މަސްނޫއީ ހަނދުތަކެއް ޗައިނާ އިން ޖައްވަން ފޮނުވަނީ ކަރަންޓް ޚަރަދު ކުޑަކުރަން.
20 އޮކްޓޯބަރ 2018 - 11:43
ބެއިޖިން (އޮކްޓޯބަރު 20) - އާބަން އޭރިއާތަކުގެ މަގު މަތީ ލައިޓްތަކުގެ ބަދަލުގަ އާއި ކަރަންޓް ޚަރަދު ކުޑަ ކުރުމުގެ ގޮތުން މަސްނޫއީ ހަނދުތަކެއް ޖައްވަށް ފޮނުވަން ޗައިނާ އިން ނިންމައިފި އެވެ.
ޗައިނާ ޑެއިލީން ބުނީ އަސްލު ހަނދެއް ގޮތަށް ފޮނުވާ "ދިއްލޭ ސެޓެލައިޓްތަކުގެ" ސަބަބުން ހަނދުވަރަށް ވުރެ ރޭގަނޑު އަލިގަދަވާނެ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ރޭގަނޑު މަގު މަތީ ބައްތިތައް ދިއްލަން ނުޖެހޭނެ ކަމަށް ވެސް ނޫހުން ބުނެފައިވެ އެވެ.
ސެޓެލައިޓްތައް ތައްޔާރު ކުރަމުން ދަނީ ހުޅަނގު ދެކުނުގެ ސިޗުއާން ޕްރޮވިންސްގެ ޗެންދޫގަ އެވެ. ފުރަތަމަ ސެޓެލައިޓް 2020 ވަނަ އަހަރު ޖައްވަށް ފޮނުވާލުމަށް ފަހު އިތުރު ތިން ސެޓެލައިޓް 2022 ވަނަ އަހަރު ވެސް ފޮނުވާލާނެ އެވެ.
ޗައިނާ އިން އުއްމީދު ކުރަނީ މި ޕްރޮޖެކްޓް ކާމިޔާބު ކުރެވިއްޖެ ނަމަ އާބަން ސިޓީތަކުގައި ރޭގަނޑު މަގު މަތީ ލައިޓް ދިއްލަން ނުޖެހޭނެ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ޗެންދޫގައި އެކަނި ވެސް ކަރަންޓް ޚަރަދުން އަހަރަކު 1.2 ބިލިއަން ޔުއާން (170 މިލިއަން ޑޮލަރު) ސަލާމަތް ކުރެވޭނެ ކަމަށް އޮފިޝަލުން ބުނެ އެވެ. ޗައިނާ އިން އުފައްދާ މަސްނޫއީ ހަނދުން 50 އަކަކިލޯ މީޓަރުގެ ސަރަހައްދަކަށް އަލިވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިސްނުން މުހިއްމު
21 October 2018
ﷲ ތަޢާލާ އަށް ގޮންޖަހަން މަސައްކަތް ކުރާ މީހުންނަށް ވެފަ ހުރި ގޮތް ކީރިތި ޤުރުއާނުންނާއި ތާރީޚީ ފޮތްފޮތުން ފެންނާން އެބަހުއްޓެވެ.
އިބްރޭ
20 October 2018
އަހަރެން ލާ ވޯޓް އަނެއްމީހާއަށް ދުވާ ކަހަލަ ޓެކްނޮލޮޖީ މި ގައުމުގައި އެބަހުއްޓެވެ. އެހެންވީމާ, ތިޔައަކީ މާމޮޅު ކަމެއް ނޫނެވެ.
ާއަބުރު
21 October 2018
ތިޔަ މޮޔަގޮވަނީތަ
ސާފު
20 October 2018
މިއީ ވަރަށް ގެއްލުން ހުރި ނުރައްކާ ކަމެއް އަދި އޭގެ ސަބަބުން ދުރު މުސްތަޤުބަލުގައި ދިރުންތަކަށާއި ތިމާވެއްޓަށް ގެއްލުން ލިބޭނެ ކަމެއް. މިހާރުވެސް ދުނިޔޭގައި ބޭނުންކުރާ މަސްނޫއީ އަލިން އެކި ތަފާތު ގެއްލުންތައް ލިބޭކަމަށް ދިރާސާތަކުން ދައްކާ.
ފުންއަސަރު
20 October 2018
ދެން ހަނދު ނާރާ ރެއެއް ނާންނާނެދޯ؟ އަދި ހަނދު އޮއްސޭތީ އަލިނުވެދާނެކަމަކަށްވެސް ބަލާކަށް ނުޖެހޭނެދޯ؟ އެކަމަކު ވިސްނާލަން ޖެހޭނެ ހަގީގަތަކީ ތިބޭފުޅުންގެ ތިޔަ ހަނދުތައް ގުދުރަތީ ހަނދާ އެއްވަރަށް މައްޗަށް ޖައްސާފާ އެވަރަށް އަލިކަން ފޮނުވިދާނެތޯ؟ އަދި އެންމެ ހަނދެއް ފޮނުވައިގެން ނުވަތަ 10 ހަނދު ފޮނުވައިގެން މުޅި ދުނިޔެއަށް އަލިކޮށްލެވޭނެތޯ؟ ނުވާނެ. އަހަރެމެންގޭ ކައިރީގާ މިޖަހާލަނީ އަލިގަދަ އެންމެ ބޮތްކެއް. ގޭކައިރިއަށް އަލިވާވަރުވޭ. އެގޮތަށްދޯ....؟