އޮސްޓްރޭލިއާ ސެނެޓުގެ ފުރަތަމަ އަންހެން މެންބަރު މަހްރީން ފާރޫގީ. --ފޮޓޯ:ގްރީންސް
16 އޯގަސްޓް 2018 - 15:12
ސިޑްނީ (އޮގަސްޓް 16) - އޮސްޓްރޭލިއާގެ ސެނެޓުގެ ފުރަތަމަ މުސްލިމް އަންހެން މެންބަރަކަށް މަހްރީން ސައިދު ފާރޫގީ ވެއްޖެ އެވެ.
ނިއު ސައުތު ވޭލްސްގެ މެންބަރެއްގެ ގޮތުގައި، ޕާކިސްތާނަށް އުފަން މަހްރީން ސެނެޓުގެ މެންބަރު ކަމަށް ހަމަޖެއްސީ އިއްޔެ އެވެ. ގްރީންސް ޕާޓީ އަށް ނިސްބަތްވާ މަހްރީން އަންނަ ހަފުތާގައި މެންބަރުކަމުގެ ހުވާ ކުރައްވާނެ އެވެ. ނިއު ސައުތު ވޭލްސް ޕާލަމެންޓް އިން ސެނެޓަރަކަށް މަހްރީން ހަމަޖެއްސީ ސެނެޓަރަކު އިސްތިއުފާ ދިނުމުން ހުސްވި ގޮނޑިއަށެވެ.
އާއިލާއާ އެކު މަހްރީން އޮސްޓްރޭލިއާ އަށް ހިޖުރަކުރީ 1992 ވަނަ އަހަރު އެވެ. ސިޔާސީ ދާއިރާ އަށް ވެންނެވުމުގެ ކުރިން އޭނާ ވަނީ ތައުލީމީ ދާއިރާގައި ހަރަކާތްތެރިވެވަޑައިގެންފަ އެވެ. އަދި ފަހުން ވަނީ އެންވަޔަރްމަންޓް އިންޖިނިއަރިންގެ ދާއިރާ އިން ޕީއެޗްޑީ ނަންގަވައިފަ އެވެ.
މަހްރީން ވަނީ 2013 ވަނަ އަހަރު ސްޓޭޓުގެ ޕާލަމެންޓަށް އިންތިޚާބުވެފަ އެވެ. އެއީ އޮސްޓްރޭލިއާގެ ސިޔާސީ މަގާމަކަށް އިންތިޚާބުވި ފުރަތަމަ މުސްލިމް އަންހެނާ ވެސް މެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުރުގާ
16 August 2018
ތިކަހަލަ މުސްލިމުން ރާއްޖޭގަވެސް. ވާކަމެއް ހާރާން.
އާދަނު
17 August 2018
ކަލެއަށް ވަރަށް ކަންތައްތައް ވޭތަ؟ ފިލާ އޮވެ ކޮމެންޓް ކުރުންނޫން ވާއެއްކަމެއްވެސް ނެތް.