ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބަންދު ކުރުމުން އިންޑިއާގެ އެއާލައިންތަކަށް ގާތްގަނޑަކަށް 80 މިލިއަން ޑޮލަރުގެ ގެއްލުން ވަނީވެފައި. --ފޮޓޯ:ގެޓީ އިމޭޖަސް
16 ޖުލައި 2019 - 13:39
އިސްލާމްއާބާދު (ޖުލައި 16) - އިންޑިއާއާ އެކު އުފެދުނު ހަމަނުޖެހުންތަކުގައި ބަންދުކުރި ޕާކިސްތާނުގެ ވައިގެ ސަރަހައްދު، ފަސް މަސް ފަހުން މަދަނީ މަތިންދާ ބޯޓުތަކަށް މިއަދު ހުޅުވާލައިފި އެވެ.
ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބަންދު ކުރުމުން އިންޑިއާގެ އެއާލައިންތަކަށް ވަނީ މިލިއަން ޑޮލަރުގެ ގެއްލުންވެފަ އެވެ. ބައެއް އެއާލައިންތަކުން ވަނީ ދަތުރުގެ ރޫޓް ބަދަލު ކުރަންޖެހިފަ އެވެ. އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ އިންޑިއާގެ ގައުމީ އެއާލައިން އެއާ އިންޑިއާ އަށެވެ.
ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބަންދުކުރުމުން އިންޑިއާގެ އެއާލައިންތައް ކަމަށްވާ އެއާ އިންޑިއާ، ސްޕައިސް ޖެޓް، އިންޑިގޯ އަދި ގޯއެއާ އަށް ގާތްގަނޑަކަށް 80 މިލިއަން ޑޮލަރުގެ ގެއްލުންވި ކަމަށް އިންޑިއާގެ އޭވިއޭޝަން މިނިސްޓަރު ހަރްދީޕް ސިންގް ޕޫރީ ވިދާޅުވި އެވެ.
މިދިޔަ ފެބްރުއަރީ މަހު ޕާކިސްތާނުން ވައިގެ ސަރަހައްދު ބަންދުކުރީ އިންޑިއާ އިން ބަލަކޮޓް ކޭމްޕަށް ދިން ވައިގެ ހަމަލާތަކަށް ފަހު އެވެ. އިންޑިއާ އިން ބުނެފައި ވަނީ އެ ހަމަލާ ދިނީ ކަޝްމީރުގައި ޓެރަރިސްޓް ހަމަލާއެއްދީ އިންޑިއާ ސިފައިންގެ 40 މީހުން މަރާލުމާ ގުޅިގެން ކަމަށެވެ. އިންޑިއާ އިން ބުނެފައި ވަނީ ކަޝްމީރުގައި ހަމަލާ ދިނީ ޕާކިސްތާނުގެ ޖަމާއަތަކުން ކަމަށެވެ.
ހަމަލާތަކަށް ފަހު ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބަންދުކުރީ ފެބްރުއަރީ 26 ވަނަ ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޮކްތެރަޕީ
16 July 2019
ރާއްޖެ ކުރި ނާރަނީ އިންޑިޔާގެ އުދަގޫ ބޮޑުކަމުން. ރާއްޖޭގެ އިގުތިސީދު މިވަނީ ހިފެހެއްޓިފަ.