ޔަމަނުގައި އީދުގެ އުފާ ބަޔަކު ފާޅުކުރަމުންދާ އިރު ހޫތީ ހަނގުރާމަވެރިންގެ މީހަކު ގާޑުކޮށްގެން: ހޫތީން ވަނީ އީރާނަށް ސަފީރެއް ކަނޑައަޅާފައި. --ފޮޓޯ:އޭއެފްޕީ
18 އޯގަސްޓް 2019 - 15:48
ސަންއާ (އޮގަސްޓް 18) - ޔަމަނުގެ ހޫތީން އީރާނަށް "ސަފީރެއް" ކަނޑައަޅައިފި އެވެ.
ހޫތީންގެ ސަފީރެއް ކަނޑައެޅުމާ ގުޅިގެން ޔަމަނުގައި ބައިނަލްއަގުވާމީ ގޮތުން ބަލައިގެންފައިވާ ސަރުކާރުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އެފަދަ ކަމެއް ކުރުމުން ދޭހަވަނީ އީރާނާއި ހޫތީންނާ ދެމެދު އޮތް ސިއްރު ގުޅުން ކަމަށް ވެސް ޔަމަނުގެ ސަރުކާރުން ބުނެފައިވެ އެވެ.
ހޫތީން ސަފީރެއް ކަނޑައެޅި ނަމަވެސް ސަފީރު ގަބޫލްކުރިކަން އީރާނުން ހާމަކޮށްފައެއް ނުވެ އެވެ.
ޔަމަނުގެ ވެރިރަށް ސަންއާގައި ސަރުކާރު ސިފައިން ކޮންޓްރޯލް ކުރާ ޗެކް ޕޮއިންޓެއް. --ފޮޓޯ:އޭއެފްޕީ
ހޫތީން ހިންގާ އަލް މަސީރާ ޓީވީން ބުނީ އީރާނަށް ކަނޑައަޅާ ސަފީރުގެ ގޮތުގައި އިބްރާހިމް މުހައްމަަދު މުހައްމަދު އަލް ދައިލާމީ އައްޔަން ކުރިކަން ރިޔާސީ ގަރާރަކުން އިއުލާންކޮށްފައިވާ ކަމަށެވެ.
ޔަމަނުގެ ރައީސް އަބްދުއްރައްބޫ މަންސޫރު ހާދީ ވަނީ އީރާނާ އެކު އޮތް ސިޔާސީ ގުޅުން އޮކްޓޯބަރު 2015 ގައި ކަނޑާލައިފަ އެވެ. އެއީ ހޫތީންނަށް އަސްކަރީ ގޮތުން އެހީތެރިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. ނަމަވެސް ތެހެރާނުން ވަނީ މި ތުހުމަތު ދޮގުކޮށްފަ އެވެ.
ހޫތީން ވަނީ ޔަމަނުގެ ވެރިރަށް ސަންއާ އާއި އެ ގައުމުގެ އުތުރުގެ ބޮޑު ސަރަހައްދެއް ކޮންޓްރޯލް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީވީގޮތޭ
18 August 2019
ޔަމަނަކީ ޝިޔައީ ހޫތީންގެ ތަނެއްނޫނެވެ. އެތަނުގައި ގިނަވާނީ ސުންނީ މުސްލިމުންނެވެ. އެހެނަސް, ބައިމަދު ޝިޔައީންނަށް ރާފިދީ އީރާނުން މަދަދާއި ހަތިޔާރުދީގެން މިގައުމު ކޮންޓްރޯލްކުރުމުގެ ބޭނުމަކީ އެމީހުން ބޭނުންވާގޮތަށް ސައޫދީއަށް ހަމަލާދިނުމަށް އެތަނުގައި ބޭސްހެދުމަށެވެ. މިމީހުން ސައޫދީއަށް ހަމަލަދިނުމުގެ ޕްލޭންގައި އުތުރުން ސީރިޔާ, އިރުން އިރާގް, ހުޅަނގުން ލެބްނާން އަދި ދެކުނުން ޔަމަނު އޮތުމަކީ އާޔަތުﷲ ޚުމޭނީގެ ސްޓްރެޖީގައި ކަނޑައަޅާފައި އޮތްގޮތެވެ.
ގިޓާ
18 August 2019
ސައުދީގެ ޝާހީ ޢާއިލާ މީހުންގެ ރޭވުމުން މުޅިސަރަހައްދު ފުނޑުފުނޑު ކުރަނީ
ސައުދީ
18 August 2019
މުޅި ސަރަހައްދު ފުނޑު ކިރަނީ އީރާނުން. ސައުދީގެ މަތިންނާ ތިރިންނާ ހުޅނގުންނާ އިރުން އީރާނުން މަދަދު ލިބޭ ހަނގުރާމަވެރިން ހަނގުރާމ ހިނގަމުންދާ އިރު ސައުދި ކިންގް ހުންނަންވީ އެއްވެސ ކަމެއް ނުކޮށް ބަލަން؟
މުސްލިމްސޯލްޖަރ
19 August 2019
ސައުދީ ކިންގްތީ ކޮންތާކުން އައިސް ހުރިމީހެއްތަ..މުޅި އިސްލާމީ އުއްމަތް ފުޑުފުޑުކުރަނީ ސައުދީގެ ސާހީއާއިލާ އަލް ސައުދު ފެމެލީން، އިޒްރޭލާ އެމެރިކާގެ އެޖެންޓުން އަލްސައުދު ފެމެލީތީ، މިހާރުތިޔަ އުޅޭ ސަލްމާނަކާ މުހައްމަދަކީ މިގޮތުން މުސްލިމުން އެއްމެ ނިކަމެތިކުރި ދެމީހުން..އަލްސައުދު ފެމެލީ އަކީ ކޮރަޕްޓް މުޅި ސައުދީ ބަޑުއަޅާލައިގެން އުޅޭ ޒައެނިސްޓުންގެ އައުވާނުން.
ދާދޭ
18 August 2019
މަންސޫރު ހާދީއަށް ޔަމަނުގެ ރައީސްކަން ދިނީ ބައިނަލްއަގްވާމީ ފަރާތަކުންނަމަ ދެން އޯކޭ. މަހިތުން އެތަނެއްގެ ރައްޔިތުން ކަނޑައަޅާމީހެއްކަމަށް. ހޫތީންނަކީ ޔަމަނުގެ ރައްޔިތުން އެމީހުން އެވަނީ އެމީހުންގެ ރައީސަކު ހޮވާފައި. އެކަން ބައިނައްދަވާމީ ފަރާތްތަކުންގެ މަންދޫބު ސައޫދީންނާއި ޔޫއޭއީން ގަބޫލުކޮށް ހަނގުރާމަ ފެށީ.
ސައުދީ
18 August 2019
ޙަމަ އެއްވެސ އެއްޗެއް ނޭޔްގޭ ބޮދު މޮޔައެއް ކަލޭ ތީ ކޮންމެވެސ ވަރަކަށް ހަނގުރާމަ ފެށުނު ގޮތް ކިޔާފާ ކޮމްނެްޓް ކޮއްބަލަ