ސަލްމާން ރަސްގެފާނުގެ ދަރިކަނބަލުން ހައްސާ ބިންތު ސަލްމާން
09 ޖުލައި 2019 - 13:20
ޕެރިސް (ޖުލައި 9) - ސައުދީ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒުގެ ދަރިކަނބަލުން ހައްސާ ބިންތު ސަލްމާންގެ ޣައިރު ހާޒިރުގައި އެކަމަނާގެ ޝަރީއަތް ޕެރިހުގައި މިއަދު ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.
ޕްރިންސަސް ހައްސާގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ޕެރިހުގެ އެވެނިއު ފޮޝްގައި ހުރި އެކަމަނާގެ އެޕާޓްމަންޓުގެ އިންޓީރިއާ ހަދަން ގެންދިޔަ ޑިޒައިނަރަށް ބޮޑީގާޑް ލައްވާ އަނިޔާ ކުރުމުގެ ކުށެވެ. އަނިޔާ ލިބުނު މިސްރަށް އުފަން ޑިޒައިނަރު އަޝްރަފް އީދު ބުނެފައި ވަނީ އެޕާޓްމަންޓުގެ ޑިޒައިން ހަދާނެ ގޮތް ބެލުމަށް އެތަނުގެ އެތެރޭގެ ފޮޓޯއެއް ނެގި ތަނުން ހައްސާ ވަނީ އޭނާ އަށް އަނިޔާ ކުރުމަށް ބޮޑީގާޑަށް އަންގަވައިފަ އެވެ. ބޮޑީގާޑު ވަނީ ޑިޒައިނަރު ބަނދެ އޭނާގެ މޫނުމަތީގައި ޖަހާ ވައްޓާލައިފަ އެވެ. އަދި ބިރުދައްކައިގެން އޭނާ ލައްވާ ވަނީ ހައްސާގެ ދަށްފައިގައި ބޮސްދީފަ އެވެ.
ސެޕްޓެމްބަރު، 2016 ގައި ހިނގި މި ހާދިސާއާ ގުޅިގެން ބޮޑީގާޑުގެ މައްޗަށް ވެސް ވަނީ ދައުވާކޮށްފަ އެވެ. އޭނާގެ މައްޗަށް ވަނީ ހަތިޔާރު ބޭނުންކޮށްގެން މީހަކަށް ބިރު ދެއްކުމާއި ވައްކަމާއި މީހެއްގެ ނުރުހުމުގައި ހިފެހެއްޓުމުގެ ދައުވާ ކޮށްފަ އެވެ. ޑިޒައިނަރު ބުނީ އޭނާ އަށް އެޕާޓްމަންޓުން ސަލާމަތްވެވުނީ އެތައް ގަޑިއިރެއް ފަހުން ކަމަށެވެ. ސަލާމަތްވީ ނަމަވެސް މަސައްކަތް ކުރަން ގެންދިޔަ ހުރިހާ ސާމާނެއް އަތުލި ކަމަށް ބުންޏެވެ. އެޕާޓްމަންޓުގެ ފޮޓޯ ނެގުމުން ހައްސާ ކޯފާވީ އެ ފޮޓޯތައް އޭނާ ވިއްކައިފާނެތީ ކަމަށްވެ އެވެ.
ޑިޒައިނަރު އީދު ބުނެފައި ވަނީ އޭނާ އަށް ބޮޑީގާޑު އަނިޔާ ކުރަމުން ދިޔަ އިރު ޕްރިންސަސް ހައްސާ އޭނާއާ މެދު ކަންތައްކޮށްފައި ވަނީ ކުއްތާއަކަށް ކަންތައް ކުރާ ގޮތަށް ކަމަށެވެ. އަދި ޝާހީ އަމީރާ އިންނާއި ޝާހީ އާއިލާގެ މެންބަރުންނާ ވާހަކަ ދައްކާނެ ގޮތް ދައްކާލާނެ ކަމަށް ހައްސާ ވިދާޅުވި ކަމަށް ޑިޒައިނަރު ބުންޏެވެ.
މި ހާދިސާ ހިނގިތާ މާގިނައިރެއް ނުވަނީސް ހައްސާ ވަނީ ފްރާންސުން ފުރާވަޑައިގެންފަ އެވެ. އެކަމަނާ ހައްޔަރު ކުރުމަށް އިންޓަނެޝަނަލް ވޮރެންޓެއް ވަނީ ނޮވެމްބަރު 2017 ގައި ނެރެފަ އެވެ. ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ދައްތަ ހައްސާ ވަނީ އެކަމަނާ ކުށެއް ނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
ހައްސާގެ ފްރާންސް ވަކީލް އެމަނުއަލް މޮއީން ވިދާޅުވީ ހައްސާގެ މައްޗަށް ކޮށްފައި ވަނީ ދޮގު ތުހުމަތުތަކެއް ކަމަށެވެ.
"ސައުދީ އަމީރާ އަކީ ވަރަށް އޯގާތެރި މަޑުމައިތިރި މީހެއް. ސައުދީ ގާނޫނުތަކާއި އަމީރާ އިންގެ ސެކިއުރިޓީ އޮންނަ ގޮތުން އަމީރާ އިންގެ ފޮޓޯ ނެގުމަކީ މަނާ ކަމެއް،" ވަކީލް މޮއީން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޥަހީދު
10 July 2019
ފަލަސްތީނުގެ މުސްލިމުން މަރާ ހުސްކުރާއިރު މިފަދަ ޝަރީއަތެއް ހިންގަން ކެރޭ މީހެއް ނެތް
ބޯދީދު
10 July 2019
ގައުމަކަށް ގޮސް މީހަކަށް އަނިޔާކުރީމާ އެ ގައުމުން ހިންގާނީ އެގައުމުގެ ގާނޫނާ ޚިލާފަށް ކުރި ކަމެއްގެ ޝަރީއަތް!
10 July 2019
ވަރަށް ބޮޑު ތެދެއް. އަނިޔާ ކުރާކަށް ނުވާނެ، އެކަމާ ދެކޮޅު. ހަގީގަތަކީ އިޒްރޭލްއިން އެތަށް ނިކަމެތި ފަލަސްތީންގެ ރައްޔިތުންނަށް ޝަހީދު ކުރާއިރު، ހަށްގަކާނުލާ އަނިޔާ ކުރާއިރު މި މީހުން އަޅާވެސް ނުލާ. އިޒްރޭލްގެ އަނިޔާވެރިކަމަށް ކާފަރުން ކުރާ ސަޕޯޓުންވެސް ފެންނަނީ ކާފަރުންގެ އަނިޔާ ވެރިކަމާ، ދެފުތް ދެގޮތްކަން.
މެސީ
09 July 2019
އަނިޔާކުރިކަން ވަރަށްސާފުވެއްޖެ ހައްސާގެ ވަކީލުންގެ ބަހުންވެސް
ޝަމީ
09 July 2019
ޖަހާފަ ތިހިރީ އަދި ތިޔަ ޚަބަރުގައި ބުނާ ޕުރިންސަސްގެ ފޮޓޯއެއްނޫން..
ބަހީ
10 July 2019
ރައްޓެއްސެއްތަ؟
ޖީހާން
10 July 2019
މާބޮޑަށް އެނގިގެން ނޫޅެބަލަ އެއީ ހަމަ އޭނަގެ ފޮޓޯއެއް...
ގޮހޮޑާ
09 July 2019
ސައުދީ ކަމަނާގެ ބުރުގާ ކޮބާ؟
ައަހުމަދުއަލޯ
09 July 2019
ހެހެހެހެ. އެއީ ފަގީރުން އަޅާ އެއްޗެއް، ތިޔަ ތަންނަތަނުގަ. ވަކިވަރަކަސް މުއްސަނދިވީމާ އަޅާކަށް ނުޖެހޭ!. ބަލާބަ ދުބާއީގެ ވެރިކަންކުރާ މީހުން.
ކިޖީޖޫ
09 July 2019
ކޮންމެ އާއިލާ ގަ ވެސް ހުނނާނެ ޓޮއްގޮވާ ފަ ތިބޭ މީހުން، މި އާއިލާގަ މީނަ އާ މީނަގެ ބޭބެ މީ، ދުނިޔޭވީ އެދުމަށް ޓޮއްގޮވާ މިހުން
ކަކުނިބޯ
09 July 2019
އަހަރެންގެ ހިތުގައިވާޝައްކު ޔަޤީނާގާތެވެ. މިއީހަމަ ޔަހޫދީންނެވެ.