ވައިގެ ހަމަލާގައި ޒަޚަމްވި ކުއްޖަކަށް ފަރުވާ ދޭން ގެންދަނީ. --ފޮޓޯ:ރޮއިޓާސް
09 އޯގަސްޓް 2018 - 23:47
ސަންއާ (އޮގަސްޓް 9) - ސައުދީ ކޯލީޝަނުން ޔަމަނުގެ ސްކޫލް ބަހަކަށް މިއަދު ދިން ވައިގެ ހަމަލާގައި 29 ކުދިން މަރުވެ 30 އަށް ވުރެ ގިނަ ކުދިން ޒަޚަމްވެފައިވާ ކަމަށް ރެޑް ކްރޮސް އިން ބުނެފި އެވެ.
ސްކޫލް ކުދިން ދަތުރުކޮށްފައި ދިޔަ ބަހަށް ހަމަލާ އެރީ ޔަމަނުގެ އުތުރުގެ ސާދާ ޕްރޮވިންސްގެ މާރުކޭޓެއްގެ ކައިރިންނެވެ. ބަސް ދަތުރުކޮށްފައި ދިޔައީ ޕިކްނިކް ދަތުރެއް ނިންމާފައި ކުދިން ގޮވައިގެން ސްކޫލަށް ކަމަށް ސޭވް ދަ ޗިލްރަން އިން ބުނެ އެވެ. ބަހަށް ވައިގެ ހަމަލާ ދިނީ މާރުކޭޓްގެ ކައިރީގައި ބަސް މަޑުކޮށް ލުއި ބުއިމެއް ގަތުމަށް ޑްރައިވަރު ފިހާރަ އަށް ވަތް ވަގުތު ކަމަށްވެ އެވެ. ބަހުގައި ތިބީ 15 އަހަރުން ދަށުގެ ކުދިންނެވެ.
ވައިގެ ހަމަލާގައި ޒަޚަމްވި ދެ ކުއްޖަކަށް ދެނީ. --ފޮޓޯ:ރޮއިޓާސް
ޔަމަނުގެ ހޫތީން ހިންގާ ހެލްތު މިނިސްޓްރީން ބުނީ ވައިގެ ހަމަލާގައި 43 ކުދިން މަރުވެ 61 ކުދިން ޒަޚަމްވެފައިވާ ކަމަށެވެ.
ޔޫއޭއީ އާއި ސައުދީ ހިމެނޭ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ވަނީ ސައުދީ ބޯޑަރު ކައިރީގައި އޮންނަ ސާދާ އަށް ވައިގެ ހަމަލާ ދިން ކަމަށް އެއްބަސްވެފަ އެވެ. ނަމަވެސް ހަމަލާ ދިނީ ހޫތީން މިސައިލް ހަމަލާ ދިނުމަށް ބޭނުން ކުރާ ތަނަކަށް ކަމަށް ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަޅިބައިސާ
10 August 2018
މިހާލަތުގައިވެސް ސަލަފީ ސައިޚުން ސަޕޯޓުކުރާނީ ސައުދީއަށް. ސައުދީ ސައިހަކު ދުވާލު މިއީ ރޭގަނޑޭ ބުންޏަސް ޝައްކަކާނުލާ ޖެހޭނެ ޤަބޫލުކުރަން. ބައެއް މީހުނަށް ހީވޭ ސައުދީން ޔަމަނަށް ބޮންއަޅައިގެން އެމަރަނީ ގެރިބަކަރިއޭ. ޢަރަބިންގެ ލޮޖިކް.
މަާނާޒް
10 August 2018
ސައުދީން މައުސޫމު ތުއްތުކުދީން މަދީރީތަކެއް މަރާހެން މަރަމުން ދާއީރު މީކަމާއީ ދެކޮޅައް ބަހެއް ބުނެލާނީ އީސްލާމީ ހަމަ އެއްވެސް ޝަހުސީއްޔަތެއް ނޫނީ އީލްމުވެރީއެއް ހާހީސާބުވެސް ނެތީތަ..؟އެހެން ވީއްޔާ އަހަރެމެން ދެން ﷲ ސުބުހާނަހޫ ވަތައާލާގެ ކޯފާއައް ނުހައެޅޭނެ ގޮތެއް އެބައޮތްތަ..
އަލީ ނަސީމް
10 August 2018
އަދިވެސް ހާހުން ގުނާފަ، އެ ގައުމު ބަލާލަން ދަމާ؟ ނޫނީ އެވެރިންނައް މީހަކައް ލައްކައެއް ގެ މަގުން ލާރި ފޮނުވަމާ؟ އިންސާނިއްޔަތު ކަމުގެ ކަންފުޅެއްވެސް ނެތް! މުޅި ދުނިޔެ ދުވަސް ދުއްވާލަނީ، މިމީހުން!!
ޖޯކު
10 August 2018
ޖޯކު ތިޖަހަނީ ހައްޖުޢުމްރާ ގެ އަޅުކަމަށްތަ؟ މީހުން އެތަނަށް ދަނީ އެތަން ބަލައިލާކަށް ނޫން.. އަޅުކަމެއް ކުރަން. އެގަމުގެ އިމުގަ މައްކާ ނުވާނަމަ، މުސްލިމުން ސައޫދީއަށް ދާކަށް ނޫޅޭނެ.
މަންސޫރު
10 August 2018
އިޒްރޭލަށާއި އެމެރިކާއަށް ބަވަމާ؟
ބެންއާން
10 August 2018
ސައުދީން ބޮންއެޅީމަ ބަވަންވީ އީޒުރޭލާއީ އެމެރީކާއްތަ.. ސައުދީގައީ ތީބީ ޒަމް ޒަމް ފެން ބޮއެގެން ތީބީ މައުސޫމް ހުދު ކަފަކޮޅެއްހާ ސާފު އީޚުލާސްތެރީ ބަޔެއްތޯ..