ހާދިސާ ހިނގާފައި ވަނީ ޔޫއޭއީގެ ފުޖައިރާ ބަނދަރާ ކައިރީގައި. --ފޮޓޯ:ގެޓީ އިމޭޖަސް
13 މެއި 2019 - 14:37
ރިޔާޒް (މެއި 13) - ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ބޭރުން ކަނޑުގެ ސަރަހައްދުގައި ދިން "ހަމަލާ"ގެ އަމާޒަކީ ސައުދީ އަރަބިއާގެ ދެ ތެޔޮ ޓޭންކަރު ކަމަށް އެ ގައުމުގެ އެނާޖީ މިނިސްޓަރު ޚާލިދު އަލް ފާލިހް ވިދާޅުވެއްޖެ އެވެ.
އަލް ފުޖައިރާ ބަނދަރާ ކައިރީގައި ހިނގި ހާދިސާގައި ސައުދީގެ އުޅަނދުތަކަށް ބޮޑު ގެއްލުމެއް ލިބުނު ކަމަށް އަލް ފާލިހް ވިދާޅުވި އެވެ. ޔޫއޭއީ އިން ބުނެފައި ވަނީ އެކި ގައުމުތަކުގެ ހަތަރު އުޅަނދަކަށް ގެއްލުން ލިބުނު ކަމަށެވެ. އެ ހާދިސާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ. އަދި އެ ހާދިސާ ހިނގި ގޮތުގެ ތަފްސީލްތައް ވެސް ހާމަކޮށްފައެއް ނުވެ އެވެ. ފުޖައިރާ ބަނދަރުގައި އެއްޗެއް ގޮވި ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެފައިވެ އެވެ.
އީރާނުން ބުނެފައި ވަނީ މިއީ ވަރަށް ހިތާމަހުރި ކަމެއް ކަމަށާއި އެ ހާދިސާ ރަނގަޅަށް ތަހުގީގު ކުރަން ޖެހޭނެ ކަމަށެވެ. ސައުދީގެ ޓޭންކަރުތަކަކަށް ގަލްފުގައި ގެއްލުން ލިބިފައިވާ ކަމަށް ބުނެފައި ވަނީ އެ ސަރަހައްދުގެ މަޝްރަހު ހޫނުވެފައި ވަނިކޮށެވެ.
އެމެރިކާ އިން ވަނީ މަތިންދާ ބޯޓު އުފުލާ މަނަވަރަކާއި ހަނގުރާމަ މަތީ އުޅަނދުތައް ގަލްފަށް ފޮނުވަން ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޙުމަދު
14 May 2019
ތިވާނީ ސީދާ އިސްރާއީލްގެ ޢުދުވާނަކަށް. އެމީުންބޭނުންވަނީ އެމެރިކާލައްވާ އިރާން ފުނޑުކޮށްލަން. މައްސަލައަކީ ޢަރަބި އިސްލާމީ ގައުމުތަކުގެ ވެރިން މިވެރިން ޖަހާހާ މަޅިޔެއްގައި ޖެހޭތީ.
ޥިސްނާ
13 May 2019
މިއީ އަސްލު ދުނިޔެ ނިމުމަކީ.. ގިޔާމަތް ކައިރި ވުމުގެ އަލާމާތަކީ.. “އެދުވަހަކުން މުސްލިމުންގެ އަދަދު ވެސް ގިނަވާނެ ނަމަވެސް އެމީހުންގެ އާރެއް ބާރެއް ނޮއޮންނާނެ!!! ޢެމީހުން ވަނީ އެމީހުންގެ ދީންވެސް ޔަހޫދީންއަށް ވިއްކާލާފައި..”
ޖުހާ
13 May 2019
އެމެރިކާ މީހުން މިކުޅޭ ގޭމުނޭގޭ ވަރުގެ ގަމާރުން ތަކެއްތަ އިސްލާމީ ގައުމުތަކުގެ ވެރިންނަށް ތިބީ. ފަހަތަކު ގައުމެއް ތަޅާ ސުންނާފަތި ކުރަމުން ދާއިރުވެސް ކުޑަމިނުން ބަހެއް ބުނެލަން ވެސް ކެރެނީ މަދުވެރިޔަކަށް.
ދެކެ ދެކެ ދެކެ
14 May 2019
އެބަސްބުނާމީހާ އޮންނާނީ ދަންޖައްސާ މަރާލާފާ.
ފޯލްސް ފްލެގް
13 May 2019
އެމެރިކާގެ މަނަވަރުތައް އެތާ ތިއްބާ އީރާނުން މޮޔަވެގެން ނޫނީ މިކަހަލަ ކަމެއް ނުކުރާނެ. މިވަގުތު ތިކަން ކުރާނީ އިޒްރާއީލް، އެމެރިކާ ނޫނީ ސައުދީއިން އަމިއްލަޔަށް. ހަނގުރާމަ ފަށަން ރޮކެޓް ޖަހަނީ.
ކޮރަލް
13 May 2019
އެމެރިކާއިން ހޫނު ކުރަނީއެވެ. ސަރަހައްދަށް ހަމަޖެހުން އަންނާ ނީ ގައުމުތައް ގުޅިގެން މަސައްކަތް ކޮށްގެންނެވެ. އެމެރިކާ އަކީ އެހެން ބައްރެކެވެ.