އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ. --ފޮޓޯ:އޭއެފްޕީ
12 ފެބުރުއަރީ 2019 - 15:50
ތެލް އަވީވް (ފެބްރުއަރީ 12) - އީރާނުން އިޒްރޭލަށް ހަމަލާއެއް ދީފި ނަމަ މި އަހަރު ވެގެންދާނީ އީރާނުން އިސްލާމީ އިންގިލާބުގެ ދުވަސް ފާހަގަ ކުރާ ފަހު އަހަރަށް ކަމަށް ވިދާޅުވެ އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އިންޒާރު ދެއްވައިފި އެވެ.
"އީރާނުގެ އިންޒާރުތައް ލުއި ގޮތަކަށް ދޫކޮށެއް ނުލާނަން،" އީރާނުން ފާހަގަ ކުރި 40 ވަނަ އިސްލާމީ އިންގިލާބީ ދުވަހާ ދިމާކޮށް ނަތަންޔާހޫ ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވި އެވެ. "ތެލް އަވީވް އާއި ހައިފާ ނައްތާލަން އެ ގައުމުން އުޅެފި ނަމަ އެއީ ކާމިޔާބުވާނެ ކަމެއް ނޫން."
އެކަމަކު ނަތަންޔާހޫ ވިދާޅުވީ، މިއީ އެފަދަ ހަމަލާއެއް ދީފި ނަމަ އީރާނުން އިސްލާމީ އިންގިލާބުގެ ދުވަސް ފާހަގަ ކުރާ އެންމެ ފަހު އަހަރަށް ވާނެ ކަމަށެވެ.
އީރާނުގެ އިންގިލާބީ ދުވަހާ ދިމާކޮށް ރައީސް ހަސަން ރޫހާނީ ދެއްވި ތަގުރީރުގައި ވަނީ ގައުމުގެ ދުޝްމަނުން ކުރިމަތި ކުރާ އުނދަގޫތަކަށް ޖެހިލުމެއް ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. ޚާއްސަކޮށް އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނަށް ގުޑުމެއް ނާންނާނެ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަޅިބައިސާ
12 February 2019
ކަލޯގަޔާ އަހަރުމެންގެ މާތް ނަބިއްޔާ ސ އ ވ ގެ ޙަދީޘްފުޅުތަކުން ކަށަވަރުވެ ސާބިތުވާ އެއްކަމަކީ ތިއަ ޔަހޫދީން ފަލަސްޠީނުން ނިކުންނަން ޖެހޭނެކަން. މުޅި ދުނިޔެއަށް އިސްލާމްދީން ފެތުރި ބާޠިލް ހުރިހާ ޢަޤީދާތައް ނެތިގެން ދާނެކަން. ޔަހޫދީންވެސް ގަބޫލުކުރޭ އެކަލޭގެފާނުގެ ބަސްފުޅު ދުވަހަކުވެސް ދޮގުނުވާކަން. ހަސަދަވެރިކަމުން ތަބާނުވެ ތިއަ ތިބެނީ. އެހެންވީމަ އީރާނަށް ތިއަދޭ އިންޒާރަކީ ގޮތް ހުސްވެގެންދޭ އިންޒާރުތަކެއް.
ރަދީފް
12 February 2019
ސާބަހޭ އިރާން.ނަތަންޔާހޫ ކަލޭގެ ޓާމް ނިމި ވެރިކަމަށް ލިކުޑް ޕާޓީން އެހެންމީހަކު ހޮވާނެ.އިރާނާއި ބެހެން އިޒްރޭލުން އުޅެފިނަމަ އެއީ ގާތްގަނޑަކަށް ޕެޓްރޯލް ތާނގީއަކަށް އަނގުރު އަލިފާން އަޅަން އުޅުންކަހަލަ ކަމެއް.އެހެންވީމަ ނަތަންޔާހޫ ވެސް ސައިޒްގަ ހުރުން ބުއްދިވެރި.ތެލް އަވީވް އަދި ހައިފާއޭ ކިޔާއިރު ބައެއްގެ ބިންތަކަށް ވެރިވެގަނެގެން ހުންނަން ލަދެއްވެސް ނުގަނޭތަ؟؟
އެއްކަލަ މީދާ
12 February 2019
ތަޔަ މެސެޖް ނަތަންޔާހޫއަށް ފޮނުވަދޭނަން.
ފަރީދް
13 February 2019
ނަތަންޔާހޫއަށް ތިމެސެޖް ރައްދުކޮށްފިން. އޭނާބުނީ އެބަފޮނުވަމޭ ހަދިޔާއަކަށް މިސައިލެއް.