އޯއައިސީގެ ބައްދަލުވުމުގައި ސްވަރާޖް ތަގްރީރު ކުރައްވަނީ. --ފޮޓޯ:އެންޑީޓީވީ
03 މާޗް 2019 - 16:00
ދުބާއީ (މާޗް 3) - ޖައްމޫ އެންޑް ކަޝްމީރަކީ އިންޑިއާގެ ތަނެއް ކަމަށާއި އެހެންވެ ކަޝްމީރުގެ މައްސަލަ ވާނީ އިންޑިއާގެ ދާޚިލީ ކަމަކަށް ކަމަށް އެ ގައުމުން ބުނެފި އެވެ.
އިންޑިއާ އިން މިހެން ބުނެފައި ވަނީ ދުބާއީގައި ކުރިއަށް ދިޔަ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކަންޓްރީޒް (އޯއައިސީ) ގެ ސަމިޓުގައި އިންޑިއާއާ ދެކޮޅަށް ފާސްކުރި ގަރާރާ ގުޅިގެންނެވެ. ކަޝްމީރާ ގުޅޭ ގޮތުން ފާސްކުރި އެ ގަރާރުގައި ކަޝްމީރުގެ ކުށެއް ނެތް ރައްޔިތުންނާ މެދު އިންޑިއާ އިން ކަންތައް ކުރާ ބޭއިންސާފު ގޮތް ކުށްވެރިކޮށްފައިވެ އެވެ. އަދި އިންޑިއާގެ ޕައިލެޓް އަބިނާންދަން ވާތަމަން ދޫކޮށްލުމުން ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން އަށް ވަނީ ތައުރީފް ކޮށްފަ އެވެ.
ފަންސާސް ހަތް ގައުމު ހިމެނޭ ޖަމާއަތުގެ ބަޔާނަށް ރައްދު ދެމުން އިންޑިއާ އިން ބުނެފައި ވަނީ ކަޝްމީރަކީ އިންޑިއާއާ ވަކިނުކުރެވޭނެ ތަނެއް ކަމަށާއި ކަޝްމީރުގެ ކޮންމެ މައްސަލައެއް ވާނީ އިންޑިއާގެ އެތެރޭގެ ކަމަކަށް ކަމަށެވެ.
މި ފަހަރުގެ އޯއައިސީ ސަމިޓަށް އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖަށް ވަނީ ޚާއްސަ މެހެމާނެއްގެ ގޮތުން ދައުވަތުދީފަ އެވެ. ސަމިޓުގައި ސްވަރާޖް ހުކުރު ދުވަހު ދެއްވި ތަގްރީރުގައި ވަނީ ޓެރަރިޒަމާ ދެކޮޅަށް އެންމެން އަތުގުޅާލުމަށް ގޮވާލައްވައިފަ އެވެ.
"އިންސާނިއްޔަތު ސަލާމަތް ކުުރަން ބޭނުން ނަމަ، ޓެރަރިސްޓުންނަށް ހިޔާވަހިކަންދީ، ފަންޑް ކުރާ ގައުމުތަކަށް ގޮވާލަން ޖެހޭ ޓެރަރިސްޓުންގެ ކޭމްޕްތައް ނައްތާލުމަށް،" ޕާކިސްތާނުގެ ނަން ވިދާޅު ނުވެ ސްވަރާޖުގެ 17 މިނިޓުގެ ތަގްރީރުގައި ވިދާޅުވި އެވެ.
ސްވަރާޖަށް ދައުވަތު ދީފައިވާތީ ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހް މަހްމޫދު ގުރޭޝީ ވަނީ އޯއައިސީ ސަމިޓް ބޮއިކޮޓް ކުރައްވައިފަ އެވެ. ގުރޭޝީގެ ބަދަލުގައި ޕާކިސްތާނުން ސަމިޓަށް ފޮނުވީ ޖޫނިއާ އޮފިޝަލުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮން ބަބުރު ސޮރު
05 March 2019
މިވެސް އިންޑިއާ، އަދި ދެއަރޮ ބެކަ ޔަރޮޑު ލަންކާ، ނޭޕާލް، ބޫޓާން، ބަންގާޅު، އަފޮޢާނިސްތާން އަދި ޕާކިސްތާންވެސް އެކަމަކު މިތަނުގައި ބަޔަކަށްވާ މީހުނާ ބެހުނީމަަ ތަޅާ ސައިޒަށް ތިރިކޮއްލާ. ހީހީ ހަލާކު...
ޕުޝްޕާ
04 March 2019
ދާޚިލީ ކަންކަމާ ބެހުނީމަ ކަމަކުނުދޭދޯ.... ދެން ކީއްވެ ރާއްޖޭގެ ދާޚިލީ ކަންކަމާ ބެހެނީ... އަނެއްކާ ރާއްޖެއަކީވެސް އިންޑިޔާގެ ބައެއްކަމަށް ދެކޭތީތަ؟؟
2ޑީއެން އޭ ގުޅުނީ
05 March 2019
އިންޑިއާގެ ވަބާއިން މިސަރަހައްދު ސަލާމަތް ކިރައްވާށި އާމީން.
ޗިއްލޫ
04 March 2019
އެކަމަކު އިންޑިޔާމީހުންނަކަށް އެހެންމީހުންގެ ދާހިލީ ކަންކަމާނުބެހެވި ނުތިބޭ!!!
ރަދީފް
03 March 2019
ކަޝްމީރު އެއީ އަސްލު ޕާކްގެ ބައެއް.1845ގަ ބްރިޓިޝް އީސްޓް އިންޑިޔާ ކޮމްޕެނީން ބައެއް ބިންތައް އޭރުގެ ހިންދޫ ޑޮގްރާ ރާޖާ ގުލާބަށް ވިއްކާލީ.އަދި ޝަރުތު ކުރީ އިނގިރޭސީންގެ ބާރާއި މެދު ދޮކޮޅުވެރިނުވުމަށް.މިބުނި ބިންތަކުގެ ތެރޭގަ ކަޝްމީރު ހިމެނޭ.އިންޑިޔާ ޕާކިސްތާން އުފެދުމުގެ ކުރިން ވެސް މުސްލިމުން ކަޝްމީރުގެ މިނިވަންކަމަށް މަސައްކަތްކުރި.މިދިމާވެފައިވާ ހުރިހާ ކަމެއްގެ ހަގީގީ ޒިންމާ ނަގަންޖެހޭނީ އިނގިރޭސީން.އަޅުވެތިކަމުގެ ހިތިރަހަ އަދި ވެސް ނުފިލާ.
ބޭބެ
03 March 2019
ހިތިރަހަ ފިލާނީ ކިހިނެތް. ކޮމަންވެލްތުގެ ނަމުގަ އެއޮތް ޖަމާޢަތާވެސް ގުޅުނީތާ އަނެއްކާ.. އެއީ ކޮންބައެއްކަން އެނގި އެނގި ތިބެ.