އީރާނުގެ ޑިފެންސް މިނިސްޓަރު އާމިރު ހާތަމީ
09 ޖުލައި 2019 - 12:04
ތެހެރާން (ޖުލައި 9) - ޖިބްރޯލްޓާގެ ބޭރުން އީރާނުގެ ޓޭންކަރެއް ހިފެހެއްޓި މައްސަލައިގެ ބަދަލު އިނގިރޭސި ވިލާތުގެ ކިބައިން ހިފާނެކަމުގެ އިންޒާރު އީރާނުގެ ޑިފެންސް މިނިސްޓަރު އާމިރު ހާތަމީ ދެއްވައިފި އެވެ.
"ޓޭންކަރު ހިފެހެއްޓުން އެއީ އީރާނަށް ގަބޫލް ކުރެވޭނެ ކަމެއް ނޫން. އަދި އެއީ ރައްދު ނުދީ ދޫކޮށްލާނެ ކަމެއް ވެސް ނޫން،" އީރާނުގެ އިސްނާ ނިއުސް އެޖެންސީ އަށް ދެއްވި އިންޓަވިއުއެއްގައި ހާތަމީ ވިދާޅުވި އެވެ. "މިއީ ބައިނަލްއަގުވާމީ މެރިޓައިމް ގާނޫނުތަކާ ޚިލާފަށް ކޮށްފައިވާ ކަމެއް. އަދި މިއީ ޒާތެއްގެ ކަނޑުފޭރުމުގެ އަމަލެއް."
ސުޕަ ޓޭންކަރު ގްރޭސް 1 ޖިބްރޯލްޓާ އިން ހިފަހައްޓާފައި ވަނީ އިނގިރޭސި ސިފައިންގެ އެހީގަ އެވެ. ޓޭންކަރު ހިފެހެއްޓީ ޔޫރަޕުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފަށް ސީރިއާ އަށް ތެޔޮ އުފުލާތީ އެވެ. ސީރިއާ އަށް ތެޔޮ އެތެރެ ކުރުން ޔޫރަޕުން ވަނީ 2011 ވަނަ އަހަރުން ފެށިގެން މަނާކޮށްފަ އެވެ. އެކަމަކު ސީރިއާ އަށް ތެޔޮ ގެންދިޔަ އެއްވެސް އުޅަނދެއް މީގެ ކުރިން ކަނޑުމަތިން ހިފަހައްޓައިފައެއް ނުވެ އެވެ.
ޖިބްރޯލްޓާގެ ސުޕްރީމް ކޯޓުން މިހާރު ވަނީ އެ ޓޭންކަރު 14 ދުވަސް ވަންދެން ހިފެހެއްޓިދާނެ ކަމަށް އަމުރެއް ނެރެފަ އެވެ.
އީރާނުން ބުނެފައި ވަނީ ޓޭންކަރު ހިފަހައްޓާފައި ވަނީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ކަމަށެވެ.
އީރާނުގެ ޚާރިޖީ ވަޒީރު ޖާވަދް ޒަރީފް ވިދާޅުވެފައި ވަނީ ޓޭންކަރު ހިފެހެއްޓުމަކީ ނުރައްކާތެެރި އިޖްރާއަތެއް ގާއިމްކުރުން ކަމަށާއި އެއީ ވަގުތުން ނިމުމަކަށް ގެންނަން ޖެހޭ ކަމެއް ކަމަށެވެ. އަދި އީރާނަކީ ޔޫރަޕުގެ މެންބަރު ގައުމަކަށް ނުވާ އިރު ޔޫރަޕުން އަޅާ ފިޔަވަޅެއް އީރާނުގެ މައްޗަށް ނުހިގާނެ ކަމަށް ވިދާޅުވި އެވެ.
"އީރާނުގެ ތެޔޮ ހުރި ޓޭންކަރެއް ހިފެހެއްޓުމަކީ 'ޓީމް ބީ'ގެ ރޭވުމަކުން ހިންގާ ކަނޑު ފޭރުމުގެ އަމަލެއް،" ޒަރީފް ވިދާޅުވި އެވެ.
"ޓީމް ބީ" ޒަރީފް އާއްމުކޮށް އިޝާރަތް ކުރައްވަނީ އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޯން ބޯލްޓަން އާއި އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އަދި ދުބާއީގެ މުހައްމަދު ބިން ޒައިދަށެވެ.
ޝިޕިން ޑޭޓާ ދައްކާ ގޮތުން ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ 300،000 ޓަނުގެ ގްރޭސް 1 އަކީ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ އައި-ޝިޕިން މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން އޮޕަރޭޓް ކުރާ ޓޭންކަރެކެވެ. ދިގު މިނުގައި 330 މީޓަރު (1،000 ފޫޓު) ހުންނަ ޓޭންކަރުން ދެ މިލިއަން ފީފާ ތެޔޮ އުފުލެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަށުމީހާ
10 July 2019
ތީ މެދުއިރުމަތީ ބަނަވާން އުޅެނީތަ ވަރަށް ދެރަ ތިމީހުން ހގުރާމައެއް ފެށީމާ ހުރިހާދެރައެއް ލިބެނީ ދިވެހީންނަށް.
ބަބުރަންޖީ ހާޖީ
09 July 2019
ސާބަސް.
ޝޮކްތެރަޕީ
09 July 2019
އިރާނުގަ ތިބެނީ ޤައުދެކެ ލޯބިވާ މީހުން. އެހެންވެ އިރާނަކާ ނުކުޅެވެނީ އެމެރިކާޔަ.
އަހްމަދު
09 July 2019
ދެން މިކަހަލަކަމެއް ކުރަން ނުކެރޭވަރު ކޮއްލަންވާނެ...
ދުޝްމަނޭނެ އަހްލެ ސަލްމާން
09 July 2019
ވަރުގަދަ އެތިފަހަރެއްރައްދުގެ ގޮތުގަ ދޭންވާނެ.