ސްރީ ލަންކާގެ ސެންޓްރަލް ބޭންކުގެ ކުރީގެ ގަވަރުނަރު މަހެންދުރަން.
04 ސެޕްޓެމްބަރ 2019 - 12:24
ކޮލަމްބޯ (ސެޕްޓެމްބަރު 4) - ސްރީ ލަންކާގެ ސެންޓްރަލް ބޭނުންކުން ބޮންޑު ވިއްކުމުގައި ހިންގާފައިވާ ކޮރަޕްޝަނުގައި އެންމެ ބޮޑަށް ތުހުމަތު ކޮށްފައިވާ އެ ބޭންކުގެ ކުރީގެ ގަވަރުނަރު އަރްޖުނާ މަހެންދުރަން ފޮނުވައިދިނުމަށް ލަންކާ އިން ސިންގަޕޫރުގައި އެދިއްޖެ އެވެ.
ލަންކާ އަށް އުފަން މީހެއް ނަމަވެސް މަހެންދުރަން އަކީ މިހާރު ސިންގަޕޫރުގެ ރައްޔިތެކެވެ. ސެންޓްރަލް ބޭންކުގެ ގަވަރުނަރުގެ މަގާމަށް މަހެންދުރަން 2015 ވަނަ އަހަރު ހަމަޖެއްސީ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ އެވެ. ސެންޓްރަލް ބޭންކުން ބޮންޑު ވިއްކުމުގެ ޚިޔާނާތުގައި އިސްކޮށް ހަރަކާތްތެރިވެފައި ވަނީ މަހެންދުރަންގެ ދަނބިދަރިއެކެވެ.
ބޮންޑު ވިއްކި މައްސަލައިގެ ޚިޔާނާތް ތަހުގީގު ކުރަން ރައީސް މައިތުރިޕާލާ ސިރިސޭނާ އުފެއްދެވި ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައިވާ ގޮތުން ބޮންޑު ވިއްކުމުގައި 74 މިލިއަން ޑޮލަރުގެ ޚިޔާނާތް ހިންގާފައިވެ އެވެ. މި ޚިޔާނާތުން ސަރުކާރަށް 11 މިލިއަން ޑޮލަރުގެ ގެއްލުންވެފައިވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފަ އެވެ.
މަހެންދުރަން ޕޮލިހަށް ހާޒިރުކުރަން އެތައް އަމުރެއް މީގެ ކުރިން ވަނީ ނެރެފަ އެވެ. ނަމަވެސް އެއިން އެއްވެސް އަމުރަކަށް އޭނާ އިޖާބަދީފައެއް ނުވެ އެވެ.
ލަންކާގެ އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ސެންޓްރަލް ބޭންކުގެ ކޮރަޕްޝަނާ ގުޅޭ ގޮތުން 21،000 ސަފުހާގެ ރިޕޯޓެއް ތައްޔާރުކޮށްފަ އެވެ. އެ ރިޕޯޓް މިހާރު ވަނީ ލަންކާގެ ފޮރިން މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީއަށް ހަވާލުކޮށްފަ އެވެ.
މަހެންދުރަން އަށް ސިންގަޕޫރުން ހިމާޔަތް ދޭ ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ މާޗު މަހު ވަނީ ތުހުމަތު ކުރައްވައިފަ އެވެ. ނަމަވެސް ސިންގަޕޫރުން އެކަން ވަނީ ދޮގުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެނގޭ
04 September 2019
ނުގެންދެވޭނެ. އެއީ ސިންގަޕޫރު ރައްޔިތެއް. ސިންގަޕޫރު ކޯޓަށް މައްސަލަ ވައްދަންޖެހޭނީ.
މޫމިނާއްތަ
04 September 2019
ސިންގަޕޫރްގައި ޑުއަލް ސިޓިޒެންޝިޕެއް ނޯވޭ.. ސިންގަޕޫރު ރައިތަކަށް ވަންޔާ ވެވޭނީ ސިންގަޕޫރު ރައިތަކަށް އަކި, 2 ގައުމެއްގެ މީހަކަށް ވެގެން ނޫޅެވޭނެ, މާނަ އަކީ ތިޔަ ބުނާ މީހާ އަކީ މިހާރު ސިންގަޕޫރު ރައިތެއް ކަމުގަ ވާނަމަ ތިޔަ މީހާ އޮންނާނީ ލަންކާގެ ރައްޔިތެއްކަން ދޫކޮށްލާފަ.. އެހެން ކަމުން ލަންކާ މީހުން ކިހިނެއް ތޯ ސިންގަޕޫރު ރައިތެއް ލަންކާ އާ ހަވާލު ކުރަން ސިންގަޕޫރަށް އެންގޭނީ؟ މޫމިނާއްތަ އަށް ފެންނަނީ ތިޔަ މައްސަލަ ބަަލަން ސުއޫދު އާ ހަވާލު ކުރަން :)
ކިއްލިބާޝާ
04 September 2019
މިއުމިނާއްތައަށް ތާއީދު.