ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުގެ އިތުބާރު ނެތްކަމުގެ ވޯޓު މާދަމާ ނަގާނެ. --ފޮޓޯ:އޭއެފްޕީ
19 ޖުލައި 2018 - 16:11
ނިއު ދިއްލީ (ޖުލައި 19) - އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ބީޖޭޕީ ސަރުކާރުގެ އިތުބާރު ނެތް ކަމުގެ ވޯޓު މާދަމާ ލޮކް ސަބާގައި ނަގަން ތައްޔާރުވެއްޖެ އެވެ.
މިއީ މޯދީގެ ހަތަރު އަހަރުވީ ސަރުކާރުގެ މައްޗަށް ނަގާ އިތުބާރު ނެތްކަމުގެ ފުރަތަމަ ވޯޓެވެ. އަދި މިއީ ކުރީގެ ބޮޑު ވަޒީރު އަތަލް ބިހާރީ ވަޖުޕާއީގެ ކޯލިޝަން ސަރުކާރާ ދެކޮޅަށް 2003 ވަނަ އަހަރު އިތުބާރު ނެތްކަމުގެ ވޯޓެއް ނެގި ފަހުން، ވޭތުވެދިޔަ 15 އަހަރު ދުވަހު ތެރޭ ނަގާ އިތުބާރު ނެތްކަމުގެ ފުރަތަމަ ވޯޓު ވެސް މެ އެވެ. ޕާލަމެންޓުގެ ދަށު ގޭގެ 535 މެންބަރުންގެ ތެރޭން އެ ފަހަރު ބީޖޭޕީ ވަނީ 312 ވޯޓުން ސަލާމަތްވެފަ އެވެ. އޭގެ ތެރޭގައި ބީޖޭޕީގެ 274 ވޯޓު ވެސް ހިމެނެ އެވެ.
މޯދީގެ ސަރުކާރުގެ މައްޗަށް އިތުބާރު ނެތްކަމަށް ފާސްކުރަން އިދިކޮޅު ފަރާތްތަކުން ހުށަހެޅި ކަންކަމުގެ ތެރޭގައި ގޭންގް ހަމަލާތައް އިތުރުވުމާއި ދަލިތު ދަރިކޮޅު މީހުންނަށް ހަމަލާ ދިނުމާ އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވުމުގައި ސަރުކާރު ނުކުޅެދުން ހިމެނެ އެވެ.
އިތުބާރު ނެތްކަމުގެ ވޯޓު 268 މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެއްޖެ ނަމަ ސަރުކާރު އިސްތިއުފާ ދޭން ޖެހޭނެ އެވެ. އެކަމަކު ޕާލަމެންޓުގެ އަޣުލަބިއްޔަތު އޮތީ މޯދީގެ ކޯލީޝަނަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އީމަން
20 July 2018
ތަންތަނުން އޯކީޑް މާހޯދައިގެނެ އެމަލުގެ ފަހަތަށް މަނިކުފާނިގެ ނަން ކިޔުމުގެ ބަދަލުގަ ގައެމުގެ ލާބަޔާއި މަންފާ އާއި ގައެމުގެ ހަމަޖެހުމަށް، މަސްލަހަތު އިސްކުތުމަށް އެދި ދެންނެވީމެވެ.
ޢަރި
19 July 2018
ޢަނެއްކާ އިންޑިއާ ޕާލަމެންޓް މެމްބަރުން ގެ ރިސްވަތުގެ ތުހުމަތެއްކޮށް ގޮޑި ގެއްލުވާލާނެބާ! މިރާއްޖޭގެ ނަމަ ލާހިކުތާ ތިކަންކުރަން
މުހައްމަދު ރަޝީދު
19 July 2018
މަޖްލީސް މެމްބަރުންގެ ގޮނޑި ގެއްލުވާލާ، މެމްބަރުން ތިޔަހިސާބައްކަންތަށް ގެންގޮސްސިނަމަ މިކޮޅުން ހަދަނީ އެގޮތަށް، ހައް ހައް.
ލަސްވެއްޖެ
19 July 2018
ލަސްވެއްޖެ ތިކަންކުރަން
ބަބުރުކަލޯ
19 July 2018
މަށަށް އެއްގޮތަކަށްވެސް އިތުބާރުކުރެވޭ މީހެއް ނޫންތީ.