަނީ.
17 މެއި 2018 - 17:59
ބެއިޖިން (މެއި 17) - ކެންޑީ އާއި ވެރިރަށް ކޮލަމްބޯ ގުޅާލުމަށް އަލަށް ހަދާ އެކްސްޕްރެސްވޭ އަށް ޗައިނާ ސަރުކާރުން ސްރީ ލަންކާ އަށް އެއް ބިލިއަން ޑޮލަރުގެ ލޯނެއް ދީފި އެވެ.
ލަންކާގެ މީޑިއާތަކުން ބުނި ގޮތުގައި އެ މަގުގެ މަސައްކަތް ދެ އަހަރަށް ފަސްވެފައި ވަނީ ވެސް ބޭރުން ފަންޑް ހަމަނުޖެހިގެންނެވެ. އެކަމަކު ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ އޮފީހުން ބުނީ ރަނިލް މި ހަފުތާގައި ވަނީ ޗައިނާ ސަފީރާ ބައްދަލު ކުރައްވާފައި ކަމަށާ އަދި ޗައިނާގެ އެކްސްޕޯޓް-އިމްޕޯޓް ބޭންކުން ލޯނު ހަމަޖެހުނުކަމުގެ ޔަގީންކަން ސަފީރު ދީފައިވާ ކަމަށެވެ.
ލަންކާގެ މަގުތަކާއި ހައިވޭތަކާއި ރޭލްވޭތައް އަދި ބަނދަރުތައް ހެދުމަށް އެންމެ ބޮޑަށް ލޯނު ދީފައިވާ ގައުމަކީ ވެސް ޗައިނާ އެވެ. ރައީސް މައިތުރިޕާލާ ސިރިސޭނާގެ ސަރުކާރުން ބުނެފައި ވަނީ ޗައިނާގެ ލޯނު އެހީގައި ކުރީގެ ސަރުކާރުން ޕްރޮޖެކްތައް ހިންގާފައި ވަނީ ކޮރަޕްޝަނަށް މަގު ފަހިވާ ގޮތަށް ކަމަށެވެ. އެހެންވެ ބައެއް ޕްރޮޖެކްތައް ވަނީ ހުއްޓުވައިފަ އެވެ.
ޗައިނާ އިން ލޯނު ދީގެން ހެދި ހަމްބަންޓޯޓާ ބަނދަރު ޗައިނާ އިން މިދިޔަ އޮގަސްޓް މަހު ވަނީ 1.1 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގެ ދަށުން 99 އަހަރަށް ނަގައިފަ އެވެ.
ޗައިނާ އިން ދަނީ ކޮލަމްބޯ ބަނދަރާ ޖެހިގެން ކަނޑު ހިއްކައިގެން 1.4 ބިލިއަން ޑޮލަރުގެ ކޮލަމްބޯ ޕޯޓް ސިޓީގެ ނަމުގައި އާ ރަށެއް ހަދަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޮކްތެރަޕީ
18 May 2018
ރާއްޖެވެސް ލަންކާވެސް ބޭނުމީ ތައްގީ ދަންތޫރައޭ ކިޔާނެކަމެއްނެ.
ތުއްތުނާ
17 May 2018
ލަންކާ މި ޖެހެނީ ޗައިނާ ގެ ދަންތުރައިގައި............ ދިވެހިރާއްޖޭގެ ވެސް ޗައިނާ ގެ ދަންތުރައިގައި ޖެހެމުން ދަނީ......... ދެން ޗައިނާ ބޭނުންވާ ގޮތަށް ކަންކަން ކުރަން މަޖުބޫރު ވާނެ.............
ހިންދުސްތާނު
18 May 2018
ލާރި އޮންނަ މީހުން އަތުން ލާރި ހޯދޭނީ ވެސް. އެހެންނެކޭ ކިޔާފަ ޖެހިގެން އޮތް ކުނިގޮނޑުން ލިބޭ ގެރިފަޅިއަކުން ތަރައްގީއަށް ކުރެވޭނެ ކަމެއް ނޯންނާނެ.