އީރާނަށް ޖާސޫސް ކުރި ކަމަށް އިޒްރޭލުގެ ކުރީގެ އެނާޖީ މިނިސްޓަރު ވަނީ އެއްބަސްވެފައި. --ފޮޓޯ:ރޮއިޓާސް
10 ޖެނުއަރީ 2019 - 12:02
ތެލް އަވީވް (ޖެނުއަރީ 10) - އީރާނަށް ޖާސޫސް ކޮށްދިން ކަމަށް އިޒްރޭލުގެ ކުރީގެ މިނިސްޓަރަކު އެއްބަސްވެއްޖެ އެވެ.
ޖަސްޓިސް މިނިސްޓްރީން ބުނީ ކުރީގެ އެނާޖީ މިނިސްޓަރު ގޮނެން ސެގެވް ވަނީ އިޒްރޭލުގެ ޖާސޫސީ މައުލޫމާތުތައް އީރާނަށް ފޯރުކޮށްދީފައި ކަމަށް އެއްބަސްވެފައި ކަމަށެވެ. ޖެރޫސަލް ޑިސްޓްރިކްޓް ކޯޓުން އޭނާގެ މައްޗަށް ހުކުމް ކުރާނީ އަންނަ މަހު 11 ވަނަ ދުވަހު އެވެ. ޕްރޮސެކިއުޓަރުން މިހާރު ވަނީ އޭނާގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށް އެއްބަސްވެފަ އެވެ.
އިޒްރޭލުގައި 1995-1996 އަށް އެނާޖީ މިނިސްޓަރުކަން ކުރެއްވި ސެގެވްގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ޖޫން މަހު އެވެ. އޭނާގެ ޝަރީއަތް ކުރިއަށް ގެންގޮސްފައި ވަނީ ސިއްރުންނެވެ. އޭނާގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ އީރާނުގެ އެނާޖީ މާކެޓާއި ސެކިއުރިޓީ ސައިޓްތަކާ ބެހޭ މައުލޫމާތު އީރާނަށް ފޯރުކޮށްދިން ކަމުގެ މައްޗަށެވެ.
ތަހުގީގު ޓީމުން ބުނެފައި ވަނީ ސެގެވް ނައިޖީރިއާގައި އުޅުނު ދުވަސްވަރު ވަނީ އީރާން އެމްބަސީގެ ސްޓާފުންނާ ބައްދަލުކޮށްފައި ކަމަށެވެ. އަދި އޭނާ ވަނީ ދެ ފަހަރަކަށް އީރާނަށް ވަޑައިގެންފައި ކަމަށް ވެސް ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސަނާ
10 January 2019
އީރާނުގެ އެނާޖީ މާކެޓާއި ސެކިއުރިޓީ ސައިޓްތަކާ ބެހޭ މައުލޫމާތު އީރާނަށް ފޯރުކޮށްދިން މިކޔާ އެއްޗެއް އެބަ އެނގޭބާ؟
ކޮސް ކަލޯ
10 January 2019
އަމިއްލައަށް އެކަހަލަ ކަންތައް ހައްލުކޮށްލާ. ނޫސް ލިޔަނީވެސް އިންސާނުން.