ޗައިނާގެ މުސްލިމުންނަށް ތަފާތު އުނދަގޫތައް ދަނީ ކުރިމަތިކުރަމުން. --ފޮޓޯ:ރޮއިޓާސް
08 ފެބުރުއަރީ 2019 - 12:39
ޒިންޖިއާން (ފެބްރުއަރީ 8) - ޗައިނާގައި މިހާރު ފާހަގަކުރަމުންދާ އާ އަހަރުގެ އިހްތިފާލްތަކުގައި ޒިންޖިއާން ސަރަހައްދުގެ މުސްލިމުން އޫރު މަސް ކެއުމަށާއި ރާ ބުއިމަށް މަޖްބޫރު ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އިލީ ކަޒާކް ސަރަހައްދުގައި މުސްލިމުންނަށް ވަނީ އާ އަހަރު ފާހަގަ ކުރުމުގެ އިވެންޓްތަކަށް ދައުވަތު ދީފަ އެވެ. އަދި އެ މީހުން އެ އިވެންޓްތަކުގައި ބައިވެރިނުވާ ނަމަ ޖަލަށް ފޮނުވާނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ. ޖަލަށް ފޮނުވުމުގެ ބަދަލުގައި ޗައިނާ އިން ބޭނުން ކުރާ އިބާރާތަކީ "ރި-އެޑިއުކޭޝަން ކޭމްޕްތަކަށް" ފޮނުވުމެވެ. ޗައިނާގެ މިފަދަ ކޭމްތަކުގައި މިހާރު ވަނީ އުއިގާރު މުސްލިމުންގެ މިލިއަނަކަށް ވުރެ ގިނަ މީހުން ބަންދުކޮށްފަ އެވެ. އެއީ މުސްލިމުން ނަމާދުކޮށް، ތުނބުޅި ބަހައްޓާ އަދި ބުރުގާ އަޅާ އުޅޭތީ އެވެ.
"ޒިންޖިއާންގެ ކަޒަކް ސަރަހައްދުގެ މީހުން ދުވަހަކު ވެސް އޫރު މަހެއް ނުކައި. އެކަމަކު ޗައިނާގެ އާ އަހަރާ ދިމާކޮށް އެ މީހުންނަށް އޫރު މަސް ކާން ދަނީ މަޖްބޫރު ކުރަމުން،" ރޭޑިއޯ ފްރީ އޭޝިއާ އިން ބުނެފައިވެ އެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތައް ކަމަށްވާ ހިއުމަން ރައިޓްސް ވޮޗް އަދި އެމްނެސްޓީ އިނޓަނޭޝަނަލް އިން ވަނީ ޗައިނާގައި މުސްލިމުންނާ މެދު ކަންތައް ކުރާ އިހާނެތިގޮތް ބެލުމަށް އދ.ގެ ހިއުމަން ރައިޓްސް ކައުންސިލަށް ގޮވާލައިފަ އެވެ. އަދި. ގެ ފެކްޓް-ފައިންޑިން މިޝަނެއް ޗައިނާ އަށް ފޮނުވުމަށް ވެސް ވަނީ ގޮވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްލާހު
09 February 2019
މިމީހުން ތައްްޔާރުކުރާ ކާއެއްޗެއްސަށް ވެސް ހުންނާނީ ހަރާމް ތަކެތި ތަޅާފާކަން ކަށަވަރު. ޗައިނާގެ ތަކެތި ރާއްޖެއަށް އެތެރެ ނުކުރަން ސަރުކާރުގައި ދަންނަވަން
މާއޯ
08 February 2019
މިއީ އަދި ކަލްޗަރަލް ރިވޮލިއުޝަނާ ބަލާފަ އެއްޗެއްނޫނެއްނު. ސީ އަދި ވަރަށް މަސައްކަތް ކުރަން އެބަޖެހޭ.
ކަޅުސޮރު
08 February 2019
މިކަމަކީ ހަމަ ޗައިނާގަ ހިނގާ ކަންކަން އެކަމަކު އަސްލެއްވުރެ ބޮޑުކޮން އެމެރިކާ ކޮންޓްރޯލްކުރާ ހުޅަގުގެ މީޑިޔާތަކުން މިކަން ގެނެސްދެނީ...
ފީބޯ
08 February 2019
ޔާމީނު ގުޅުން ބަދަހި ކުރި ޗައިނާއާއި މިޗައިނާ މީހަމަ އެއްޗައިނާތަ؟ ގަބޫލު ކުރަން ދަތި.
ހަބީބު.
08 February 2019
ޔާﷲ ޗައިނާގެ ވެރިންނައް ތެދުމަގު ދައްކަވާށި
ފަގީރު ކޮއެ
08 February 2019
ފަހުގެ ނަސްލު ނައްތާލުން
އީމަން
08 February 2019
ޝީ ޖީން ޕިން ގެ ނާތަހުޒީިބުކަން، މިކަމުން ދޭހަވަނީއެވެ.
އުދުހޭ
08 February 2019
ކޮބާތަ އެބުނާ އެމެރިކާ؟ ކީއްވެތަ މިކަމާ ދެކޮޅަށް ނުތެދުވިގެން މިއުޅެނީ؟ މުސްލިމުންވީމަ ދޯ؟
މަސާނޯ
08 February 2019
މުސްލިމުންގެ ކަންތަކުގަވެސް ތެދުވަންޖެހެނީ މުސްލިމުންގެ ދުޝްމަން އެމެރިކާތަ.. މުސްލިމުންގެ ކަންކަމުގަ އަޑުއުފުލަން ސައޫދީ އަރަބިއްޔާ، ޔޫއޭއީ، ތުރުކީ، ގަތަރު، އިރާގު، ލީބިޔާ، ބަހުރޭން، ޖޯޑަން، ސޫރިޔާ ތަންތަނުން އުޅުމުގެ ބަދަލުގަ މި މީހުން އެކަކު އަނެކަކާ ހަނގުރާމަކޮއް އަވަދިވަނީ.. މިއީ އިސްލާމީ ތާރީޚުގަ މުސްލިމުން ހަގީގަތުގައި ބަލިކަށިވެ ފިނޑިވެފަ އަދި ޣާފިލުކަމުގެ އެންމެ ދަށު ދަރަޖައައް ވެއްޓިފައިވާ ޒަމާން. މިއީ ފަހު ޒަމާނުގެ އަލާމާތް.
ފެތޭ
09 February 2019
ގަމާރު އުދުހޭ ސޮރަށް ނޭގެނީތަ، މިހާރުވެސް ތިކަންކަމަށް މުސްލިމުން ނިދާފަތިއްބަ އިސްނަގަނީ އެމެރިކާއިންކަން،
ޒީނާ
08 February 2019
މުސްލިމުންނާ ދެކޮޅު ފިކުރު ޗައިނާއިން ގެންގުޅޭކަމަށް ހަބަރު ފަތުރަނީ ހުޅަނގުގެ މީޑިޔާތައް
ކޮކީ
08 February 2019
ތިކަން ހަމަޔަކަށްއަޅުވަން ދިވެހިލަޝްކަރެއް އަވަހަށް ތައްޔާރުކުރަންވީ.