އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ވ) އާއި އިންޑިއާގެ ބޮޑު ވަޒީރު މޯދީ. --ފޮޓޯ:އޭޕީ
04 ޖެނުއަރީ 2019 - 16:37
ނިއު ދިއްލީ (ޖެނުއަރީ 4) - ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަށް މަލާމާތުގެ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ކޮމެންޓަށް އިންޑިއާ އިން ރައްދު ދީފި އެވެ.
އަފްޣާނިސްތާނުގައި އިންޑިއާ އިން ލައިބްރަރީއެއް ހަދައިދިނުމުން ޓްރަމްޕް ވަނީ މޯދީ އަށް މަލާމާތުގެ ގޮތުން، އެއީ އެމެރިކާ އިން އަފްޣާނިސްތާނަށް ކުރި ޚަރަދުގެ ފަސް ގަޑިއިރަށް ވުރެ މަދު އަދަދެއް ކަމަށް ވިދާޅުވެފަ އެވެ.
"ތި ލައިބްރަރީ އަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އެކަމަކު އަފްޣާނިސްތާނުގައި ތި ތަން ބޭނުން ކުރާނީ ކާކު ކަމެއް ނޭނގޭ،" ޓްރަމްޕް ކޮމެންޓް ކުރައްވާފައިވެ އެވެ.
ޓްރަމްޕަށް ރައްދު ދިނުމުގެ ގޮތުން އިންޑިއާ އިން ވަނީ ހަނގުރާމައިގެ ސަބަބުން ހަލާކުވެފައިވާ ގައުމުގެ ތަރައްގީ އަށް އިންޑިއާ އިން ތިން ބިލިއަން ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށް ބުނެފަ އެވެ.
"އަފްޣާނިސްތާނުގެ ތަރައްގީގެ ބައިވެރިއެއްގެ ގޮތުން އިންޑިއާ އިން ދަނީ މުހިންމު ރޯލެއް އަދާކުރަމުން. ސަރަހައްދުގައި އެންމެ ބޮޑަށް އެހީތެރިވާ ގައުމުގެ ހައިސިއްޔަތުން އިންޑިއާ އިން ވަނީ އަފްޣާނިސްތާނަށް އިންސާނީ އެހީ ފޯރުކޮށް ދިނުމުގެ އިތުރުން އިގްތިސާދީ ތަރައްގީގައި ވެސް އެހީވެދީފައި،" އިންޑިއާ ސަރުކާރުގެ ބަޔާނުގައި ބުނެފައިވެ އެވެ.
އިންޑިއާ އިން ބުނެފައި ވަނީ އަފްޣާނިސްތާނުގައި އިންޑިއާ އިން 218 ކިލޯ މީޓަރުގެ މަގު ހަދައިދީ ދަނޑުވެރިންނަށް ފަސޭހައަކަށް ޑޭމެއް ހަދައިދީ އަދި އަފްޣާނިސްތާނުގެ 3،500 މީހުންނަށް އިންޑިއާގައި ޓްރޭނިން ޕްރޮގްރާމެއް ހިންގާފައިވާ ކަމަށެވެ. މީގެ އިތުރުން އިންޑިއާ އިން އަފްޣާނިސްތާނަށް 1.1 މިލިއަން ޓަނުގެ ފުށް ހަދިޔާކޮށް އަދި 400 އެނދުގެ ކުޑަ ކުދިންގެ ހޮސްޕިޓަލެއް އަޅައިދީފައިވާ ކަމަށް ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީގެ މަލީ
05 January 2019
ނިއު ދިއްލީ މަގިމަތީގައި ނިދާ 17ހާސް މީހުނަށް ބޯހިޔާ ވަހިކަން ދުނުން މާ މުހިންމު ދޯ...
ބަނާނާ
04 January 2019
ޓްރަމްޕް ބޭނުންވީ މޯދީ ގެ އަގައިން އެވާހަކަތައް ދައްކުވަން.
ރާޢްޖެތެރޭ މީހާ
04 January 2019
މިތާ ކަލަ ގޮވަނީއޭ ބުނާ ބޭފުޅުންނަށް މިހާރު އެގިއްޖެ ކަމަށް ހީކުރަން ޓްރަމްޕް ހެއްދެވީ އިތުރު ފުޅެއްކަން.
ބޯޑީ
04 January 2019
ކަލަ ގޮވާލައޭ ދޯ؟
މަންސޫރު
04 January 2019
ޕޮލިޓިކްސް އަކީ އެހެން ހިނގާ ކަމެއް.
އަޅުގަނޑު ޢާރިފް
05 January 2019
އެއްވެސް އިރެއްގައި ޕޮލިޓިކްސް އަކީ، އާޑަފުރައްސާރަކުރުމާއި، މަލާމާތްކުރުމާއި، ބެވުމާއި، ދޮގުހެދުމާއި ދެފުށްދެގޮތް ވުމެއްނޫނެވެ. މިއީ މި ޒަމާނުގައި އެކަންކަން ދިފާއުކުރުމުގެ ގޮތުން ބަޔަކު ދައްކާ ބަހަނާއަކަށް އަހަރެމެން ވެސް ހެއްލި ތިބެވޭތީ ޕޮލިޓިކްސް ފެންނަގޮތެވެ.
ނާއިލާ
04 January 2019
ކަލަ ގޮވަނީ ކޮއްދީފަ ކޮއްދިން ކަންތައްތަކުގެ ވާހަކަ ދައްކާނީ ބޮޑުވެ ތަސައްރަނުފުދޭތީ