ޔޫއޭއީގެ ވަލީ އަހުދު ޝެއިޚް މުހައްމަދު ބިން ޒާއިދު އަލް ނަހްޔާން (ކ) އަށް ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން މިއަދު މަރުހަބާ ދަންނަވަނީ. --ފޮޓޯ:އޭއެފްޕީ
06 ޖެނުއަރީ 2019 - 15:43
އިސްލާމްއާބާދު (ޖެނުއަރީ 6) - ޕާކިސްތާނުގެ ބަޖެޓް ދަރަނި ކުޑަ ކުރުމުގެ ގޮތުން 6.2 ބިލިއަން ޑޮލަރުގެ ސަޕޯޓް ޕެކޭޖެއް ދިނުމަށް ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އިން އެއްބަސްވެއްޖެ އެވެ.
މި ޕެކޭޖުގައި ހިމެނެނީ 3.2 ބިލިއަން ޑޮލަރުގެ ތެލާއި ތިން ބިލިއަން ޑޮލަރުގެ ކޭޝް ޑިޕޮޒިޓެވެ. ޔޫއޭއީގެ އެހީގެ ޕެކޭޖް އިއުލާން ކުރާނީ ވަލީ އަހުދު ޝެއިޚް މުހައްމަދު ބިން ޒައިދު އަލް ނަހުޔާން ޕާކިސްތާނަށް މިއަދު ކުރެއްވި ދަތުރުފުޅުގަ އެވެ.
ސައުދީން ދޭ ހަ ބިލިއަން ޑޮލަރުގެ އެހީގެ ތެރޭން ދެ ބިލިއަން ޑޮލަރު މިހާރު ވަނީ ޕާކިސްތަނަށް ދީފަ އެވެ. އެ ފައިސާގެ އިންޓަރެސްޓް ރޭޓަކީ 3.18 ޕަސެންޓެވެ. އިތުރު އެއް ބިލިއަން ޑޮލަރު އަންނަ ފެބްރުއަރީ މަހު ފުރަތަމަ ހަފުތާގައި ދޭނެ އެވެ. ޕާކިސްތާނުގެ ފޮރިން އެކްސްޗޭންޖް ރިޒާވް އަށް އެއް ބިލިއަންް ޑޮލަރު މިދިޔަ ޑިސެމްބަރު މަހު ސައުދީން ދީފައިވާ ކަމަށް ސްޓޭޓް ބޭންކް އޮފް ޕާކިސްތާން (އެސްބީޕީ) އިން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަޝޯގީ
07 January 2019
ވަލީ އަހުދު މިރާއްޖެ އަށް ޕްރޮޖެކްޓްހިފައިގެން އައިނަމަ މިގައުމުގެ އެންމެންކަތިލާ އާތްވަށްއެރުވީސް.
ކޭބީ
06 January 2019
އެ އިންޓްރެސްޓް ރޭޓުގަ ލޯނު ނަގަިގެން ބަނޑައްޖެހޭތަން ދެންފެންނާނީ
ނިހާނު ބިންތު އަދުރޭ
06 January 2019
އަރަބިގައުމުތަކުން ޕާކިސްތާނަށް ހާދަވަރެކޭ މިހުންނަނީ. އަރަބިން ދިވެހިންނާމެދުވެސް މިހެން ދެކެނަމަދޯ........ ހާދަ ރަގަނޅުވީހޭދޯ.
ޙައްގުބަސް
06 January 2019
ދިވެހިންނަށްވެސް އެހީވޭ!! މިދޭތެރެއިންވެސް މިގައުމުގެ އިގުތިސޯދު ބަދަލުކޮށްލާވަރުގެ ބޮޑު ޕްރޮޖެކްޓެއް ފ އަތޮޅުގައި ހިންގަން އުޅުނު!! އެވެސް ގާތްގަޑަކަށް 7 ބިލިއަން ޑޮލަރުގެ ބޮޑު ޕްރޮޖެކްޓެއް!! ކަލޭމެން ގައުމު ވިއްކަނީއޭ ކިޔާ ވަލީ އަޙުދަށާ ސައުދީ އެމްބެސަޑަރަށް ޓެގްކޮށްފަ އެތަކެއް ޓްވީޓްކުރި!! ގައުމު ވިއްކަނީއޭ ކިޔާ ހަޅޭލެވީ މުޒާހަރާ ކުރީ!! ދެން ކޮންވާހަކައެއް ދައްކާކަށް!! އިންޑިޔާ ނުދާނެ އެކައްޗެއްވެސް! ގައުމު މުށުތެރެއަށްލުން ފިޔަވާ!!
ޙިމާރުލް ވަތަން
07 January 2019
ބަލަ ދިވެހިން ދުވަނީ ޔޫރޮޕް ފަހަތުންނޭ. ސައުދީ ރަސްގެފާނު އަންނަން އުޅުނީމަ ދިވެހިން ޖެއްސީ ވައްތަރު.