ލާހޯރުގެ އައްލާމާ އިގްބާލް އެއާޕޯޓުގައި ސިފައިން ހަރަކާތްތެރި ވަނީ. --ފޮޓޯ:ޓްވިޓާ
03 ޖުލައި 2019 - 15:21
ލާހޯރު (ޖުލައި 3) - އުމްރާގެ އަޅުކަން އަދާކޮށްފައި އައި ދެ މީހަކު ޕާކިސްތާނުގެ ލާހޯރުގެ ބައިނަލްއަގުވާމީ އެއާޕޯޓުގެ އެރައިވަލް ލޯންޖްގައި މިއަދު ބަޑިޖަހައި މަރާލުމުން އެއާޕޯޓުގައި ބިރުވެރިކަން އުފެދިއްޖެ އެވެ.
ފުލުހުން ބުނީ ދެ މީހުން މަރާލީ ޒާތީ ކަމެއްގައި ކަމަށެވެ. އައްލާމާ އިގްބާލް އިންޓަނޭޝަނަލް އެއާޕޯޓުގައި ދިން ބަޑީގެ ހަމަލާގައި އިތުރު މީހަކު ވަނީ ޒަޚަމްވެފަ އެވެ.
އެއާޕޯޓް ސެކިއުރިޓީން ބުނީ ހަމަލާ ދިން ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ ހަމަލާ ދިން ދެ މީހުން އެއާޕޯޓާ ހަމައަށް ވާސިލްވީ ޓެކްސީގައި ކަމަށެވެ.
ފުލުހުން ބުނީ އެއާޕޯޓުގެ އެރައިވަލް ލޯންޖުގައި ބަޑި ޖެހުމުން އެތައް ސަތޭކަ ޕަސިންޖަރުންގެ މެދުގައި ބިރުވެރިކަން އުފެދުނު ކަމަށެވެ. އެއާޕޯޓުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ފަހުން ވަނީ ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވާން ފަށައިފަ އެވެ. އެއާޕޯޓަށް ވަދެ ނުކުމެވޭ ހުރިހާ ދޮރު ތަކެއް ވަނީ ބަންދުކޮށްފަ އެވެ.
ފުލުހުންގެ ފޮރެންސިކް ޓީމަކުން ވަނީ އެއާޕޯޓުގައި ތަހުގީގު ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަންބެ
04 July 2019
އިމްރާނޭ ކްރިކެޓް ބޯޅައެއް ބާރަށް އެއްލުނަކަސް އަދި ވެރިކަން ކުރެވޭނީ ވަރަށް ގަޓު ހުރެގެންނޭ، ތިއެންމެންނަށް ހައްގު އަދަބު ދޭށޭ،
އެމްއައި
03 July 2019
ޕާކިސްތާނު އޮތީ ހަލާކުވެ. މާބޮޑަށް ދީނީ ހަރުކަށި ފިކުރު އިތުރުވެފަ.
ވާލުސޮރު
03 July 2019
ޕާކިސްތާނު ކޮޕީކޮށްގެން މިގައުމުގައިވެސް ބައެއް މީހުން ހަރުކަށި ޖަމާއަތް ހަދައިގެން މީހުން ބޯކާލަން ވެގެން ދީނޭ ޖިހާދޭ މި ކިޔަނީ،. އިސްލާމްދީނަކީ ސުލްހައާއި އަމާންކަމުގެ ދީން. ބިރުވެރިކަމެއް ބިރު ދެއްކުމެއްނުވޭ
ކާފަބޭ
03 July 2019
ނަމަކައްވެސް އެކިޔަނީ ލާހޫރޭ، ދެންމީހުންވެސް އުޅޭނީ އެހެންތާ!!.
ދާދޭ
03 July 2019
ޕާކިސްތާނުގެ ސަރުކާރަކީވެސް ފޭލްވެފައި އޮތް ސަރުކާރެއް. އެގައުމުގެ ޓެރަރިސްޓުންނާހެދި މިއުޅެނީ ސަލާމަތުގެ އައްސޭރިއެއް ރައްޔިތުންނަށް ނުފެނިގެން.
ރަދީފް
03 July 2019
ހާދަ ހާ ބިރުވެރި ތަނެކޭ ޕާކިސްތާން މިއީ ދޯ.އުމްރާއިން ގައުމަށް އެނބުރިއައިތަނުން ދުޝްމަނުންގެ ހަމަލައަކުން މަރުވުން އެއީ ޝަހީދުންގެ ގޮތުގަ ވާނެ ބާ؟؟!!!