ފިލިޕީންސްގެ ދެކުނުގެ މިންޑަނާއޯގައި ހޯމަ ދުވަހު ބޭއްވި އިންތިޚާބުގައި މީހަކު ވޯޓުލުމަށް ފަހު އިނގިލި ދައްކާލަނީ. --ފޮޓޯ:އޭއެފްޕީ
25 ޖެނުއަރީ 2019 - 20:35
މެނީލާ (ޖެނުއަރީ 25) - ފިލިޕީންސްގެ ދެކުނުގެ ހަމަނުޖެހުން ބޮޑު މިންޑަނާއޯ ޖަޒީރާތަކުގައި މުސްލިމުންގެ ބާރު އޮންނަ ގޮތަށް ޚިޔާލު ހޯދުމުގެ ވޯޓުގައި ފާސްކޮށްފި އެވެ.
ހުކުރު ދުވަހު އިއުލާން ކުރި ވޯޓުގެ ނަތީޖާ އަށް ފަހު ކެތޮލިކް އަޣުލަބިއްޔަތު އޮންނަ ގައުމުގެ މޮރޯ އިސްލާމިކް ލިބަރޭޝަން ފްރަންޓް (އެމްއައިއެލްއެފް) އިން ހަތިޔާރު ބެހެއްޓުމަށް ފަހު ސިޔާސީ ގޮތުން ބާރުތަކާ ހަވާލުވުމުގެ މަސައްކަތް ފަށާނެ އެވެ. މިންޑަނާއޯ ޖަޒީރާތަކުގައި 1970 ގެ އަހަރުތަކުން ފެށިގެން ހިންގަން ފެށި ހަމަނުޖެހުންތަކުގައި މިހާތަނަށް ވަނީ 150،000 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ. މުސްލިމުން ދިޔައީ އެ މީހުންގެ އަމިއްލަ ވެރިކަމަކަށް ބާރު އަޅަމުންނެވެ.
އެމްއައިއެލްއެފްގެ ލީޑަރު މުރާދު އިބްރާހިމް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
"ރައްޔިތުން ދިން ތާއީދަށް ވަރަށް ބޮޑަށް އުފާކުރަން،" އެމްއައިއެލްއެފްގެ ލީޑަރު މުރާދު އިބްރާހިމް ވިދާޅުވި އެވެ.
ހޯމަ ދުވަހު ބޭއްވި ވޯޓުގެ ނަތީޖާ ދައްކާ ގޮތުން މިންޑަނާއޯ ޖަޒީރާތަކުގައި މުސްލިމުންގެ ބާރުވެރިކަން އޮންނަން ތާއީދުކޮށް 1.7 މިލިއަން މީހުން ވަނީ ވޯޓު ދީފަ އެވެ. އެކަމާ ދެކޮޅު ހަދާފައި ވަނީ 254،600 މީހުންނެވެ.
ފިލިޕީންސްގެ ދެކުނުގެ މިންޑަނާއޯގައި ހޯމަ ދުވަހު ބޭއްވި އިންތިޚާބުގައި ވޯޓު ދެނީ. --ފޮޓޯ:އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޫހކ
26 January 2019
ތިޔަ ވޯޓް ސައްހަކަމަށް އެމެރިކާއާއި ހޮޅަގުން ބަލައިނުގަންނާނެ.
އިސްމާނީ
26 January 2019
އިބުރާ އާ އާނިޔާ ރުޅި އން ނާނެ މިކަމާ
ޣަފޫރު
25 January 2019
ތިލިބުނީ ވަރަށް ބޮޑު ނަސްރެއް. މަޑުމަޑުން ޕިލިޕީންގައި އެމެރިކާއިން ފަތުރައިގެން އުޅޭ ޖަހާލަތުގެ އަނދިރިކަމަށް ނިމުމެއް އަންނާނެކަމަށް އުންމީދު ކުރަން.
--މުހައްމަދު
25 January 2019
الْحَمْدُ للَّهِ
ދާދޭ
25 January 2019
ޑިމޮކްރަސީއޭ ކިޔަނީ ތިބާވަތުގެ ކަންކަމަށް.
ރަށުސޮރު
25 January 2019
އެތަނުގެ އާބާދީ އަކީ 3.7 މިލިޔަން . ރާއްޖޭގެ އާބާދީގެ 9ގުނަ ..... މުސްލިމުންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ...