ސްކޫލްގެ ރަނިން ޓްރެކް ކޮނެގެން ތަހުގީގު ކުރިއަށް ގެންދަނީ. --ފޮޓޯ:ބެއިޖިން ނިއުސް
22 ޖޫން 2019 - 21:00
ބެއިޖިން (ޖޫން 22) - މީގެ 16 އަހަރު ކުރިން ގެއްލުނު ޗައިނާގެ ސްކޫލެއްގެ ޓީޗަރެއްގެ ހަށިގަނޑު އެ ސްކޫލް ތެރޭގައި ވަޅުލާފައި އޮއްވާ ފެނިއްޖެ އެވެ.
ޑެންގް ޝިޕިން ނަމަކަށް ކިޔާ ޓީޗަރު ވަނީ އަލަށް ހެދި ކުޅިވަރު ކުޅޭ ތަނެއް ގަބޫލް ކުރަން ދެކޮޅު ހަދައިފަ އެވެ. ސަބަބަކީ އެތަން ހަދައިފައި ހުރިލެއް ފެންވަރު ދަށްވުމެވެ.
ފުލުހުން ބުނީ އެ ތަން ހެދުމުގައި އުޅުނު މީހަކު މިހާރު ވަނީ ޓީޗަރު ޑެންގް، ޖެނުއަރީ 2003 ގައި ދިރިހުއްޓައި ވަޅުލާފައިވާ ކަމަށް އެއްބަސްވެފައި ކަމަށެވެ. އޭނާއާ އެކު ވަނީ އިތުރު ހަ މީހަކު މިހާރު ހައްޔަރުކޮށްފަ އެވެ.
ޑެންގުގެ ހަށިގަނޑުގެ ބައިތައް މިދިޔަ ބުރާސްފަތި ދުވަހު ފެނިފައި ވަނީ ޒިންހުއާން މިޑްލް ސްކޫލްގެ ދުވާ ޓްރެކެއްގެ ދަށުންނެވެ.
ޑެންގްގެ ދަރިފުޅަކު ބުނެފައި ވަނީ އޭނާގެ ބައްޕައާ ހަވާލުކޮށްފައި ވަނީ ކުޅިވަރު ކުޅޭ ތަން އިމާރާތް ކުރާ ގޮތް ބެލުން ކަމަށެވެ. ނަމަވެސް އެ ތަން އިމާރާތް ކުރަމުންދިޔަ އިރު އެ ތަނާ ހަވާލުވެ ހުރި މީހާ، ޑޫ ޝައޮޕިން ވަނީ އިމާރާތް ހަދަން ގެންދިޔަ ތަކެތި ފޮރުވައި، ފައިސާ ވެސް ބާކީ ކުރާ ކަމަށް ޑެންގް ޝަކުވާ ކޮށްފައި ކަމަށް ދަރިފުޅު ބުންޏެވެ. ޑެންގް ވަޅުލި ކަމަށް އެއްބަސްވެފައި ވަނީ ޑޫ ޝައޮޕިން އެވެ.
"ދުވާ ޓްރެކާއި ދަނޑު ހަދާފައި ވަނީ ސްކޫލްގެ ޕްރިންސިޕަލްގެ ތިމާގެ މީހެއް. އެ ޓްރެކް ހެދިލެއް ފެންވަރު ދަށްވުމުން ބައްޕަ ވަނީ އެ ތަނާ ހަވާލުވާން ދެކޮޅު ހަދާ ސަރަހައްދީ ސަރުކާރަށް ރިޕޯޓް ކޮށްފައި. އޭގެ ފަހުން ބައްޕަ ވަނީ ގެއްލިފައި،" ޑެންގްގެ ދަރިފުޅު ޗައިނާގެ ނޫހަކަށް ބުނެފައިވެ އެވެ.
ޑެންގުގެ ހަށިގަނޑުގެ ބައިތައް ވަނީ އިތުރު ތަހުލީލު ކުރުމަށް ފޮނުވައިފަ އެވެ. އަދި އެކަން ތަހުގީގު ކުރުމަށް ވަނީ ޚާއްސަ ޓާސްކް ފޯހެއް އުފައްދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަންބެ
23 June 2019
އަންނާނެ ހުކުމަކީ މަރުކަމަށް ބެލެވެނި، ޗައިނާއަކީ ކަންކަން ތަންފީޒުކުރުމުގައި ނަމޫނާ ގައުމެއް، އިންސާނީ ހައްގުތަކޭ ކިޔާމީހުން ވަރަށް މޭކަރާނެ،
ހަޑިގިއްލާ
24 June 2019
ކީކޭ...؟ ޗައިނާއޭ.... އިންސާނީ ހައްޤޭ....؟
އިއްސޭ
24 June 2019
ޗައިނާއިން މިލިއަނަކަށްވުރެ ގިން އުއިގޫރް މުސްލިމުން ބަންދުކޮށް، މިސްކިތްތައް ތަޅާ ސުންނާފަތިކޮށް، ބުރުގާއެޅުން މަނާކޮށް، ރަމަޞާންމަހު ރޯދަހިފުން މަނާކޮށް، ހަލާލުކޮށް ކަތިލާފައިވާ މަސް ބާޒާރުތެރޭގަ ވިޔާފާރިކުރުން ހުއްޓުވުންވެސް ނަމޫނާއަކަށް ހަދައިގެން އުޅެންވީތަ ދެން؟