ބެންކޮކުގައި ހުރި ސައުދީ އަންހެން ކުއްޖާ. --ފޮޓޯ:އޭއެފްޕީ
09 ޖެނުއަރީ 2019 - 16:00
ބެންކޮކް (ޖެނުއަރީ 9) - އާއިލާ އަށް ފިލައިގެން ބެންކޮކަށް ދިޔަ ސައުދީ އަންހެން ކުއްޖާ އަށް ރެފިއުޖީއެއްގެ ދަރަޖަ އދ. އިން ދީފި އެވެ.
އުމުރުން 18 އަހަރުގެ ރަހާފް މުހައްމަދު އަލް ގުނޫން ކުވޭތުގައި އާއިލާއާ އެކު އުޅުމަށް ފަހު ފިލައިގެން ބެންކޮކަށް ދިޔައީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެއާޕޯޓް ހޮޓެލް ރޫމެއްގައި އޭނާ އަމިއްލަ އަށް ބަންދުވުމަށް ފަހު ވަނީ އެނބުރި ކުވޭތަށް ދިއުމަށް ދެކޮޅު ހަދައިފަ އެވެ. އެ ކުއްޖާ ބެންކޮކަށް ދިޔައީ އޮސްޓްރޭލިއާ އަށް ދިއުމަށް ޓްރާންސިޓް ޕަސިންޖަރެއްގެ ގޮތުގަ އެވެ. އޭނާގެ އަތުގައި އޮސްޓްރޭލިއާގެ ވިސާ ވެސް އޮތެވެ.
އދ.ގެ ރެފިއުޖީންނާ ބެހޭ އެޖެންސީން ބުނީ ރަހާފުގެ މައްސަލަ ހައްލު ކުރަން އޮސްޓްރޭލިއާއާ ހަވާލުކޮށްފައިވާ ކަމަށެވެ. އޮސްޓްރޭލިއާގެ ހޯމް އެފެއާޒް ޑިޕާޓްމަންޓުން ނެރުނު ކުރު ބަޔާނެއްގައި ބުނެފައި ވަނީ ރަހާފުގެ މައްސަލަ އޮންނަ އާއްމު އުސޫލުން ބަލާނެ ކަމަށެވެ. ނަމަވެސް އޮސްޓްރޭލިއާގެ އޮފިޝަލުން ވަނީ ރަހާފަށް ރެފިއުޖީއެއްގެ ދަރަޖަ ދޭނެ ކަމުގެ އިޝާރާތެއް ދީފަ އެވެ.
"އޭނާ އަކީ ރެފިއުޖީއެއް ކަމަށް ކަނޑައަޅައިފި ނަމަ ހިއުމެނިޓޭރިއަން ވިސާ ދޭނެ،" ހެލްތު މިނިސްޓަރު ގްރެގް ހަންޓް ވިދާޅުވި އެވެ.
އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރު މަރިސޕޭން މާދަމާ ތައިލެންޑަށް ވަޑައިގަންނަވާނެ އެވެ.
ރެފިއުޖީއެއްގެ ދަރަޖަ އާއްމުކޮށް ދޭނީ ގައުމުތަކުގެ ސަރުކާރުންނެވެ. އދ.ގެ ރެފިއުޖީންނާ ބެހޭ އެޖެންސީން ރެފިއުޖީ ހާލަތު ދެނީ އެއްވެސް ގައުމެއްގެ ސަރުކާރުން އެކަން ނުކޮށްދީފި ނަމަ އެވެ.
ތައިލެންޑުގެ އިމިގްރޭޝަން އޮފިޝަލުން އެންމެ ފުރަތަމަ މަސައްކަތް ކުރީ ރަހާފު އަނބުރާ ކުވޭތަށް ފޮނުވާލުމަށެވެ. ނަމަވެސް އަންހެން ކުއްޖާ ފުލުފުލާ ކުރަން ފެށި ޓްވީޓްތަކުން ބައިނަލްއަގުވާމީ ސަމާލުކަން ވަނީ އޭނާ އަށް ލިބިފަ އެވެ.
ރަހާފުގެ އާއިލާ އިން ވަނީ މި މައްސަލާގައި ކޮމެންޓް ކުރަން ދެކޮޅު ހަދައިފަ އެވެ. ނަމަވެސް އެ ކުއްޖާގެ ސަލާމަތާ މެދު ކަންބޮޑުވާ ކަމަށް ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެހެހެ
10 January 2019
މަސައްކަތް ނުކޮށް މިއާ ހަލީފާމެން އެއުޅޭހެން އުޅެން ބޭނުންވާތީ ހުޅަނގަށް އެދަނީ
އައްލާބެއްޔާ
09 January 2019
ދީނީކަންކަން ރަގަޅަށް އިގޭމީހަކު ބުދެދީބަލަ. އިސްލާމްދީން ދޫކޮއްލީމާ ދީނުގައި ކަނޑައެޅިފައިވާ އަދަބު؟؟؟ މީނާގެ ބޮލަށް ޔަހޫދީ ޗިޕް ޖަހާފައި ވާކަމަށް ޔަޤީން!
ޢައްޓަމަސް
09 January 2019
ހުރިހާކަމަކީވެސް އިސްލާމްދީން އޭނަ މުސްލިމެއް ގޮތުގަ ހުރިނަމަ ވިސާކިއްކުރަން މިހާރު ތިހުރިތަނުން ތަޅާބެރުކޮއްފޫސް ނުނީ ޖަލައްގެންގޮސް ޓެރަރިސްޓކައް ހަދާނެ ްްްްްްްްްްްްްްްްްްްްްްްްްްްްްްް އެމީހުން ވަރައްލޯބިވާނެ އެކަހަލަ މުރުތައްދުންދެކެ
ނޫސްވެރިކަން
09 January 2019
ނޫސްވެރިކަން ހުޓާލާފަ މަހައްދާންވީނުން، ދަރަޖަޔޯ
އުޅި
09 January 2019
އެހެން އުޅޭ ކުދިން ނާ މެދު ކަން ބޮޑުވާނެ ކަމެއް ނެތް.
ނަދުރު އަލީ
09 January 2019
މިކުއްޖާގެ ކޮންކުށެއް އޮތީ އެނާގެ މަންމަ އަރަބިޔާއިން ފައިހަލުވަން ބަހުރައިން ހުރަސްކޮސް އަޅާފައިވާ 49 ކިލޯމީޓަރ ބުރިޖުހުރަސްކޮށް ބަހުރައިނުގެ ހޮޓާތަކުގެ ސުވިމްޕޫލުގައި އެތިބެނީ ސަލިގޮތަކަށް އެގޮތުން ލެބަނަންގެ ކުރިސްޓިއަނަކާއި މިމަންޖެ މަންމަ ގަދަޔަށް .... ބައިލޮޖިކަލް އެނގޭނެ އައްމަޔަށް އިނީ އުމުރުން ދުވަސްވެ އެކަމަކު މުއްސަނދި މަހުޖަނަކާއި 3 އަނަބެއް.؟؟؟؟ ދެން ވިސްނާ އަސްލު އެދިޔައީ އަސްލަށް
ާއަމްޒާ
10 January 2019
ކީކޭ ބާ މިކިޔަނީ.އަހަން ގަމާރު ކަމުން ނޭގުނު
މާނަދުރު
10 January 2019
ނަދުރު އަލީ ތިޔާ ކިޔަނީ ކީކޭ؟ ތިކިޔޭ އެއްޗެއް އެނގޭތޭ؟ އަހުންނަކަށް ކަލޭ ތިޔާ ކީ އެއްޗަކުން ވާވަކުން ބޮޅެއްވެސް ނޭނގުނު.
އަބްދުއްالله
09 January 2019
އެއީ ދަރަޖައެއް ނޫން. އެއީ ހާލަތެއް. "ރެފިއުޖީއެއްގެ ހާލަތު"
އެނގުނަސް
11 January 2019
އެއީ ދަރަޖަ. ސްޓެޓަސް. ހާލަތަކީ ސްޓޭޓް ނުވަތަ ސިޗުއޭޝަން. ސްޓެޓަސް އެއް ނޫން.