ސައުދީ ރަސްގެފާން ސަލްމާން. --ފޮޓޯ:އޭއެފްޕީ
31 ޖުލައި 2018 - 16:57
ރިޔާޒް (ޖުލައި 31) - ސައުދީ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒް މި ފަހަރު ޗުއްޓީ އަށް ވަޑައިގެންނެވީ ސައުދީގައި އަލަށް ހަދާ މެގަ ސިޓީ ނިއޯމް އަށް ކަމަށް ރަސްމީ މީޑިއާ އިން ބުނެފި އެވެ.
މީގެ ކުރިން ހޫނު މޫސުމުގެ ޗުއްޓީ އަށް ރަސްގެފާން އާއްމުކޮށް ވަޑައިގަންނަވަނީ މޮރޮކޯ ފަދަ ގައުމުތަކަށެވެ. ނިއޯމް އަކީ އަދި ތަރައްގީ ކުރަމުންދާ ސިޓީއަކަށްވާތީ ރަސްގެފާން މަޑު ކުރައްވާނީ ކޮން ތަނެއްގައި ކަމެއް ނޭނގެ އެވެ.
ނިއޯމް ތަރައްގީ ކުރުމުގެ މަލްޓި-ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓް ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އިއުލާން ކުރެއްވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. ވަލީ އަހުދު ވިދާޅުވެފައި ވަނީ ނިއޯމް އަށް ބޭރުގެ 500 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ނިއޯމްގެ ސީއީއޯގެ މަގާމުން ކްލައުސް ކްލެއިންފެލްޑް މި މަހު ކުރީކޮޅު ވަނީ ވަކިކޮށްފަ އެވެ. ނިއޯމްގެ ފައުންޑިން ބޯޑް މެންބަރެއް ކަމަށްވާ ނަދްމީ- އަލް ނަސްރު އޮގަސްޓް 1 ވަނަ ދުވަހުން ފެށިގެން ނިއޯމްގެ ސީއީއޯގެ މަގާމްއާ ހަވާލުވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނިކަލޯ
01 August 2018
ދިވެހިރާއްޖެވެސް މީ ވަރއް ހޫނުތަނެއް މިތަން ވެސް ވަރއް ހިތްގައިމުވާނެ ، މިތާންގަ ނޫޅޭނެ "ލޯލާރިއެއްގަ" ވެސް ޖެހޭނެ ވެރިޔަކު.... އަވަހައް މިތަން ޚިޔާރު ކުރައްވާ
އަބްދުއްލާ
31 July 2018
އަބްދުﷲ ރަސްގެފާނު އުފެއްދެވި ކަންކަން ނަމޫނާ އަކަށް ބެއްލެވީތާ.
ރަދީފް
31 July 2018
ސާބަހޭ ރަސްގެފާނު.