އަންސާރީ މަރާލީ ސައިކަލެއް ވަގަށް ނެގި ކަމަށް ބުނެ އަނިޔާކޮށްފައި. --ފޮޓޯ:ބީބީސީ ހިންދޫ
25 ޖޫން 2019 - 13:08
ޖަރްކަންދު (ޖޫން 25) - ހިންދޫންގެ ގްރޫޕަކުން އަނިޔާކޮށް މުސްލިމަކު މަރާލުމާ ގުޅިގެން އިންޑިއާ ފުލުހުން ފަސް މީހުން ހައްޔަރުކޮށްފި އެވެ.
ތަބްރޭޒީ އަންސާރީ، 24، މަރުވީ އިރުމަތީގެ ޖަރްކަންޑް ސްޓޭޓުގެ ގެއަކުން ސައިކަލެއް ވަގަށް ނެގި ކަމަށް ތުހުމަތުކޮށް ބަޔަކު އަނިޔާ ކުރުމުން ލިބުނު ޒަޚަމްތަކުގަ އެވެ. އަނިޔާކުރަމުން ދިޔަ އިރު އަންސާރީ އަށް ވަނީ ހިންދޫ ކަލާނގެ އަށް ތައުރީފްކޮށް ބަސްތައް ބުނުމަށް މަޖްބޫރުކޮށްފަ އެވެ. އެ ވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފަ އެވެ.
އަންސާރީގެ އާއިލާ އިން ތުހުމަތުކުރާ ގޮތުގައި އޭނާ އަށް ފަރުވާ ދިނުމުގައި ފުލުހުން ވަނީ ވަރަށް ބޮޑަށް އިހުމާލުވެފަ އެވެ.
އަންސާރީގެ އަންހެނުން ޝަހިސްތާ ޕަރްވީން ބީބީސީ އަށް ބުނީ ކަރަންޓް ހޮޅިދަނޑިއެއްގައި އަންސާރީ ބަނދެފައި އެއްރޭ ވަންދެން ބެހެއްޓި ކަމަށެވެ. އަދި ފުލުހުންނަށް ހަވާލުކުރީ އަނެއް ދުވަހު ކަމަށް އޭނާ ބުންޏެވެ. ހޮސްޕިޓަލަށް ގެންދިޔައީ ހަތަރު ދުވަސް ފަހުން ކަމަށް ވެސް އޭނާ ބުންޏެވެ. ޕަރްވީން ބުނީ އަންސާރީ އަށް އަނިޔާކުރީ ހިންދޫ ކަލާނގެ އަށް ތައުރީފްކޮށް ވާހަކަ ދައްކަން ދެކޮޅު ހެދުމުން ކަމަށެވެ.
ޖަރްކަންދު ސްޓޭޓުގައި މުސްލިމުންނަށް އަނިޔާކުރުމުގެ ހާދިސާތައް ފަހަކަށް އައިސް ވަނީ ހިންގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަޓްރައީސް
27 June 2019
ޔާމީން ވެރިކަމުގަ މި ގައުމުގަ ވެސް ކުށެއްނެތް މީހުން މެރި.
ނަން
25 June 2019
ރާއްޖެވެސް މިސްރާބުޖަހާފަ ހުރީ މިކަހަލަ މިދިމާލަކަށް. މިދޭތެރެއިން މިކަހަލަ ބައިވަރު ހަބަރު ފެނިއްޖެ. މީހުން އަމިއްލަ އަތަށް ގާނޫނާ ގަވާއިދު ނަގައިގެން މަގުމަތިން ޝަރީއަތް ހިންގަން ފަށާ ހުރިހާ ތަނެއްގަވެސް ވާކަމެއް މިއީ. މީހަކު ކުށެއް ކުރުމަކީ ދެން އެހެންމީހުންވެސް ކުށްކުރުމަށް ދެވޭ ހުއްދައެއް ނޫން. ކަމާބެހޭ ފަރާތްތަކުން މިކުޅިވަރު މިތާވެސް އާންމުކަމަކަށް ނުވަނީސް ފިޔަވަޅު އަޅަންޖެހޭ.
ހަސަން ނުވަވަނަ
25 June 2019
ދޮންބަންޑާރައިންގެ އޯޑަރު
ރަދީފް
25 June 2019
ކޮބާ @މަރޭމިތުރާ؟؟؟ ކޮމެންޓް ތްރެޑް ފްލަޑް ކޮށްލަން ކެރޭނެތަ؟؟؟
ނާގަބާޑި
25 June 2019
މިހާރު އޭނަ ހަބަރެއް ނުވޭ ދޯ އަނެއްކާ ކިހިނެއް ވީބާ މޯޑީ އެއްޗެކޭ ބުނީބާ
ބަޅާ މިތުރާ
26 June 2019
އެސޮރަކީ އެތަނުގެ ޔަތީމު ހާނާއަކައް ފެންއުފުލުމުއުޅޭ ސޮރެއް ގިނައިން ހުންނާނީ ރޭންޖުނެތްތަންތާ ލިބޭއިރައް ކޮމެންޓްކުރާނެ
ދޮންމަނިކެ
25 June 2019
މިފަދަ އަނިޔާއަށް މިގައުމުގައިވަނީ އިހައްދުވަހު މެޑަލް ދީފަ
ރަދީފް
25 June 2019
ޕްލީޒް ޕްރޮވައިޑް މޯ ޑީޓެއިލް.
ކަރުކެހި
25 June 2019
އެއީދެން ބަޔަކުއަޅުކަން ކުރާނެވަރުގެ އެއްޗެއްތަ އެއްވެސްބާރެއްނެއް އެއްޗެއް ހިންދީ ޑުރާމާތައްބަލާފަ ގިނަމީހުން ނައްއެވަރެއްނެތިގެން އެންމެފަހުން އެމީހުންއުޅޭ ގޮތައްއުޅެން ބޭނުންވާ ވަރައްގިނަމީހުންވެސް ރާއްޖޭގަވެސް މަދެއްނޫން މިފަހަކައްއައިސް
ތުނިޔަ
25 June 2019
ތަބްރޭޒީގެ ފާފަ ފުއްސަވާ ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލައްވާށި! އާމީން... ގޮތް ހުސްވެ ބިރުވެރިކަމާއި މާޔޫސްކަން ފެންނަ މޫނެއް.
ރަދީފް
25 June 2019
އާމީން.
ދެރަވ
25 June 2019
މަދުށިން އެ ވީޑިއޯ ހިތްފަޅައިގެން ދާވަރުވޭ. ޖަނަވާރަކަށްވެސް އެފަދަ އަނިޔާނުކުރާނެ. އެއީ ހިތެއް އޮތްބައެއްނޫން.
ބޮޑުރިޔާ
25 June 2019
މިގޮތަށް މުސްލިމުންނަށް އަނިޔާކުރަމުން ގޮސް ހައްދުފަހަނަ އަޅާދިޔައީމަ ދެން އެމީހުން ބަދަލުހިފުމަށް ނުކުމެ ކަމެއްކުރީމަ އެވަނީ ޓެރަރިސްޓުންނަށް
ކުޑަރިޔާ
25 June 2019
ބަދަލު ހިފާނެކަމެއްނެތް ކަމާ ނުބެހޭ މީހުން މަރައިގެެން. އޭރުން ކިޔާނީހަމަ ޓެރަރިސްޓުން.