ޗައިނާގައި މުސްލިމުންނާ މެދު ވަރަށް ބޮޑަށް ތަފާތު ކުރާ ކަމަށް އދ. އިން ވަނީ ބުނެފައި. --ފޮޓޯ:އޭއެފްޕީ
31 އޯގަސްޓް 2018 - 16:37
ޔުނައިޓެޑް ނޭޝަންސް (އޮގަސްޓް 31) - ޓެރަރިޒަމްގެ ނަމުގައި ޗައިނާގައި އުއިގާސް ދަރިކޮޅުގެ މުސްލިމުން ހައްޔަރު ކުރަމުން ގެންދާތީ ކަންބޮޑުވާ ކަމަށް އދ. އިން ބުނެފި އެވެ.
ޗައިނާގެ ހުޅަނގުގެ ޒިންޖިއާންގައި މިލިއަނަކަށް ވުރެ ގިނަ އުއިގާސް މުސްލިމުން ހައްޔަރުކޮށްފައިވާ ކަމަށްވެ އެވެ. ޗައިނާ އިން ވަނީ އެކަން ދޮގުކޮށްފަ އެވެ. ނަމަވެސް ހައްދު ފަހަނަޅާފައިވާ ދީނީ ބައެއް ފަރާތްތައް ހައްޔަރު ކުރަމުންދާ ކަމަށް ވަނީ އެއްބަސްވެފަ އެވެ.
އދ.ގެ އެލިމިނޭޝަން އޮފް ރޭޝަލް ޑިސްކްރިމިނޭޝަން ކޮމިޓީން ބުނެފައި ވަނީ ޗައިނާގައި އުއިގާރު މުސްލިމުން ދިރިއުޅޭ ސަރަހައްދު "ޖަލަކަށް" ހަދާފައިވާ ކަމުގެ އިތުބާރު ހުރި މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އދ.ގެ ކޮމިޓީން ވަނީ އެއްވެސް ތުހުމަތެއް، ދައުވާއެއް ނުކޮށް މީހުން ހައްޔަރު ކުރުން ހުއްޓުވަމަށް ޗައިނާ އަށް ގޮވާލައިފަ އެވެ. އަދި ހައްޔަރުކޮށްފައި ތިބި އެންމެން ދޫކޮށްލުމަށް ވެސް ގޮވާލައިފައިވެ އެވެ.
އެމްނެސްޓީ އިންޓަނޭޝަނަލް އާއި ހިއުމަން ރައިޓްސް ވޮޗުން ވެސް ވަނީ ޗައިނާގައި މުސްލިމުންނާ މެދު ތަފާތު ކުރާ ކަމަށް ބުނެފަ އެވެ. ޒިންޖިއާންގެ އާބާދީގެ 45 ޕަސެންޓަކީ އުއިގާރު މުސްލިމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޯބު
01 September 2018
ވަކި ގައުމެކޭ ކިޔާނެކަމެއްނެތް. ގައިރުމުސްލިމުން މުސްލިމުންނަކަށް ހެވެއް ނޭދޭނެ. އިގިރޭސިއެއް ހިންދީއެއް ޗައިނާއެއް ކިޔާނެކަމެއް ނެތް.
އަލީ ނަސީމް
01 September 2018
އެވެރިންގެ ގައުމު. އެވެރިން ބޭނުން ގޮތެއް. އަހަރުމެން ގޮތެއްކިޔަން ބޭނުމެއް ނޫން.
ޏުވިނ
01 September 2018
ޢިޒްރޭލޯ. ޙަމަ ހައްޕު ކިޔައިގެން ހުންނާނީ. މިޔައްމާއޯ.
ތުއްތުނާ
31 August 2018
އިސްލާމްދީން ހިމާޔަތްކުރުމަށް ކަމަށް ބުނެ މިކަހަލަ ބަޔަކަށް ތާއީދުކުރާ މީހުން........؟ ހަމަ ރަނގަޅަށް ވެސް އިސްލާމްދީން ހިމާޔަތްކުރުމަށް އުޅޭ ބައެއްތޯ.......؟
ޢަލީމް
31 August 2018
ދިވެހިރާއްޖޭގެ ސިޔާދަތާނުބެހޭނަމޭ ޗައިނާއިން ބުނުމަކީ ބުޅާ މަސްނުކާނަމޭ ބުނުން.
ސުލްޓާން
31 August 2018
ޗައިނާގެ އުނގަށް ވެއްޓުމަކީ ދިވެހިންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް. މުސްލިމުންނަށް އެބައިމީހުން ހެވެއްނޭ ދޭނެ. ވަކިބައެއްގެ ވަގުތީ ފައިދާ އަކަށް މިދިވެހި ގައުމު ގުރުބާން ކުރަން ހޮނުވާނެ. މާއްކަލާނގެ މި ކުޑަ ދިވެހިރާއްޖެ ޗައިނާގެ ނުބައި ރޭވުން ތަކުން ސަލާމަތް ކޮއްދެއްވާންދޭ. އާމީން
ރާބޮޑޭ
31 August 2018
ރައީސްޔާމީނު ދީނަށްތިހާލޯބިހުންނައިރުގައި ބްރިޖްހުޅުވިއިރު ޗައިނާސަފީރު ކައިރީ ކިއްވެތަނުބުނީ ހައްޔަރުކުރި މުސްލިމުން ދޫކޮށްލަދޭށެވެ
ހަމަ ބުނެލީ.
31 August 2018
ރާއްޖެއިން މާދަމާ ނޫންކަންނޭނގޭ ނޫސް ބަޔާނެއް ނެރެފަ، ތިކަނ ދޮގު ކުރާނީ////
ބޮންދު
31 August 2018
މިގޮތަށް މިވެރިކަން އޮވެއްޖެނަމަ ދެން ޗައިނާމީހުންގެ ސިކާރައަކަށްވާނީ އަހަރެމެންގެ އަންނަން އޮތްޖީލު.
ތުނބުޅި
31 August 2018
އިޒްރޭލު ނަންވާނީ. އަހުންނައް އިޒުރޭލަށް ވުރެ ޗައިނާ ގޯސް. އެއީ ޗައިނާ ގައި ސީދާ މުސްލިމުންނަށް އަނިޔާ އަމާޒު ކުރަނީ . އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާ ދެނީ. އޭގެ ތެރޭގަ ތަފާތު ދީން ތަކުގެ މީހުން ހިމެނޭ