ޝަމީމާ ބޭގަމް އާއި އޭނާގެ ކުޑަ ދަރިފުޅު.
23 ފެބުރުއަރީ 2019 - 12:39
ލަންޑަން (ފެބްރުއަރީ 23) - އިނގިރޭސި ވިލާތުގެ ރައްޔިތެއްގެ ގޮތުގައި ހުރެ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅެން ސީރިއާ އަށް 2015 ވަނަ އަހަރު ދިޔަ ޝަމީމާ ބޭގަމްގެ ރައްވެހިކަން އުވާލުމުން އޭނާގެ ގައުމެއް މިހާރަކު ނެތެވެ.
ބަންގްލަދޭޝްގެ އާއިލާއަކަށް ނިސްބަތްވި ނަމަވެސް އޭނާ އުޅެ ބޮޑުވީ ލަންޑަނުގަ އެވެ. ބަންގްލަދޭޝް އިން ވެސް ބުނެފައި ވަނީ އެއީ ދުވަހަކު ވެސް އެ ގައުމަށް ދިޔަ ކުއްޖެއް ނޫން ކަމަށާއި އެހެންވެ ރައްވެހިކަން ނުދޭނެ ކަމަށެވެ.
އައިއެސްއާ ގުޅެން ސީރިއާ އަށް ބޭގަމް ދިޔައީ އުމުރުން 15 އަހަރުގަ އެވެ. އުމުރުން މިހާރު 19 އަހަރުގެ ބޭގަމް މިދިޔަ ހަފުތާގައި ވަނީ ސީރިއާގެ ކޭމްޕެއްގައި ވިހައިފަ އެވެ. މިއީ އޭނާގެ ތިން ވަނަ ދަރިފުޅެވެ. ކުރިން ލިބުނު ދެ ކުދިން ވަނީ މަރުވެފަ އެވެ. އޭނާ މިހާރު ބޭނުން ވަނީ އިނގިރޭސި ވިލާތަށް އެނބުރި ދާށެވެ.
"އަހަރެންގެ އޮތީ އެންމެ ރައްވެހިކަމެއް. އެކަން އަހަރެންގެ ކިބައިން ނިގުޅައިގެންފި ނަމަ އަހަރެން ދާނެ ގައުމެއް ނޯންނާނެ،" ރެފިއުޖީ ކޭމްޕުގައި ބީބީސީއާ ވާހަކަ ދައްކަމުން ބޭގަމް ބުންޏެވެ.
ޝަމީމާ ބޭގަމް އައިއެސްއާ ގުޅެން ދިޔަ އިރު އޭނާގެ އުމުރަކީ 15 އަހަރު. --ފޮޓޯ:ޕީއޭ
ޕާލަމެންޓުގައި ވާހަކަ ދައްކަވަމުން އިނގިރޭސި ދާޚިލީ ވަޒީރު ސާޖިދު ޖާވިދު ވިދާޅުވީ މީހެއްގެ ކިބައިން ރައްވެހިކަން ނެގުމަކީ ކުޑަ ކަމެއް ނޫން ކަމަށާއި އެފަދަ މީހަކަށް އިނގިރޭސި ވިލާތަށް ދެން އަނބުރާ ނާދެވޭނެ ކަމަށެވެ.
ބޭގަމްގެ ފިރިމީހާ އަކީ ބެލެވޭ ގޮތުގައި އައިއެސްއާ ގުޅުނު ނެދަލޭންޑްސް މީހެކެވެ. އޭނާ މިހާރު ވަނީ ސީރިއާގައި ހަރަކާތްތެރިވާ ކުރުދީން ހައްޔަރުކޮށްފަ އެވެ. ބޭގަމް ބުނެފައި ވަނީ ނެދަލޭންޑްސްގެ ޖަލަކަށް އޭނާގެ ފިރިމީހާ ފޮނުވާލައިފި ނަމަ އެ ގައުމަށް ދިރިއުޅުން ބަދަލު ކުރެވޭތޯ ބަލާނެ ކަމަށެވެ.
ސީރިއާގައި އައިއެސްގެ މަދު ހަނގުރާމަވެރިންތަކެއް ތިބި ބާޣޫޒް މިހާރު ވަނީ އެމެރިކާ ސިފައިންގެ މަދަދު ލިބޭ ކުރުދީ ސިފައިންގެ ބާރުގެ ދަށަށް ގެނައުމުގެ މަގުމަތީގަ އެވެ. ބޭގަމް ވެސް އެ ޓައުނުން ނުކުތީ މީގެ ދެ ހަފުތާ ކުރިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދޫ
24 February 2019
އޭނާ ކުރީ ގޯސްކަމެއް އޭނާ އަށް ވާޖިބު ކަމެއްވެސް ނޫން. ނަމވެސް ހެޔޮ ނުބައި ވިސްނި ރަނގަޅު މަގަށް ރުޖޫއުވުމުން އެމީހަސކު ވާހުށީ ކުށް ނުކުރާ މީހަކާ އެއްފަދަވެފާ ކުށުން އެކަހެރިވެ ތައުބާ ވާފަރާތްތަކަށް މާތްﷲ ގެ ތައުބާލިބި ސާފު ތާހިރު ވެވޭއިރު އިންސާނުންގެ ފަރާތުން މައާފް ނުލިބެންވީ ކީއްވެ .؟ވީމާ އިންސާނިއްޔަތަށްޓަކާ ސަމީމާ ބޭގަމް އާއި އެމެރިކާގެ އަންހެން ކުއްޖާ ގެ ރަށްވެހިކަން އިސްލާމީ ގައުމަކުން ބަލއިގަންނަން ޖެހޭނެ މިހާރުއެމީހުންށް އަޅާލަން ޖެހޭ
ވިލްސް
24 February 2019
ތި މީހާ އާއި ދޭތެރޭ ދެރައެއްނުވަން. އެކަމަމު ތި މައުސޫމް ދަރިފުޅަށްޓަކާ ހިތާމަ ކުރަން. އެ ކުޑަ ކުޑަ މައުސޫމް ދަރިފުޅަށް ކޮންމެވެސް ބަޔަކު އެހީވާން ޖެހޭނެ. ﷲ އެ ދަރިފުޅަށް ރަހުމަތް ލައްވާށި
ކޮބާ
24 February 2019
އެހެންވީމަ ހައްދުފަހަނާ އަޅާ ނުދާންވީ.
އައުޝަން
23 February 2019
އެ ކުޑަ ތުއްތު ކުޖާ މީނާގެ ކިބައިން ސަލާމަތްކޮއް ރަނގަޅު އާއިލައަކާއި ހަވާލު ކުރަންޖެހޭ.. އެކަމަކު މީނަ ހަމަ އެންމެ ރަނގަޅުވާނީ އަނެއްކާވެސް ސީރިޔާއައް ފޮނުވާލީމަ.
ސަޔާފަ
23 February 2019
ކަފަރުންނާއި ހަނގުރާމަ ކުރަން ގޮއްސަ އައިސް އަނެއްކާ ކާފަރުންގެ ގައުމުތަކުގައި ދިރިއުޅުމުގެ ވިސްނުން މިމީހުން މިގެންނަނީ ކޮން ބުއްދިއަކުންތޯ ހިތައް އަރާ..
އަލީ އަހުމަދު
24 February 2019
15 އަހަރުގަ ދިޔައީ، ވަރަށް ޅަ ދެއްތޯ. ކޮންމެސްމީހަކު ފިކުރާ ކުޅެލީކަމަށްވާނީ، ނަސޭހަތް ދިނުން އޭގައި އޮންނަ ގޮތަކީ، ގައުމަށް ނުވެއްދުމެއްނޫން.
ދެބޯގެރި
24 February 2019
ހަމަހޭގަ ތޯ ތިހުންނެވީ ބަލަގަ ހަމަ ޖާހިލް ކަމުން ނޫން ތަ، ތިމާޔާ ގުޅުމެއްނެތް ބޭކާރު ހަނގުރާމަޔަކަށް ދާނީ ދެން އެވަރު މީހަކު ކޮއްފަ ނުކުރާނެ ކަމެއް އޮންނާނެތަ؟
ޔޫއެން
23 February 2019
ކޮބާ ތަ ޔޫއެއްނުން ހިމާޔަތް ދޭ ބައިގަނޑު. އެމުނެސްޓީ އާ އަނެކެއްޗަކާ. މުސްލިމުން ނަށް ބާރު ލިބޭ ދުވަހު ޔޫއެން އާއި އެބައިގަނޑަށް މީގެ ބަދަލު ހިތިގޮތަކަށް ދައްކަވާށި.
ލަމް
23 February 2019
ޔޫއެން އިން ޓެރަރިސްޓުންނަކަށް ހިމާޔަތް ނުދޭ. މޮޔަ ނުގޮވާ
ރަދީފް
23 February 2019
އައިއެސްއާއި ގުޅުމުން ގައުމެއް ނެތް.މުރުތައްދުވުމުން ހިމާޔަތްދޭނެ / ބަލައިގަންނާނެ ގައުމުތައް ބައިވަރު.ވަޓް އަ ޖޯކް.
ރޯނުގުއި
23 February 2019
މުސްލިމް ގައުމެއް ފުނޑި އެތައް ހާސް މުސްލިމުން މަރުވެއްޖެ އަދި އެތައް މިލިޔަން މީހުން ގެދޮރު ނެތި ނުކުޅެދޭ މީހުންނަށް ނޫނީ ރެފިއުޖީންނަށްވެ ނިކަމެތިވެއްޖެ މިމީހުންތަށް އެތަނަށްގޮސް އެތާގެ ސަރުކާރު ވައްޓަން ހަނގުރާމަކުރުމުން. ހުރިހާ ފައިދާއެއް އިޒްރާއީލަށާ އެމެރިކާއަށް. ދެން އެމީހުން ދިމާކުރާނީ އީރާނަށް މިހާލު ޖައްސަން. އޭރުންވެސް އެކަމަށް ވާގިދޭން ތިބޭނެ މިކަހަލަ މުސްލިމުން.
ހަސަނު
23 February 2019
އޭނަ އެހެރީ އޭނަ ދާން ބޭނުންވި ގައުމުގަ.. ސީރިއާގެ ރައްވެއްސަކަށް ވީމާ ނިމުނީ....
ދެރަ
23 February 2019
ތިޔަކުއްޖާ މުސްލިމަކަށް ނުވާނަމަ މިހާރު އދ ގެ ހިާޔަތް ލިބޭނެ. ދެރަ