ސުނާމީ އަށް ފަހު ޕާލޫގެ ފިހާރަތައް ލޫޓްވަނީ. --ފޮޓޯ:އޭއެފްޕީ
30 ސެޕްޓެމްބަރ 2018 - 20:20
ޖަކާޓާ (ސެޕްޓެމްބަރު 30) - އިންޑޮނީޝިއާގެ ޕާލޫ އައިލެންޑަށް އައި ބިންހެލުމާ އެކު އެރި ސުނާމީ އަށް ފަހު ކާބޯތަކެތި ލިބުން ދަތިވުމާ އެކު އެތައް ބަޔަކު ނުކުމެ ސުޕަމާކެޓްތައް ލޫޓްވާން ފަށައިފި އެވެ.
މަގުތަކަށް ނުކުތް މީހުން ވަނީ ފިހާރަތަކުގެ ބިއްލޫރިތައް ތަޅާލުމަށް ފަހު އެ މީހަކު އަތުޖެހުނު އެއްޗެއް ނަގައިގެން ގެންގޮސްފަ އެވެ. އަންހެނުންނާއި ފިރިހެނުން ޕްލާސްޓިކް ކޮތަޅުތަކުގައި ގެންދިޔަ ތަކެތީގެ ތެރޭގައި ބިސްކޯދާއި ނެޕީ އާއި ޓިޝޫ ކަރުދާސް ހިމެނެ އެވެ.
"އެހީއެއް ނުލިބޭ. އަހަރެމެން ކާން ޖެހޭ. މިކަން ކުރުން ނޫން ގޮތެއް އަހަރެމެންނަކަށް ނެތް،" ފިހާރަތައް ލޫޓްވަމުން ދިޔަ މީހަކު ބުންޏެވެ.
ޕާލޫގެ ޕެޓްރޯލް ސްޓޭޝަނަކުން ވެސް މީހުން ވަނީ ވަގަށް ތެޔޮ ގެންގޮސްފަ އެވެ.
ޕާލޫ އަށް އައި ބިންހެލުމުގައި މިހާތަނަށް ވަނީ 800 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތުއްތުނާ
01 October 2018
އެހީގެ ފޮއްޓެއް ހުލުވުން ކީއްތޯ
ހަލޯ
30 September 2018
އިސްލާމީ ގައުމުތައް ކޮބައިތަ.