މިއަންމާގެ ޑިމޮކްރެސީ ލީޑަރު އަން ސަން ސޫކީ.
01 ޑިސެމްބަރ 2018 - 21:07
ޕެރިސް (ޑިސެމްބަރު 1) - މިއަންމާގެ ޑިމޮކްރެސީ ލީޑަރު އަން ސަން ސޫކީ އަށް އަރުވާފައިވާ "ފްރީޑަމް އޮފް ޕެރިސް" އެވޯޑް އަތުލަން ނިންމައިފި އެވެ.
ޕެރިހުގެ މޭޔަރުގެ ތަރުޖަމާނަކު ވިދާޅުވީ ސޫކީގެ ކިބައިން އެ ޝަރަފް ނަގަން ނިންމީ މިއަންމާގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އެ ގައުމުގެ ސިފައިން އަނިޔާވެރިވަމުން ދިޔަ އިރު އެކަމާ ދެކޮޅަށް އެކަމަނާ ބަހެއް ވިދާޅުވެފައި ނުވާތީ ކަމަށެވެ. ސޫކީގެ އެވޯޑް އަތުލުން ފައިނަލް ކުރާނީ މި މަހު މެދުތެރޭގައި ބާއްވާ ސިޓީ ކައުންސިލްގެ ބައްދަލުވުމުގަ އެވެ.
ނޯބެލް ސުލްހައިގެ އިނާމު ހޯދާފައިވާ ސޫކީ އަށް މީގެ ކުރިން އެކި ފަރާތްތަކުން އަރުވާފައިވާ ޝަރަފްވެރިކަމުގެ އެވޯޑްތައް ވެސް ވަނީ އަތުލައިފަ އެވެ. އޭގެ ތެރޭގައި ކެނޭޑިއަން އޮނަރަރީ ސިޓިޒަންޝިޕާއި އެމްނެސްޓީ އިންޓަނޭޝަނަލްގެ އިންސާނީ ހައްގުތަކާ ބެހޭ އެންމެ މަތީ ޝަރަފް ކަމަށްވާ އެމްބަސެޑާ އޮފް ކޮންޝަންސް އެވޯޑް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އީމަން
02 December 2018
މިއަންމާގެ ގަތުލްއާމް ލީޑަރު އަން ސަން ސޫކީ
އައިންތު
02 December 2018
މިކަމަނާގެ ކަންތައްތައް ހުރިގޮތުން މިހާރު ލިބިފައިވާ ހުރިހާ އެވޯޑެއް އަތުލުމަށް ގޮވާލަން. މިއީ އެވޯޑު ދެވޭވަރުގެ ބޭކަނބަލެއް ނޫން.