އިޒްރޭލުގެ ބޮޑު ވަޒީރު ނަތަންޔާހޫ އާއި ދަރިކަލުން ޔައިރް
18 ޑިސެމްބަރ 2018 - 08:38
ތެލް އަވީވް (ޑިސެމްބަރު 18) - މުސްލިމުން އިޒްރޭލުން ފޭބުމަށް ގޮވާލާ ޕޯސްޓެއް ލިޔުމުން އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ ދޮށީ ފިރިހެން ދަރިފުޅު ޔައިރް 24 ގަޑިއިރަށް ފޭސްބުކުން ބޭރުކޮށްލައިފި އެވެ.
އޭނާގެ ފޭސްބުކް ޕޭޖް ބްލޮކްކޮށްފައި ވަނީ ކުރިން މަނާކޮށްފައިވާ ކޮންޓެންޓެއް އަނެއްކާވެސް ޕޯސްޓް ކުރުމުންނެވެ.
އިޒްރޭލާއި ފަލަސްތީނުގެ މަޝްރަހު ހޫނުވެ ފަލަސްތީނުގެ ފަސް މީހުން ޝަހީދުވެ އަދި އިޒްރޭލުގެ ތިން މީހުން މަރުވެފައިވާ ވަނިކޮށް ޔައިރު މިދިޔަ ބުރާސްފަތި ދުވަހު ވަނީ އިޒްރޭލުން ފަލަސްތީން މީހުން ފޭބުމަށް ގޮވާލައި ޕޯސްޓެއް ފޭސްބުކްގައި ލިޔެފަ އެވެ.
"ހަމަލާތައް ނުދޭ ތަންތަން އެނގޭތަ؟ އައިސްލެންޑާއި ޖަޕާނުގައި އިއްތިފާގަކުން ނަމަވެސް މުސްލިމުން ނޫޅޭ،" އިޒްރޭލުގެ ބޮޑު ވަޒީރުގެ ދަރިފުޅު ލިޔެފައިވެ އެވެ.
އޭނާ ކުރި އެހެން ޕޯސްޓެއްގައި ބުނެފައި ވަނީ ސުލްހަ އަށް އޮތީ ދެ ގޮތެއް ކަމަށެވެ. އެއްގޮތަކީ ޔަހޫދީން އިޒްރޭލުން ފޭބުން ނުވަތަ މުސްލިމުން ފޭބުން ކަމަށެވެ.
"އަހަރެން ބުރަވަނީ ދެ ވަނަ ގޮތަށް،" އުމުރުން 27 އަހަރުގެ ޔައިރް ލިޔެފައިވެ އެވެ.
އިޒްރޭލުގެ ބޮޑު ވަޒީރު ނަތަންޔާހޫގެ ދެ ދަރިކަލުން ކަމަށްވާ ޔައިރް (ވ) އަދި އަވްނަރް
އިޒްރޭލް ސިފައިންގެ މަރުގެ ބަދަލު ހިފުމަށް ޔައިރް ގޮވާލައި ލިޔެފައިވާ ޕޯސްޓްތައް ފޭސްބުކްގެ ފަރާތުން ވަނީ ޑިލީޓްކޮށްފަ އެވެ.
ފޭސްބުކް އިން ބޭރުކޮށްލުމުން ޔައިރް ވަނީ ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް މީޑިއާ ނެޓްވޯކަށް ފާޑުކިޔައިފަ އެވެ.
ބޮޑު ފިރިހެނަކަށްވެ ހުރެ، ރަސްމީ ހައިސިއްޔަތެއް ނެތި ބޮޑު ވަޒީރުގެ ގެކޮޅުގައި ދިރިއުޅެ ސަރުކާރުން ބޮޑީގާޑަކާއި ޑްރައިވަރެއް ދީފައިވާތީ ޔައިރް އަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.
ފޭސްބުކުން ވެސް ވަކި ފަރާތަކަށް ޖެހިފައިވާ ކަމަށް ބުނެ ފަލަސްތީނުގެ ނޫސްވެރިންނާއި އެކްޓިވިސްޓުން ފާޑުކިޔަމުންދާތާ އެތައް ދުވަހެއް ވެއްޖެ އެވެ. ހަމާސްގެ ތަރުޖަމާނަކު ބުނެފައި ވަނީ ފޭސްބުކް އިން މިދިޔަ އަހަރު ވަނީ ފަލަސްތީން މީހުންގެ 200 ވަރަކަށް އެކައުންޓް ބްލޮކްކޮށް އަދި މި އަހަރު ފެށުނު ފަހުން 100 އަށް ވުރެ ގިނަ އެކައުންޓް ބްލޮކްކޮށްފަައި ކަމަށެވެ. އޭނާ ބުނެފައި އިޒްރޭލްގެ ފޭސްބުކް އެކައުންޓްތަކުގެ 20 ޕަސެންޓަކީ ހަމަނުޖެހުމަށް ގޮވާލައި އެކައުންޓްތައް ކަމަށާއި އެކަމަކު ފިޔަވަޅެއް ނާޅާ ކަމަށެވެ.
އަރަބް ސެންޓަ ފޯ ސޯޝަލް މީޑިއާ އެޑްވާންސްމަންޓް އިން އެޕްރީލް މަހު ބުނެފައި ވަނީ ފަލަސްތީން މީހުންގެ އެކައުންޓް ބްލޮކް ކުރަން އިޒްރޭލް ސަރުކާރުން އެދުނު މައްސަލަތަކުގެ 85 ޕަސެންޓް ފޭސްބުކުން ގަބޫލްކޮށް އިޒްރޭލުން އެދިފައިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަޝްހޫދު
19 December 2018
ކީއްކުރަން ފޭސްބުކުން ބޭރުކުރަނީ؟ ތިޔަ މީހުން އެ މުގައްދަސް ބިމުން ބޭރު ކުރަންވީ. އެ ބިމަކީ އިސްރާއީލާއި ވެސް ޔަހޫދީންނާއި ވެސް ބެހޭ ތަނެއް ނޫންވިއްޔަ.
އަބްދޫ
19 December 2018
އެ ބިން ނިސްބަތްވަނީ މުސްލިމުންނަށް ފަލަސްތީނީންނަށް އަރބިންނަށް . ވީމާ ދުނިޔޭގެތަފާތުގައުމުތަކުން އެބިމަށް އައިސް ވަޒަންކުރުވާފައިބި ފަރާތްތައް އެބިންދޫކޯސް ދިއުމުން އަމާންކަންގާއިމްވެދާނެ. އެ ސޮރު ގާތު މިވާހަކަބުނޭ
ހަސަންއަލީ
18 December 2018
ޔަހޫދީން އިޒްރޭލުން ފޭބުންމާ ރަނގަޅުވާނެ
ކިޔު5
18 December 2018
އެއީ ފަލަސްތީނު!