ޗައިނާ އިން ވަނީ އެއް މިލިއަން މުސްލިމުން ހިފަހައްޓާފައި. --ފޮޓޯ:ރޮއިޓާސް
11 ޖުލައި 2019 - 13:02
ޖެނީވާ (ޖުލައި 11) - ޝިންޖިއާން ސަރަހައްދުގައި ވީގާރް ދަރިކޮޅުގެ މުސްލިމުން ހައްޔަރު ކުރަމުންދާތީ 22 ގައުމަކުން ޗައިނާ އަށް ފާޑު ކިޔައިފަ އެވެ.
އދ.ގެ ތަޖްރިބާކާރުންނާއި އެކްޓިވިސްޓުން ބުނި ގޮތުގައި ޗައިނާގެ ހުޅަނގުގެ ސަރަހައްދުތަކުގައި މިހާރު ވެސް ވަނީ އެއް މިލިއަނަށް ވުރެ ގިނަ ވީގާރް މުސްލިމުން ބަންދުކޮށްފަ އެވެ. ޗައިނާ އިން ބުނެފައި ވަނީ މުސްލިމުން ބަންދު ކުރާ ތަންތަނަކީ ޓްރޭނިން ކޭމްޕްތަކެއް ކަމަށެވެ.
ޗައިނާގެ އަމަލު ކުށްވެރިކޮށް އދ.ގެ ހިއުމަން ރައިޓްސް ކައުންސިލަށް ފޮނުވި ސިޓީގައި ސޮއިކުރި ގައުމުތައް ކަމަށްވާ އޮސްޓްރޭލިއާ، ކެނެޑާ ޖަޕާން ހިމެނެ އެވެ. އަދި ޔޫރަޕިއަން ޔޫނިއަންގެ ގައުމުތައް ކަމަށްވާ އިނގިރޭސި ވިލާތާއި ފްރާންސް، ޖަރުމަން އަދި ސްވިޒަލެންޑް ހިމެނެ އެވެ. އެކަމަކު އެ ސިޓީގައި އެމެރިކާ އިން ސޮއިކޮށްފައެއް ނުވެ އެވެ.
ސިޓީގައި ވަނީ ޗައިނާ އިން އިންސާނީ ހައްގުތަކަށް އިހްތިރާމް ކުރުމަށް ގޮވާލައިފަ އެވެ. އަދި ބައިނަލްއަގުވާމީ ތަޖްރިބާކާރުން ޝިންޖިއާން ޕްރޮވިންސަށް ވަނުމުގެ ހުއްދަ ދިނުމަށް ވެސް އެދިފައިވެ އެވެ.
ރެފިއުޖީންނާ ބެހޭ އދ.ގެ ހައި ކޮމިޝަނާ މިޝޭލް ބަޗެލޭ ވެސް ވަނީ އދ.ގެ ތަހުގީގީ އޮފިޝަލުން ޝިންޖިއާން އަށް ދިއުމުގެ ހުއްދަ ދިނުމަށް ޗައިނާ އަށް ގޮވާލައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަހާފޮޑިދޮންތި//ފޭދޫ
12 July 2019
ކޮމެނިސްޓު ޗައިނާގެ ފަރާތުން ދިވެހިރާއްޖެ ސަލާމަތް ކޮށްދެއްވިތީވެ މާތްﷲގެ ހަޠުރަށް ނިހާޔަތަށް ޝުކުރުވެރިވަން..ކޮމެނިސްޓު ޗައިނާގެ އަސްލު ސޫރަޔަކީ ޚޮދު އެމީހުންގެ އަނިޔާވެރި ކަން، ކުނި މީދާ އަދި ކުނި ކަކުނިވެސް ކާއުޅޭބަޔެއް...
ހަމަ ބުއްދި
11 July 2019
ތިކަމުގައި ޗައިނާ / އިންޑިއާ ހަމަ ހަމަ އެވެ.
އިޙްސާސް
11 July 2019
ޗައިނާއިން މިކުރަނީ ހަމަ ހެޔޮ ޢަމަލަކީތަ؟ ރާއްޖޭގައި އުޅޭ ބައެއް ދީނީ ޢިލްމުވެރިން އަދި ޕޕއމ މީހުން ގޮވާނެ އިންޑިޔާ އާ ގުޅުން ބަދަހި ކުރާއިރަށް އެއީ މުސްލިމުންގެ ޢަދާވާތްތެެރިންނޭ. ނޫނީ އަނެކައްޗެކޭ.
ކަރީމުއްދީން ބާޝާ
11 July 2019
ޗައިނާއިން ކުރަންޏާ ދިވެހިންނަށްވެސް އޯކޭވާނެ.
ތަކުރުބެއްޔާ
11 July 2019
އިންޑިއާ ނަންވާނީ