މެދުއިރުމަތީގެ ސުލްހައިގެ ޕްލޭންގައި އިސްކޮށް އުޅުއްވާ ޖާރެޑް ކުޝްނާ. --ފޮޓޯ:އޭއެފްޕީ
23 ޖޫން 2019 - 15:51
މަނާމާ (ޖޫން 23) - މެދުއިރުމަތީގެ ސުލްހައިގެ އެއްބަސްވުމުގައި ހިމެނޭ އިގްތިސާދީ ޕްލޭނަށް ފަލަސްތީނުން ދެކޮޅު ހަދައިފި އެވެ.
ދިގު އިންތިޒާރެއް ކުރަމުންދާ ސުލްހައިގެ ޕްލޭނުގެ އިގްތިސާދީ އިންޖީނެއްގެ ގޮތުގައި ވަނީ ފަލަސްތީނާއި އަވަށްޓެރި އެހެން އަރަބި ގައުމުތަކަށްޓަކައި 50 ބިލިއަން ޑޮލަރުގެ ގްލޯބަލް އިންވެސްޓްމަންޓް ފަންޑެއް އުފައްދަން ހުށަހަޅައިފަ އެވެ. އެމެރިކާގެ ޕްލޭން ވަނީ ވައިޓް ހައުސްގެ ވެބްސައިޓްގައި ހޮނިހިރު ދުވަހު އާއްމުކޮށްފަ އެވެ. ފަންޑުގެ ދެބައިކުޅަ އެއްބައި ހޭދަކުރަން ނިންމާފައި ވަނީ ފަލަސްތީނަށެވެ.
ސުލްހައިގެ ޕްލޭނުގައި ހިމެނޭ އިގްތިސާދީ ބަޔާ ގުޅޭ ގޮތުން ބަހުރޭންގެ މަނާމާގައި މި ހަފުތާގައި ވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވަން ނިންމައިފަ އެވެ. އެ ބައްދަލުވުމުގައި ފަލަސްތީނުން ބައިވެރިއެއް ނުވެ އެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕުގެ ދަނބިދަރިކަލުން ޖާރެޑް ކުޝްނާ އިސްވެ ކުރިއަށް ގެންދަވާ ސުލްހައިގެ ޕްލޭންއާ ދެކޮޅު ހަދާ ކަމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.
"ސިޔާސީ އެއްބަސްވުމުގެ ކުރިން އިގްތިސާދީ އެއްބަސްވުމާ ގުޅޭ ގޮތުން މަޝްވަރާ ނުކުރެވޭނެ. ސިޔާސީ އެއްބަސްވުމެއް ނެތި އިގްތިސާދީ އެއްބަސްވުމަކާ ހަމައަށް ނުދެވޭނެ،" ރައީސް އައްބާސް އިއްޔެ ވިދާޅުވި އެވެ.
ކުޝްނާ ވިދާޅުވީ އިގްތިސާދީ ބައި ކުރިއަށް ނެރުނީ އެ ބައިގައި ޚިޔާލުތަފާތުވުންތައް ކުޑަވާނެތީ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަކުނިބޯ
23 June 2019
ރަނގަޅެވެ. ތިޔަފަންޑަކީ ސައުދީ އަދި ސައުދީއާއިގުޅިފައިވާޤައުމުތަކުން ފައިސާ ފަލަސްތީނަށް އެހީވާނކަމަށް ބުނެ އެޅުވުމަށްފަހު އިޒްރޭލްގެ ރިޒަރވްގައި ބެހެއްޓުމަށް. އެމެރިކާ އިޒްރޭލަށް މުސްލިމުންގެ ޤަޢުމު ތަކުން ފައިސާހޯދަން އައު ދަންތުރައެއްޖަހަނީ. މިހާރު އެމެރިކާއަށް ނުކަތާވަރަށް އިޒްރޭލަށް ހަރަދުކޮށްދޭންޖެހޭތީވެ