ޕާކިސްތާން ޕީޕަލްސް ޕާޓީގެ ޗެއާމަން ބިލާވަލް ބުއްޓޫ. --ފޮޓޯ:އޭޕީޕީ
08 ނޮވެމްބަރ 2018 - 14:18
އިސްލާމްއާބާދު (ނޮވެމްބަރު 8) - ޕާކިސްތާން ސަރުކާރުގައި އޮތީ ސަލާން ޖެހުމުގެ ސިޔާސަތެއް ކަމަށް ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ) ގެ ޗެއާމަން ބިލާވަލް ބުއްޓޫ ވިދާޅުވެއްޖެ އެވެ.
ނޭޝަނަލް އެސެމްބްލީގެ ބައްދަލުވުމަކަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބިލާވަލް ވިދާޅުވީ ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި) ގެ ސަރުކާރުގައި ޚާރިޖީ އަދި އިގްތިސާދީ ސިޔާސަތެއް ނެތް ކަމަށެވެ. އަދި އާ ސަރުކާރުގެ 100 ދުވަސް ހަމަވާން އޮތީ ދިހަ ވަރަކަށް ދުވަސް ކަމަށާއި މިހާތަނަށް ސަރުކާރުގެ އެއްވެސް ވައުދެއް ހާސިލްވެފައި ނުވާ ކަމަށެވެ.
ތެލާއި ކަރަންޓުގެ އަގުބޮޑު ކުރުމުން ބިލާވަލް ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފަ އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ތަކެތީގެ އަގު ބޮޑުވުމުގެ ސުނާމީއެއް ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބޮޑު ވަޒީރު އިމްރާން ޚާން ދާދި ފަހުން ޗައިނާ އަށް ކުރެއްވި ދަތުރުގައި ދެއްވި ތަގްރީރު ޕާކިސްތާނުގެ ގައުމީ ޓީވީން ވަގުތުން ދެއްކި އިރު ޑޭޓްލައިންގެ ގޮތުގައި ޓީވީ ސްކްރީނަށް "ބެގިން" (ސަލާންޖެހުން) އެރުވުމުން ސޯޝަލް މީޑިއާގައި އެތައް ބަޔަކު ވަނީ ޖޯކް ޖަހައިފަ އެވެ. ބެގިން އަރުވާފައި ވަނީ ބެއިޖިންގެ ބަދަލުގައި އޮޅުމަކުން ކަމަށްވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިހަންޖާ
08 November 2018
މި ސޮރު ސަލާން ނުޖަހާ ކީއްކުރަން މިއުޅެނީ؟ އެއްވެސް ގައުމެއް އެބައޮތްތަ ތިބުނާ ސަލާން ނުޖަހާ؟
ބަބުރަންޖީ ހާޖި
08 November 2018
ކޮއްކޯ. މިޒަމާނުގާ ސަލާންނުޖަހައެއް ގައުމު ކުރިއަކަށް ނުކަނޑާނެ. މަޝްރޫއުތައް ހިންގަން ދަށް ގައުމުތަކުން ޖެހޭނީ ބޮޑު ގައުމުތަކުގާ އެހީއަށް އެދެން. އެހެންގޮތަކަށް ބުނާނަމަ ސަލާންޖަހަން.
މަހަށްދޭދޭ
08 November 2018
ކޮބާތޭ މައްސަލަ އަކީ މައްސަލަ އެއް ނެތެއް ނޫންތޭ ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ..