އިންޑިއާގެ ބޮޑު ވަޒީރު މޯދީ ކެމްޕޭނުގައި. --ފޮޓޯ:ގެޓީ އިމޭޖަސް
09 މެއި 2019 - 14:15
ނިއު ދިއްލީ (މެއި 9) - އިންޑިއާގެ އާއްމު އިންތިޚާބުގެ ކެމްޕޭނުގައި ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ބަހުގެ ހަމަލާތައް ކުރީގެ ބޮޑު ވަޒީރު ރަޖީވް ގާނދީ އަށް އަމާޒު ކުރައްވައިފި އެވެ.
އިންތިޚާބުގައި މޯދީގެ ވާދަވެރި ކެންޑިޑޭޓް ކޮންގްރެސްގެ ލީޑަރު ރާހުލް ގާނދީގެ ބައްޕާފުޅަށް އިޝާރާތް ކުރައްވައި ބޮޑު ވަޒީރު މޯދީ ވިދާޅުވީ ރަޖީވް ގާނދީ ވަނީ އިންޑިއާގެ މަތިންދާ ބޯޓު އުފުލާ މަނަވަރެއްގައި އާއިލީ ޗުއްޓީއެއް ހޭދަކުރައްވާފައި ކަމަށެވެ. މޯދީ ތުހުމަތު ކުރެއްވި ގޮތުގައި ބޯޑަރު ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުން ދިޔަ މަނަވަރު އޮތް ތަނުން ނަގައި ރަޖީވް ގާނދީގެ އާއިލާގެ ޗުއްޓީ ހޭދަކުރުމަށް އެހެން ސަރަހައްދަކަށް އެ މަނަވަރު ގެންގޮސްފައިވާ ކަމަށެވެ. އަދި 1980 ގެ އަހަރުތަކުގައި ޖަޒީރާއަކަށް މަނަވަރު ގެންގޮސް ރަޖީވް ގާނދީގެ އާއިލާ އިން 10 ދުވަސް ޗުއްޓީ ހޭދަކުރެއްވި އިރު ބޮޑީގާޑުންގެ ގޮތުގައި ބޭނުންކޮށްފައި ވަނީ މަނަވަރުގެ އޮފިސަރުން ކަމަށް މޯދީ ވިދާޅުވި އެވެ.
މޯދީގެ ތުހުމަތާ ގުޅޭ ގޮތުން ގާނދީގެ އާއިލާ އިން ރައްދުދީފައެއް ނުވެ އެވެ.
މިއީ ރަޖީވް ގާނދީއާ ގުޅޭ ގޮތުން މި ހަފުތާގައި މޯދީ ކޮމެންޓްކުރި ދެ ވަނަ ފަހަރެވެ. މި ހަފުތާ ކުރީކޮޅު މޯދީ ވިދާޅުވެފައި ވަނީ ރަޖީވް ގާނދީ އަވަހާރަވި އިރު އެއީ އިންޑިއާގައި ހުރި އެންމެ ކޮރަޕްޓް މީހާ ކަމަށެވެ.
ރަޖީވް ގާނދީ 1991 ވަނަ އަހަރު އަވަހާރަކޮށްލީ ކެމްޕޭން ރެލީއެއްގައި އުޅުއްވަނިކޮށް ދިން އަމިއްލަ އަށް މަރުވުމުގެ ހަމަލާއެއްގަ އެވެ.
މޯދީގެ ވާހަކަތަކަށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރިޟް
10 May 2019
މޯދީ ނުހޮވޭނެ މިފަހަރު މަރުވެފައި ތިބޭ މީހުންގެ ވާހަކަ ދައްކާނީ ގޮތް ހުސްވީމަ
ގެރި ބައްޕަ
09 May 2019
ކެންޑިޑޭޓް ބަހައްޓާފައި ކެންޑިޑޭޓްގެ މަރުވެފައިވާ ބައްޕަ އާ ބެހުމަކީ ކޮންޒާތެއްގެ އެންޑި ކެމްޕޭނެއް ބާއެވެ.މިއީ އެއްމެ ބޮޑަށް މީހާގެ ގޮތް ހުސްވުމުން ކުރާ ޒާތުގެ ކަން ކަމެވެ.
ބޮލްބޮޑޭ
09 May 2019
މިވެސް ޑިމޮކުރެސީ ދެން ބުނާނެ ތާޑް ވޯޑް ޑާޓީ ޕޮލިޓްކްސް އޭ. މިތިބަ މިތިބަ މަންޒަރާއި ވާހަކަ ކަޅުބިލަމަސްކާ ދިވެހިން ކޮޕީ ކުރާތީއޭ ގޯސްވަނީ.
ހަސަން ނުވަވަނަ
09 May 2019
ތީނަ ތިހިރަ އެއްވުމުގެ ތެރޭގަ ހުންނާނެ ވަސް މަހިތަށް މިއަރަނީ