ޗައިނާގެ މުސްލިމުން ވަނީ މިސްކިތް ތަޅާލުމާ ދެކޮޅަށް އިހްތިޖާޖް ފަށާފައި. --ފޮޓޯ:ވެއިބޯ
11 އޯގަސްޓް 2018 - 18:53
ނިންގްޒިއާ (އޮގަސްޓް 11) - ޗައިނާގެ ހުޅަނގު އުތުރުގެ ނިންގްޒިއާ ސަރަހައްދުގައި އަލަށް އިމާރާތްކޮށްފައިވާ ބޮޑު މިސްކިތް ތަޅާލަން އުޅޭތީ އެ ގައުމުގެ ގިނަ އަދަދެއްގެ މުސްލިމުން ނުކުމެ އިހްތިޖާޖް ކުރަން ފަށައިފި އެވެ.
ޗައިނާ ސަރުކާރުގެ އޮފިޝަލުން ބުނެފައި ވަނީ ވެއިޒޫ ބޮޑު މިސްކިތް ތަޅާލަނީ އެއީ ހުއްދަތައް ނުނަގާ އިމާރާތްކޮށްފައިވާ މިސްކިތަކަށްވާތީ ކަމަށެވެ. އެކަމަކު ޗައިނާގެ މުސްލިމުން ބުނެފައި ވަނީ އެ މިސްކިތް ތަޅާލުމުގެ ނިޔަތުގައި އެކަކު ވެސް މިސްކިތުގައި އިނގިލި ކުރި ޖައްސާލިއަކަ ނުދޭނެ ކަމަށެވެ.
ޗައިނާގައި 23 މިލިއަން މުސްލިމުން ދިރިއުޅެ އެވެ. ނިންގްޒިއާ ސިޓީގައި މުސްލިމުން އުޅޭތާ އެތައް ގަރުނެއް ވެއްޖެ އެވެ. ނަމަވެސް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނާ ގޮތުގައި ޗައިނާގައި މުސްލިމުންނާ މެދު ދަނީ ވަރަށް އިހާނެތިކޮށް ކަންތައް ކުރަމުންނެވެ.
ޗައިނާގައި މީގެ ކުރިން އިމާރާތްކޮށްފައިވާ މިސްކިތްތައް ހުންނަނީ ޗައިނީޒް ސްޓައިލަކަށެވެ. ނަމަވެސް ތަޅާލަން އުޅޭ މިސްކިތް ބިނާކޮށްފައި ވަނީ މެދުއިރުމަތީގެ އަރަބި ސްޓައިލަކަށެވެ.
ޗައިނާގެ ބައެއް މުސްލިމުން ބުނި ގޮތުގައި މިސްކިތް އިމާރާތް ކުރަމުން ދިޔައިރު މަސައްކަތް ނުހުއްޓުވައި މިސްކިތް ނިމުނީމާ ގަވާއިދާ ޚިލާފަށް ހަދާފައި ހުރި އިމާރާތެއް ކަމަށް ބުނުމުން ސުވާލު އުފެދޭ ކަމަށެވެ. މިސްކިތް ނިންމަން ދެ އަހަރު ހޭދަވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަކީނާ
13 August 2018
ގަޓްހުރިކަން ދައްކާލަން މިސްކިތް ތަޅާ މީހުންނާ ނިކަން ގުޅުން ކަނޑާލަބަލަ.
ލޮ ލް
13 August 2018
ނުޖެހޭ ކަނޑާލާކަށް! އަހަރުމެންނަކީ، ގައުމުތަކުގެ ދާޚިލީ ކަންކަމާ ބެހޭ ބަޔަކަށް ނުވާތީ!
ހަޑިގިއްލާ
13 August 2018
ލޮލް އަށް! ދީނަކީވެސް ދާޙިލީ އެއްޗެތްތަ!
ކޮންލޮލް
13 August 2018
އެހެންވެއްޖިއްޔާ ދީނޭ ކިޔައިގެން މޭ ނުފުއްޕާތި ކަމެއްވާއިރަށް!
ވަތުބަތާނަ
12 August 2018
ޗައިނާގެ މުސްލިމު އަޚުންނާއި އުޚުތުންނަށް ކާމިޔާބާއި ކެތްތެރިކަން ދެއްވައި، މާތް ﷲ ގެ ގޮކޮޅުތަށް ހިމާޔަތް ކޮށްދެއްވައި، ލާދީނީންގެ މައްޗަށް ނަޞްރު ދެއްވާންދޭ!
12911
12 August 2018
މި ސަރުކާރުން ޗުއްޕުވެސް ނުބުނާނެ
އައްޑޫ ބެއްޔާ
13 August 2018
ބުނަން ނުވެސް ކެރޭނެ.
ސިފްލީން
12 August 2018
އެހެންވެގެން މިކިޔަނީ ތިތަރައްޤީއަކީ އަނިޔާވެރިކަމެކޭ ، މުސްލިމުންގެ މިސްކިތްތައް ތަޅާލާފައި އައިސް އަހަރެމެންގެ ބިމުގައި ބްރިޖެއް އަޅާއިރު މުސްލިމުންގެ ހާލަތާމެދު ޗުއްޕުވެސް ބުނަންނުކެރޭ މީހުން މަގާމުތަކުން އިސްތިއުފާދީފައި ގޮސް ގޭގައި ތިބޭ
ރަދީފުލް އައްވަލް
11 August 2018
މިވަރުން ކިހުނެއް ބުރިޖުމައްޗަށް އަރާނީ.
ޢަލީބަލީ
11 August 2018
ޕީޕީއެމް ނޫސް ބަޔާނެއް ހިސާބުވެސް ނެތްތަ؟ ދީން ހިމާޔަތްކުރާ ޕާޓީ.
ކިއްލިބާޝާ
11 August 2018
ހަމަމިހާރު ގުޅުންކަގުޅުންކަނޑާލާ.
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
11 August 2018
ކޮމިއުނިސްޓް ހުދުމުހުތާރު ވެރިކަމަކުން އެ ޤައުމުގެ ރަށްވެހިންގެ ގޮތުގައިތިބި އިސްލާމުންނަށް ކުރަމުންދާ މިފަދަ އިހާނެތިކަންކަމާއި މެދުގައި “އަހަރުމެން މުސްލިމުންގެ ގޮތުގައި ތިބި ފާސިޤު ފަރާތްތަކުން މާލީ މާއްދީޔަތުގެ އަވައުގަޖެހި ކަނުބައެއް، ނުފެންނަ އަޑުނީވޭ ޖާހިލުންތަކެއް” ކަމަށް ހެދިގެންތިބެ “ތިމަންނަމެންނަކީ ﷲ ގެ ދީނަށް ނަސްރުދިނުމަށް ނިކުމެތިބިބައެއް”ކަމަށް އަޑުފެތުރުމަކީވެސް މުސްލިމްއުއްމަތަށް ކުރާމަލާމާތެއް. . . ރާއްޖޭގައި މިހާރުއޮތްސަރުކާރު އަދި ކުރިއަތްއޮތް އިންތިހާބުގައި “ރައްޔިތުންގެކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް އާއި ވާދަ ކުރައްވަން ނިކުންނެވި ޔާމީންގެ ރަނިންގމޭޓް ޝަހީމް މިފަދަ ދައުލަތަކާއި އެކު އޮތް ސަރުކާރަކަށް ބައިއަތު ހިފުމަކީ އެއްވެސް ހާލެއްގައި މުސްލިމް އުއްމަތަށް ނަސްރުދިނުމުގެ މަޤުސަދުގައި ކުރާކަމެއްކަމަކަށް ޤަބޫލު ނުކުރެވޭނެ. . . . މުސްލިމުންނަށް އޮތީ ހަމައެކަނި ދުނިޔެ ލިބިގަތުމެއްނޫން. “ދުނިޔެ އާއި އެކު އާހިރަށް ނުހޯދާނަމަ އޭނާ މުސްލިމުންގެ ތެރެއިން ނުވާނެ”
ވަތޮނީ
13 August 2018
ކަލޭ ތިހުރީ ހަމަ ހޭގައިތަ؟ މިހާރުވެސް މިއުޅެނީ، މަޝްހޫރު ބަބްރީ މިސްކިތް ތަޅާލުމުގައި ނަގާކިޔަން ހުރި މީހާ، އެ ގައުމުގެ ވެރިކަމަށް އަރައިގެން، ކަލޭ ތިބުނާ މީހުންގެ ރޫޙާނީ ލީޑަރު އެމީހާގެ ފައިބުޑަށް ވެއްޓިގަނެގެން އެމީހާގެ ފަރާތުން މި ދިވެހި ރާއްޖެއަށް ސަލާމަތް ނުވެވިގެން! ރޫޙާނީ ލީޑަރުގެނައި 2 ހެލިކޮޕްޓަރާ 50 ސިފައިން މި ގައުމުގައި ތިބުމުގެ ވިސާހަމަވުންވެސް ނުފައިބައިގެން މިއުޅެނީ! ނޫނޭވާ ބޭއިންސާފުވިޔަސް، ތިވަރު ބޮޑު!
ޙަސަން އަޙްމަދު
13 August 2018
ބުރޯ ވަތޮނީ. ހަމަޖެހި ބަލަ. ބާބްރީ މިސްކިތް ތަޅާލި އިރު ދިވެހިން ވަރަށް ނުރުހުން ފާޅު ކުރި. މިވަގުތު ހިނގަމުން ދާ ކަމަކީ ބާބްރީއެއް ނޫން. އެކަމަކު ތި ބުނީ މުޅިއަކުން ދޮގެއް ވެސް ނޫން. ރޫހާނީ ލީޑަރުގެ ކަންތައް ހުރީ ތިހެން. އެކަމަކު މައްސަލައަކީ މިހާރު މިއުޅޭ މީހާ އަމިއްލަޔަށް ދީން ހިމާޔަތް ކުރަނީޔޭ ގޮވަމުން މިކަހަލަ ގައުމުތަކުގެ އުނގަށް ވެއްޓޭތީ. އެހެންވީމަ މީހުން އެހެން ގޮވާނެދޯ. ރޫހާނީ ލީޑަރާ ދިމާލަށް ލާދީނީއޭ ކިޔާފާ ތިމާ މީހާ ބޮޑުތަކުރުފާނަށް ހެދެން އުޅުނީމަ މީހުން އެހެން ކިޔާނެ. ވަތޮނީ ވެސް މިފަދަ ކަންކަމަށް ރިއާޔަތް ކޮށްފަ ވާހަކަ ދެއްކުމަކުން ގޯހެއް ނެތް.
ތުނބުޅި
11 August 2018
މުސްލިމުންނަކީ އެއްހަށިގަނޑެއް ފަދަ ބައެއް. ޗައިނާ ގައިވެސް ތިބީ އަހުރެމެންގެ އަޚުން. އެބައި މީހުންގެ މިސްކިތްތައް ތަޅާފަ އަހަރުންނަށް ބުރިޖު އަޅައިދޭނި ކަމެއްނެތް.އަހުން އަޑުއެހިން އެމީހުން ރޯދަހިފާތީވެސް ވަރަށް އަހުވަ ދަައްކާ ކަމަށް