ޗައިނާގައި މުސްލިމުންނާ މެދު ދަނީ ވަރަށް އިހާނެތިކޮށް ކަންތައް ކުރަމުން.
10 ފެބުރުއަރީ 2019 - 12:33
އަންކަރާ (ފެބްރުއަރީ 10) - ޗައިނާގައި މުސްލިމުން ގެންގުޅޭ ކޭމްޕްތައް ނުވަތަ ޖަލުތައް ބަންދު ކުރުމަށް ތުރުކީން ގޮވާލައިފި އެވެ.
މުސްލިމުން ބަންދުކުރާ ކޭމްޕްތައް ބަންދުކުރަން ތުރުކީން ގޮވާލީ އުއިގާރު މުސްލިމުންގެ މަޝްހޫރު ލަވަކިޔުންތެރިއެއް ކަމަށްވާ އަބްދުއްރަހީމް ހައިތު ކޭމްޕެއްގައި މަރުވުމާ ގުޅިގެންނެވެ. މުސްލިމުން ބަންދު ކުރަނީ ރި-އެޑިއުކޭޝަން ކޭމްޕްތަކެއްގައި ކަމަށް ޗައިނާ އިން ބުނި ނަމަވެސް އެއީ ޖަލުތަކެކެވެ. އުއިގާރު މުސްލިމުން އެންމެ ގިނައިން އުޅެނީ ހުޅަނގު އުތުރުގެ ޒިންޖިއާން ޕްރޮވިންސްގަ އެވެ. އެ ޕްރޮވިންސްގެ 45 ޕަސެންޓަކީ އުއިގާރު މުސްލިމުންނެވެ. އެ މީހުން ވާހަކަ ދައްކާ ބަސް ތުރުކީ ބަހާ އެއްގޮތެވެ. ޒިންޖިއާން އަކީ ޓިބެޓް ގޮތަށް ޗައިނާއާ ވަކިން އޮންނަ މިނިވަން ސަރަހައްދެކެވެ.
ތުރުކީގެ ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެއް މިލިއަން މުސްލިމުން ޗައިނާގައި ބަންދުކޮށްގެން ގެންގުޅޭ ވާހަކައަކީ ސިއްރެއް ނޫން ކަމަށެވެ. އަދި ޖަލުތަކުގައި މުސްލިމުންނަށް އަނިޔާ ކުރަމުންދާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. ޗައިނާގައި މުސްލިމުން ގެންގުޅޭ ޖަލުތައް ބަންދު ކުރުމަށް ގޮވާލުމުގެ އިތުރުން ތުރުކީން ވަނީ ޖަލުތަކުގައި މުސްލިމުންނަށް ކުރާ އަނިޔާތައް ތަހުގީގު ކުރުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްގެ އަރިހުން އެދިފަ އެވެ.
ޗައިނާ އިން ބުނެފައި ވަނީ ރި-އެޑިއުކޭޝަން ކޭމްޕްތަކުގައި ވޮކޭޝަނަލް ޓްރޭނިން ދޭ ކަމަށެވެ. އަދި ހަރުކަށި ޚިޔާލާ ދުރުވުމަށް ތަމްރީނު ދޭ ކަމަށް ވެސް ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކީކޭ ބުނާނީ
10 February 2019
މިހިރީ ކަންހުރިގޮތް....އެކަމު ދިވެހި މަދު ބައެއްނަމަވެސް ޗައިނާ ވަރެއް ނެތިގެން އުޅެނީ. ބޯހަލާކު
ސޯބު
10 February 2019
އުރުދުގާން ވަރެއްނެތް. ދެންމިއުޅެނީ މުޅިން އެމީހުންގެ ތައްޕާހުގައި އުޅެން ދިމާކޮށްފައިތިބި ވެރިން. އެމީހުންނަކަށް ނުކެރޭނެ އަނގަހުޅުވާލާކަށް.
އިޙްސާސް
10 February 2019
ކޮބާތަ ސަޢުދީ ސަރުކާރު. ފަލަސްތީނުގަ އިޒުރޭލުން ގަތުލުއާންމު ހިންގަނީ ބަސްނާހާ ހިޒްބުﷲ ފަދަ ޖަމާއަތްތަކާ ހެދިޔޭ ބުނަނީ. އަދި އިޒުރޭލުގެ ވަޒަންވެރިންނަށް ފަލަސްޓިނު މީހުން ހުރަސްއަޅާތީއޭ ބުނަނަނީ. ދެން މި ޗައިނާގަ ގައިމު މުސްލިމުންނަށް އެއަނިޔާ ދެނީ ރަލާ އޫރުމަސް ނުކައިގެން. ދެން ކީކޭބާ ސަޢުދީއިން ބުނާނީ.. ޗައިނާގެ މުސްލިމުންނަށް ހެޔޮގޮތް މާތްﷲ މިންވަރުކުރައްވާށި. އާމީން.
ކިއްލިބާޝާ
10 February 2019
ބަވަންވީ ސައުދީއަކަށްނޫން. ބަވަންވީ ޗައިނާއަށް.
ތުއްތުނާ
10 February 2019
މިއުޅޭ ސިހުރު އާރޓް ޕޭޖަށް ފެންނަނީ މުޅިންވެސް އިންޑިޔާ ، އެކަމަކުވެސް ޗައިނާގެ ކަންތައްތައް މިހުރީ ހައްދުފަހަނަޅައި ގޮސްފައި.........
ވަތުބަތާނަ
10 February 2019
ޗައިނާ ލޮބުވެތި މުސްލިމު އަޚުންނާއި އުޚުތުންނަށް ހެއު ރަޙުމަތް ލައްވާށި.