ބިލިއަނަރު އީލޮން މަސްކް (ކ) އާއި އިނގިރޭސި ވިލާތުގެ ޑައިވަރު ވާނޮން.
16 ޖުލައި 2018 - 16:40
ލަންޑަން (ޖުލައި 16) - ތައިލެންޑުގެ ތަމް ލުއާން ހޮހަޅައިން 12 ކުދިންނާއި ކޯޗު ސަލާމަތް ކުރުމުގައި އުޅުނު އިނގިރޭސި ވިލާތުގެ ޑައިވަރަކަށް ނިސްބަތްކޮށް އީލޮން މަސްކް ކުރި ޓްވީޓަކާ ގުޅިގެން އޭނާއާ ދެކޮޅަށް ދައުވާކޮށްފާނެ ކަމަށް ޑައިވަރު ބުނެފި އެވެ.
ހޮހަޅައިން ކުދިން ނެރެން އެހީވުމުގެ ގޮތުން މަސްކް ވަނީ މިނީ ސަބްމެރިނެއް ތައްޔާރުކޮށް އެ ހިފައިގެން ހޮހަޅައަށް ގޮސްފަ އެވެ. ނަމަވެސް ތައިލެންޑުގެ ކަމާ ބެހޭ ފަރާތްތަކުން ބުނެފައި ވަނީ މަސްކުގެ ސަބްމެރިން އެއީ އެ ހޮހަޅައިގައި ބޭނުން ކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ. އިނގިރޭސި ޑައިވަރު ވާނޮން އަންސްވޯތު ބުނެފައި ވަނީ އެއީ މަސްކް ޖެއްސި "ޕީއާރް ސްޓަންޓެއް" ކަމަށެވެ. ވާނޮން އަށް ރައްދު ދޭން ފުލުފުލާ މަސްކް އިއްޔެ ކުރި ޓްވީޓްތަކެއްގައި ވަނީ ވާނޮން އަކީ ކުޑަ ކުދިންނާ ބެހޭ މީހެއް ކަމަށް ބުނެފަ އެވެ. މަސްކްގެ ޓްވިޓާ އެކައުންޓް 22 މިލިއަން މީހުން ފޮލޯ ކުރެ އެވެ. ނަމަވެސް މަސްކް ފަހުން ވަނީ އެ ޓްވީޓް ޑިލީޓްކޮށްލައިފަ އެވެ.
މަސްކްކުރި ޓްވީޓް ކުށްވެރިކޮށް، ކުދިން ސަލާމަތް ކުރުމުގައި ވާނޮން ކުރި މަސައްކަތަށް ގިނަ ބަޔަކު ދަނީ ތައުރީފް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަހާގުއިފޮޑިދޮންތި/ފެދޫ
18 July 2018
ތިޔޮތީ ޓުވިޓު އެކައުންޓު ހެކުކޮށްފައި... ދެންވެސް ލަސްނުކޮށް ތިބޭފުޅާގެ ކުންފުނީގެ އޮފިޝިއަލް ލެޓަރހެޑުގައި އަނެއްކާ ތިކަމާއި ގުޅުވައިގެން ބަޔާނެއްނެރެ އެބަޔާންވެސް ބައިގަޑި ތެރޭގައި ޑިލީޓުކޮށްލައްވާ އެއިރުން ހުރިހާ ފާފައެއްފުހުނީ... މީހާ ހުދު ކާފޫރު ކޮޅަކަށް ވަނެ