މެލޭޝިއާގެ ބޮޑު ވަޒީރު ކަމަށް ދެން ވަޑައިގަންނަވާނެ ކަމަށް ބެލެވޭ އަންވަރު. --ފޮޓޯ:އޭއެފްޕީ
22 ސެޕްޓެމްބަރ 2018 - 15:59
ކުއާލަ ލަމްޕޫރު (ސެޕްޓެމްބަރު 22) - މެލޭޝިއާގައި މިހާރު ފެންމަތިފައިވާ ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތަކުގެ ޒިންމާ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގު އުފުލަން ޖެހޭނެ ކަމަށް އެ ގައުމުގެ ބޮޑު ވަޒީރު ކަމުގެ މަގާމަށް ދެން ވަޑައިގަންނަވާނެ ކަމަށް ބެލެވޭ އަންވަރު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
"މިއީ ދުނިޔޭގެ ކޮންމެ ގައުމަކަށް ބެލި ނަމަވެސް ސަރުކާރަކުން ހިންގާފައިވާ އެންމެ ބޮޑު ކޮރަޕްޝަނުގެ އެއް އަމަލު،" މެލޭޝިއާގެ ޕާޓީ ކެޑިލާން ރަކިޔާތު ޕާޓީގެ ރައީސްކަމަށް ހޮވާފައިވާ އަންވަރު ވިދާޅުވި އެވެ. "އެއީ އެކަމާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅަން ޖެހޭނެ ކަމެއް. މި ސަރުކާރުން ވަނީ ކޮރަޕްޝަނުގެ ތަހުގީގާއި ޝަރީއަތް ޕްރޮފެޝަނަލްކޮށް ކުރިއަށް ގެންދާނެ ކަމަށް ބުނެފައި."
މެލޭޝިއާގެ އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީގެ ބޮޑު ޚިޔާނާތުގައި އެ ބޭންކުން ނަޖީބުގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާ 681 މިލިއަން ޑޮލަރުގެ މައްސަލާގައި ނަޖީބު ހައްޔަރުކޮށް މިހާރު ދަނީ ޝަރީއަތް ކުރަމުންނެވެ.
މެލޭޝިއާގައި އަންނަ މަހު ބާއްވާ ބައި-އިލެކްޝަންގައި ވާދަކޮށް ޕާލަމެންޓަށް ވަޑައިގަތުމަށް އަންވަރު ދަނީ މަސައްކަތް ކުރައްވަމުންނެވެ. ޕާލަމެންޓުން މެންބަރަކު ދާދި ފަހުން އިސްތިއުފާ ދިނީ ވެސް އަންވަރަށް ފުރުސަތު ދޭންވެގެންނެވެ.
ބޮޑު ވަޒީރު މަހާތިރު މުހައްމަދު ވިދާޅުވެފައި ވަނީ ދެ އަހަރެއްހާ ދުވަހު ވެރިކަން ކުރެއްވުމަށް ފަހު އަންވަރަށް ބޮޑު ވަޒީރުކަން ހަވާލު ކުރައްވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައިނީ
22 September 2018
ކެކެކެކެކެ ތިވީކިހިނެއް ބަޔަކު ކުރިކަމެއް ކިހިނެއް އެކަކުގެ ބަލައް ޖަހާނީ ތިކަހަލަ ކަންކަން ގަބޫލްއެއް ނުކުރާޏޭ ކޯޓްތަކުން