ޔަމަނުގެ ބޯޑަރުގައި އޮންނަ ސައުދީ ސިޓީ ނަޖްރާންގައި ސިފައިން ފޯރިމަރަނީ. --ފޮޓޯ:އޭޕީ
21 މެއި 2019 - 14:57
ނަޖްރާން (މެއި 21) - ސައުދީ އަރަބިއާގެ ނަޖްރާންގެ އެއާޕޯޓެއްގައިވާ ހަތިޔާރު ގުދަނަކަށް ޑްރޯން ހަމަލާއެއްދީފައިވާ ކަމަށް ޔަމަނުގެ ހޫތީން ބުނެފި އެވެ.
ސައުދީގެ ވެރިރަށް ރިޔާޒުގެ ހުޅަނގު ދެކުނުން 840 ކިލޯ މީޓަރު ދުރުގައި ޔަމަނުގެ ބޯޑަރުގައި އޮންނަ ނަޖްރާނަށް ހަމަލާދިނީ، ހޫތީންގެ އަލް މަސީރާ ސެޓެލައިޓް ނިއުސް ޗެނަލް އިން ބުނި ގޮތުގައި، ބޮން ހަރުކޮށްފައިވާ ޑްރޯނުންނެވެ. ހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓް ލިބިފައެއް ނުވެ އެވެ.
ސައުދީ ކޯލިޝަންގެ ތަރުޖަމާން ކާނަލް ތުރްކީ އަލް މަލިކީއާ ހަވާލާދީ ސައުދީގެ ރަސްމީ ނޫސް އެޖެންސީން ބުނީ ނަޖްރާންގެ އާއްމުން ބޭނުންކުރާ ސައިޓަކަށް ހޫތީން ހަމަލާދޭން މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި ހޫތީންނަކީ އީރާނުގެ ޓެރަރިސްޓް ހަނގުރާމަވެރިން ކަމަށް ވަނީ މާލިކީ ވިދާޅުވެފަ އެވެ. ހަމަލާއާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
ހޫތީން މިދިޔަ ހަފުތާގައި ވަނީ ސައުދީގެ މައި ދެ ތެޔޮހޮޅިއަކަށް ވެސް ޑްރޯން ހަމަލާދީފަ އެވެ.
ސައުދީ އިސްވެ އުފައްދާފައިވާ ކޯލިޝަނުން ދަނީ މާޗް 2015 އިން ފެށިގެން ޔަމަނުގެ ހޫތީންނާ ދެކޮޅަށް ވައިގެ ހަމަލާތައް ދެމުންނެވެ. ޔަމަނުގެ ވެރިރަށް ސަންއާ ހޫތީން ހިފައި ރައީސް އަބްދުއްރައްބު މަންސޫރު ހާދީ ވަނީ މަގާމު ދުރުކޮށްފަ އެވެ. ހާދީ ފަހުން ދިރިއުޅުއްވީ ސައުދީ އަރަބިއާގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒިލް
24 May 2019
އީރާނަަށް އަރައިގަންނާނެ ރަގަޅު މަގެއް ކޮށަނީ ދޯ...
Terry
21 May 2019
ކިއްލިބާޝާ އައް ބުނެލަން އޮތީ ސައުދީން ކުށެއްނެއް އެތައް ބަޔަކު ބޮން އަޅާ މަރާއިރު އޯކޭތޯ
ރަދީފް
21 May 2019
ރަނގަޅު
ކިއްލިބާޝާ
21 May 2019
ހޫތީންގެ ކަންތައް މިދަނީ މާ މައްޗަށް.
ނުދޭ
21 May 2019
އަދިވެސްމަދީ ހަމަލާދޭލެއް އިސްލާމީއުއްމަތަޖެހިފައޮތް ހަގީގީމުސީބާތަކީ ސައުދީ
އުދުހޭ
21 May 2019
މައްޗަށްދާނެތާ ހޫތިން އެމީހުންގެ ގައުމުގައި ތިއްބާ އަލްސައޫދު ޓެރެރިސްޓުންގެ ބައިގަނޑު އައިސް ބޯމަތިން ބޮންއަޅަންފެށީމާ؟!