ބޮމުގެ ހަމަލާ ރޭވި ތަނުން ހޯދި އައިއެސްގެ ދިދައެއް ސިފައިން ދައްކާލަނީ. --ފޮޓޯ:އޭއެފްޕީ
29 އެޕްރީލް 2019 - 16:15
ކޮލަމްބޯ (އެޕްރީލް 29) - މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ސްރީ ލަންކާގައި ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާއާ ގުޅުން ހުރި ގިނަ އަދަދެއްގެ ޓެރަރިސްޓުން ވަނީ މަރާލާފައި ނުވަތަ ހައްޔަރުކޮށްފައި ކަމަށް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.
ރަނިލް ވިދާޅުވީ އާދައިގެ ހާލަތަކަށް ބަދަލުވުމަށް ލަންކާ މިހާރު އޮތީ ތައްޔާރަށް ކަމަށެވެ. ނަމަވެސް ބޮމުގެ ހަމަލާތަކާ ގުޅިގެން ލަންކާގައި މިހާރު ވެސް ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ. ސަލާމަތީ ފަރާތްތަކަށް ލިބިދީފައިވާ ބާރުގެ ދަށުން ތަންތަން ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނީ މިހާތަނަށް 150 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ރަނިލް ވިދާޅުވީ ޓެރަރިޒަމާ ދެކޮޅަށް ހަރުކަށި ގާނޫނުތަކެއް ފާސްކުރާނެ ކަމަށެވެ. ބޭރުން ގެނެސްފައިވާ، ގަވާއިދާޚިލާފަށް ލަންކާގައި އުޅޭ ދީނީ ޓީޗަރުން އަނބުރާ ފޮނުވާލާނެ ކަމަށް ވިދާޅުވި އެވެ.
ރަނިލް ވިދާޅުވީ އީސްޓާ ސަންޑޭގައި ބޮމުގެ ހަމަލާތައް ދިނީ ކުޑަ ގްރޫޕަކުން ކަމަށް ވިޔަސް އެއީ ވަރަށް އިންތިޒާމްކޮށްގެން ދިން ހަމަލާއެއް ކަމަށެވެ.
"ހަމަލާ ދިން އެންމެންހެން ވަނީ މަރުވެފައި. އަދި އެ ހަމަލާއާ ގުޅުން ހުރި ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފައި. ގައުމު މިހާރު އޮތީ އާދައިގެ ހާލަތަކަށް ދާން ތައްޔާރުވެފައި،" ރަނިލް ނެރުއްވި ބަޔާނުގައި ވިދާޅުވި އެވެ.
ރަނިލް ވިދާޅުވީ ބޮމުގެ ހަމަލާދޭން ތައްޔާރަށް ތިބި އިތުރު މީހުން ވެސް ވަނީ ސިފައިންނާ އެކު ހިންގި ކުރިމަތިލުންތަކުގައި މަރުވެފައި ކަމަށެވެ. ހަމަލާއާ ގުޅުން ހުރި މީހުން އުޅޭ ކަމަށް ބެލެވޭ ތަނެއް ޗެކް ކުރަން ސަލާމަތީ ފަރާތްތަކުން ހޮނިހިރު ދުވަހު ދިއުމުން ހިންގި ކުރިމަތިލުންތަކެއްގައި ވަނީ 15 މީހުން މަރުވެފަ އެވެ.
"ޓެރަރިޒަމް ވަގުތުން ހުއްޓުވަން ޖެހޭ. އެކަމަށްޓަކައި ހަރުކަށި ގާނޫނުތައް ފާސްކުރާނަން. ވިސާ ނެތި އުޅޭ ބޭރުގެ ޓީޗަރުން ވެސް އެބައުޅޭ. މުސްލިމް ރިލިޖަސް އެފެއާޒް މިނިސްޓްރީއާ ވާހަކަ ދެއްކުމަށް ފަހު އެ އެންމެން ފޮނުވާލާނަން،" ރަނިލް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
30 April 2019
ހެހެހހެެ.އެކޮޅުކޮޅުން ދިދަ ދައްކާލެވޭއިރުވެސް ނޭނގުނު ދޯ.ލޮލް
ނެގުނުކަތީބު
30 April 2019
މައްސަލައަކީކަންކަމުގެ ދެކޮޅު ނުބަލައި ޖާހިލުކަމާއި ނޭއްގާނީކަމުން ހިންގާ ޢަމަލުތަކުގެ ސަބަބުން ކުށެއްނެތް މަޢުޞޫމުންނަށް ތުރާވެ، މާތް ﷲ ގެ އިސްމުފުޅާއި އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާގެ ނަންފުޅަށް ބޭ އިޙްތިރާމް ކުރާތީ.
ގުދުގުދާ
29 April 2019
ހުސްބުހުތާންދޮގު! ޖާނުން ފިދާވި މީހުންގެ ޢާއިލާ އެއްކޮއް ބަޑިޖަހާ ލަންކާ ސިފައިން މަރާލުމަށްފަހު އެމީހުންގައިގައި ބޮންބަދެ ގޮއްވާލާފައިވަނީ! މިއީ ޓައގަރުންގެ ވެރިޔާގެ ޢާއިލާއަށް ވެސް ލަންކާ ސިފައިން ހެދިގޮތް ކުޑަކުދިންނާ އަންހެނުން ހިމެނޭ ގޮތައް ބޮޑު ގަތުލް ޢާއްމެއް ހިންގާފައިވަނީ!
އަބޫ މަކުނު
29 April 2019
ދެން އަހަރުންނަށް ކޮން ބަލާއެއް
ހުސީނާ
29 April 2019
ލަންކާއިން އެހެން ހަދާނެކަން އެނގިތިބެ ކީއްކުރަން ކުފުރުމަރަކުން މަރުވެ ކުށެއްނެތް ބަޔަކަށް ހަމަލާދޭންވީ. 300 މީހުންމެރިބަޔަކަށް ނާއިންސާފުން ކަމެއް މެދުވެރިވިޔަސް ހަމްދަރުދުވާ މީހުން މަދުވާނެ.
އަބޫ މަނިކުގެ ބަފާ
29 April 2019
ދޮގެއްވާ ނޫން..
ބޮޑުދޮގޯ
30 April 2019
ފުލުހުން މަރުވީ ވެސް އަމިއްލަ ގައިގައި ބޮން ބަނދެގެން ދޯ!
އަހުމަދުބޭ
30 April 2019
އެއީ ހަމަ ހަދަންޖެހޭގޮތް، އެހެން ނޫނީ ހަމަ އަނެއްކާ އެފަދަ އެހެން ބަޔަކު ނެރެ އެއަށްވުރެ ބޮޑެތި ގެއްލުން ދޭނެ، ޓައގަރުންގެ ވެރިޔާގެ ޢާއިލާއަށް އެހެން ހެދިކަމުން މިވޭތުވެދިޔަ ދުވަސްތަކުގައި ލަންކާ ރައްޔިތުން ތަންކޮޅެއް މިނިވަންކޮއް އެއުޅުނީ
އަބޫ މަކުނު
29 April 2019
ބަރާބަރު. މަރުވުން އެންމެ ސަޅީ. ހައްޔަރުކުރެވުނަސް ގެންގޮސް މަރާލާބަލަ