އެމެރިކާގެ ނޭވީ ސީލުން ހަމަލާ ދީ ބިން ލާދިން މަރާލި އިރު އޭނާ އުޅުނު ގޭ ކައިރި އަށް މީހުން އެއްވެފައި.
28 ޖުލައި 2016 - 12:15
އިސްލާމްއާބާދު (ޖުލައި 28) - އަލްގައިދާ ޖަމާއަތުގެ ކުރީގެ ލީޑަރު އުސާމާ ބިން ލާދިން 2011 ވަނަ އަހަރު މަރާލުމާ ހަމައަށް އޭނާ ދިރިއުޅުނު ގެ ހުރި ސަރަހައްދަށް ހަދާނެ ގޮތަކާ މެދު ކަމާ ބެހޭ ފަރާތްތަކުގެ މެދުގައި ސުވާލު އުފެދިއްޖެ އެވެ.
އެއް ބަޔަކު ބޭނުން ވަނީ އަބޮތުއާބާދުގައި އެ ގެ ހުރި 3،800 އަކަ ފޫޓުގެ ސަރަހައްދު ގަބުރުސްތާނަކަށް ހެދުމަކަށެވެ. އަނެއް ބަޔަކު ބޭނުން ވަނީ އެ ތަން ކުޅޭ ބިމެއްގެ ގޮތުގައި ތަރައްގީ ކުރުމަށެވެ. އެމެރިކާ ސިފައިން ބަޑި ޖަހާ ބިން ލާދިން މަރާލުމަށް ފަހު އެ ބިން ވަނީ ލޯކަލް ޕްރޮވިންސް ސަރުކާރާ ހަވާލުކޮށްފަ އެވެ. ލޯކަލް ސަރުކާރުން ބޭނުން ވަނީ އެ ތަން ކުޅޭ ބިމެއްގެ ގޮތުގައި ތަރައްގީ ކުރުމަށެވެ. އެކަމަކު ސިފައިން ހިންގާ އަބޮޓްއާބާދުގެ ކެންޓޯންމެންޓް ބޯޑު (ސީބީއޭ) އިން ބޭނުން ވަނީ އެ ތަނުގައި ގަބުރުސްތާނެއް ހެދުމަށެވެ.
ބިން ލާދިން ދިރިއުޅުނު ގޭ ތަޅާލުމަށް ފަހު އެ ސަރަހައްދު ވަކި ކުރަން ފާރު ރާނަނީ.
ސީބީއޭގެ ނައިބް ރައީސް ޒިލްފިގާރު އަލީ ބުއްޓޫ ވިދާޅުވީ އެ ސަރަހައްދުގައި ގަބުރުސްތާން މަދުވުމުން އެ ތަނުގައި ގަބުރުސްތާނެއް ހެދުމަށްޓަކައި މިހާރު ވަށާ ފާރެއް ވެސް ރާނާފައިވާ ކަމަށެވެ. ޚައިބަރު ޕަޚުތުންކުވާ ޕްރޮވިންސްގެ މުސްތާގު ޣަނީ ވިދާޅުވީ އެ ތަނުގައި ގަބުރުސްތާނެއް ހެދުމަށް ދެކޮޅު ހަދާ ކަމަށެވެ.
"ޕްރޮވިންސް ސަރުކާރުން ބޭނުން ވަނީ އެ ތަން ކުޅޭ ބިމަކަށް ބަދަލު ކުރަން. ފައިސާ ލިބިއްޖެ ނަމަ މި އަހަރު އެ ތަނުގައި ކުޅޭ ބިމެއް ހަދާނަން،" ޣަނީ ވިދާޅުވި އެވެ. "މީހުން ދިރިއުޅޭ ގޭތަކުގެ މެދުގައި ސަހަރާއެއް ނުހެދޭނެ."
ބިން ލާދިން މަރާލަން ހަމަލާ ދިން އޮޕަރޭޝަން ކުރިއަށް ދާ ގޮތުގެ މައުލޫމާތު ރައީސް އޮބާމާ އާއި ނައިބް ރައީސް ޖޯ ބައިޑަން އަަދި ގަައުމީ ސަލާމަތާ ބެހޭ ޓީމުން ވައިޓްހައުސްގެ ސިޗުއޭޝަން ރޫމުގައި ތިއްބަވައިގެން ބައްލަވަނީ. --ފޮޓޯ:ވައިޓްހައުސް
ބުއްޓޫ ވިދާޅުވީ މި މައްސަލައާ މެދު ވާހަކަ ދެއްކުމަށް ޕްރޮވިންސް ސަރުކާރުގެ އޮފިޝަލުންނާ އެކު އަންނަ ހަފުތާގައި މަޝްވަރާ ކުރާނެ ކަމަށެވެ.
އެމެރިކާގެ ނޭވީ ސީލުން ހެލިކޮޕްޓަރުގައި ބިން ލާދިންގެ ގެ އަށް ފޭބުމަށް ފަހު އޭނާ މަރާލީ މެއި 2، 2011 ގަ އެވެ. އެމެރިކާ ސިފައިން ވަނީ ބިން ލާދިންގެ ހަށިގަނޑު ގެންގޮސް ކަނޑު ފައްތައިފަ އެވެ. ޕާކިސްތާން ސަރުކާރުން ފަހުން ވަނީ ބިން ލާދިން ދިރިއުޅު ގެ ތަޅާލައިފަ އެވެ. ބިން ލާދިން މަރާލުމަކީ ރައީސް ބަރަކް އޮބާމާގެ ސަރުކާރަށް ލިބުނު ބޮޑު ކާމިޔާބެކެވެ. ނަމަވެސް ބިން ލާދިންގެ މަރަށް ފަހު އެމެރިކާ އާއި ޕާކިސްތާނާ ދެމެދު ޝައްކުތަކެއް އުފެދުނެވެ. އެމެރިކާ އިން ތުހުމަތުކޮށްފައި ވަނީ އެ ގައުމުން އެންމެ ބޮޑަށް ހޯދަން ބޭނުންވި މީހާ ޕާކިސްތާނުން ފޮރުވައިގެން ގެންގުޅެފައިވާ ކަމަށެވެ.
ބިން ލާދިން ދިރިއުޅުނު ގެ ތަޅާލަނީ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހުސާންތެރިޔާ
28 July 2016
ބަރަކް އޮބާޔާ އެމެރިކާ ސިފައިންގެ ހާދަ ގަޓެއް ނެތޭ. ގައިމު ބިންލާދިން ކުށެއް ކުރިކަމުގައި ވަނީނަމަ މަރާނުލާ ކަނޑުނުފައްތާ ކޯޓަށް ހާޒިރުކޮށް ޝަރީއަތް ކުރެވުނީހެންނު. އޭނާ އެމެރިކާގެ އެތައް ރައްޔިތުނެއް މެރިޔެއް ކަމަކު ކަނޑުފައްތާކަށް ނުޖެހެ. ތީހަމަ ދުނިޔެމަތީގައި ތިބި އެންމެ ބޮޑެތި ފިނޑިން.
އަންމަޑޭ
28 July 2016
ފިނޑިންގެ ބަޔަކުނަމަވެސް އޭނާ ކަނޑުފެއްތިކަން އެއީ މުސްލިމުންނައް ލިބުނު ރަގަޅެއް އެހެންނޫންނަމަ ދުވަސްކޮޅަކުން އޭނާގެ ޒިޔާރަތްހަދާ އެތަންތަނައްދާނެ މީހުންނުތިބެ ނުދާނެކަންޔަގީން. އެކަންވެސް މުސްލިމުންތެރޭ ބޮޑުފިތިނަޔަކައްވީސް.
ޢަލީ
28 July 2016
ބިންލާދިންއަކީ ދީނުގެ ނަންބޭނުންކޮށްގެން ބޮޑެތިޖަރީމާތައް ހިންގިމީހެއް. އޭނާ ހީރޯއަކަށް ހަދައިގެން ޓެރެރިސްޓް ހަމަލާތައްދޭމީހުންވަނީ އިތުރުވެފަ.
މެންޓަލިސްޓް
28 July 2016
ޓެރެރިސްޓް ހަމަލާއަކަށްވަނީ ވަކިބަޔަކު ކަމެށްކުރީމަތަ ؟ ކުރިސްޓިއަން "ކޭކޭކޭ" ކިޔާޖަމާއަތުން ގަތުލްއާނމް ހިންގީމަކަ ނުވޭދޯ ޓެރަރިޒަމްއަކަށް ؟ އެމެރިކާގައި ދުވާލަކު އެތަށްބައެއް ބަޑިޖަހައިމަރާަހަދާ އެނުވޭ ދޯ ޓެރަރިޒަމްއަކަށް ؟؟ އެއަށްކިޔަނީ "ގަންވަޔަލެންސް" ދެއްތޯ ؟ އިޒްރޭލްސިފައިން ފަލަސްތީނު ކިތަންމެބައެއްމެރިޔަސް ނުވޭދޯ ޓެރަރރިޒަމްއަކަށް ؟ ޑްރޯންބޭނުންކޮއްގެން ބޮންއަޅާ މީހުންމެރިމަކަ ނުވޭދޯ ޓެރަރރިޒަމްއަކަށް ؟ އެމެރިކާ އާއި އިނގިރޭސިން އިރާގްގެ އެތައްހާސް ރައްޔަތުންނެށް މަރާ ރޭޕްކޮށް ކުދިކޮށް ކޮށާހެދިއިރު ނުވޭދޯ ޓެރަރރިޒަމްއަކަށް އެވަނީ " ކޮލޭޓަރަލްޑެމޭޖް " އަށްދެއްތޯ ؟؟ އެމެރިކާއިން ހޮސްޕިޓަލްއަކަށް ބޮންއަޅާ ޑަކްޓަރުންނާޢި ބަލިމީހުން މަރާފައިބުނީ މިސްޓޭކްއެކޯ ؟ އެނުވޭދެއްތޯ ޓެރަރރިޒަމްއަކަަށް ، ހަގީގަތަކީ އެމެރިކާވެސް، އިނގިރޭސިންވެސް އިޒްރޭލްވެސް އަލްގައިދާވެސް އައިސިސްވެސް .ކޭކޭކޭ ވެސް މީހުސް ޓެރަރިސްޓް ޖަމާއަތްތަށް ، ކުށެއްނެތް އިންސާނުން މަރާކޮންމެބަަޔަކީ ޓެރަރރިސްޓުން ،، ވަރަށް ސަލާމް ،
ޢަލީ
28 July 2016
ބަލަ އެ އާޓިކަލްގަ އޮތީ ބިންލާދިންވާހަކައޭ، ތަމަޅަވެސް ހިންދޫ އަދި ކްރިސްޓިއަނުންގެ ވެސް ޓެރަރިސްޓުން އުޅޭ.
އަލްމުދިޝް
28 July 2016
މުސްލިމުންގެ ތެރެއިން އަޅާލުމެއް ނުލިބި ފުރާނަތައް ތޫނުހައިޔާރުން ކަތިލެވި ބަޑީގެ އުންޑައިން މޭތައް ފޫއަޅާދިޔަ މައިންނާއި ތުއްތު ފުރާނަ ތަކަށްޓަކައި މުސްލިމުންގެ އަދުއްވުންނާއި ކުރިމަތިލި ފަހުލަވާނުގެ ޒިކުރާ އާކުރާނެ ބަޔަކު ނުތިބެ ނުދާނެ އެވެ. ބިންލާދިން ކުރެއްވި ކަންކަމުގެ ނާޖާއިޒު ފައިދާނަގަމުން އެދާ އައިއެސް އެސް ގެ ބަޔަކުއެގެންދަނީ އިސްލާމް ދީ ހުއްދަނުކުރާ ބޮޑެތި ޖަރީމާތައް ހިންގަމުންނެވެ. ތިބިން ކުޅެމަޖާ ކުރިޔަސް ގަބުރުސްތާނަކަށް ހެދިޔަސް އޭނާގެ ފުރާނަޔަކަށް އެއްވެސް އަސަރެއް ނުކުރާނެއެވެ.