ބޯޓު ފަރަށް އެރި ނަމަވެސް ޗައިނާގެ ކުންފުނިން ވަނީ ގެއްލުމުގެ ބަދަލު ދޭން ފުރަތަމަ ދެކޮޅު ހަދާފައި.
22 ސެޕްޓެމްބަރ 2016 - 09:45
ސިޑްނީ (ސެޕްޓެމްބަރު 22) - މީގެ ހަ އަހަރު ކުރިން އޮސްޓްރޭލިއާގެ ގްރޭޓް ބެރިއާ ރީފަށް އެރި ޗައިނާގެ ތެޔޮ ބޯޓުން ފަރަށް ލިބުނު ގެއްލުންތަކުގެ ބަދަލެއްގެ ގޮތުން 29.6 މިލިއަން ޑޮލަރު ދައްކަން އޮސްޓްރޭލިއާ ސަރުކާރާއި ބޯޓުގެ ވެރިފަރާތާ ދެމެދު އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.
ޝެން ނެންގް 1 ބެރިއާ ރީފުގެ ތިލަ ހިސާބަކަށް އެރީ އެޕްރީލް 2010 ގަ އެވެ. ބޯޓު ފަރަށް އެރުމުން ވަނީ އެތައް ޓަނެއްގެ ތެޔޮ ބޭރުވެފަ އެވެ.
ތިމާވެއްޓަށް މަސައްކަތް ކުރާ ފަރާތްތަކުން ބުނެފައި ވަނީ ބޯޓުގެ ޖޫރިމނާއާ މެދު އެއްބަސްވި އަދަދު މާބޮޑުތަން މަދު ކަމަށެވެ. ސަބަބަކީ މޫދަށް އެޅުނު ތެޔޮ ސާފު ކުރުމަށް 105 މިލިއަން ޑޮލަރު ޚަރަދުވާނެތީ އެވެ. އެހެންވެ މި އަދަދުގެ ތިންބައިކުޅަ އެއްބަޔަށް ވުރެ ކުޑަ އަދަދަކުން ބޯޓު ޖޫރިމަނާ ކުރުމަކީ އެކަށީގެންވާ މިންވަރެއް ނޫން ކަމަށް ވަނީ ބުނެފަ އެވެ.
ޗައިނާގެ 750 ފޫޓުގެ ބޯޓު ބެރިއާ ރީފަށް އެރުމުން ފަރަށް ވަނީ ތެޔޮ އެޅިފައި.
ގާތްގަނޑަކަށް 230 މީޓަރު (750 ފޫޓު) ގެ ބޯޓު ފަރަށް އެރުމުން ފޭބި ތެލުން މުރަކަތައް ވަނީ ކަޅުވެފަ އެވެ.
މި މައްސަލަ ހަ އަހަރަށް ދިގު ލައިގެން ދިޔައީ ފަރަށް ލިބުނު ގެއްލުމަށް ބަދަލު ދޭން މި ބޯޓު އޮޕަރޭޓް ކުރާ ޝެންޒެން އެނާޖީ ޓްރާންސްޕޯޓް ކުންފުނިން ދެކޮޅު ހަދަމުން ދިއުމުންނެވެ. އެ ކުންފުނިން ބުނީ ފަރަކީ އޭގެ ޒާތުގައި ހެދި ބޮޑުވަމުން އަންނަ އެއްޗެއް ކަމަށާއި ފަރަށް އެޅުނު ތެޔޮ ވެސް އަމިއްލަ އަށް ސާފުވާނެ ކަމަށެވެ. އެހެންވެ ގެއްލުމުގެ ބަދަލު ދޭން ނުޖެހޭނެ ކަމަށް ވަނީ ބުނެފަ އެވެ. އެކަމަކު ކޯޓުން ބޭރުގައި މިހާރު ވަނީ ކުންފުންޏާ އެކު އެއްބަސްވުމަށް އާދެވިފަ އެވެ.
ބޯޓުގެ ޖޫރިމަނާ ފައިސާ ބޭނުން ކުރާނީ ފަރަށް އެޅިފައިވާ ވިހަ އެންޓި-ފޯލިން ދަވާދު ސާފުކޮށް ފަރުގެ ދިރުން އަލުން ގެނައުމަށެވެ. އެކަމަކު ގްރީންޕީސް އޮސްޓްރޭލިއާ އިން ބުނެފައި ވަނީ މިއީ "މާޔޫސްވާވަރުގެ" ނިންމުމެއް ކަމަށެވެ.
"ސަރުކާރުން ބުނެފައި ވަނީ ފަރު އެކުގައި ސާފު ކުރުމަށް 105 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް. އެކަމަކު އެހާ ކުޑަ އަދަދަކުން ޖޫރިމަނާ ކުރުމަކީ ވަރަށް މާޔޫސްވާ ކަމެއް،" ގްރީންޕީސް ޕެސިފިކް ރީފް ކެމްޕޭނާ ސާނީ ޓޭގާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުއްސެ
23 September 2016
ރާއްޖޭގަ ނުކުރާނެ
ނިމޯ
23 September 2016
ފޮޓޯއިން އެފެންނަނީ ތިޔަބުނުއްވާ ތެޔޮބޯޓއެއް ނޫން. ޢެއީ ޖެނރަލް ކާރގޯ ބޯޓެއް.
އަލީ
22 September 2016
ފަރު ހަލާކު ވަނީ ހަމައެކަނި ބޯޓެއް ފަރަހ އެރީމަތަ.. ކޮބާ އަހަރެމެން މޫދައް މިއުކާލާ ކުނިބުނި.. ކޮބާ އީޕީއޭ ގެ ހުއްދަ އާއެކު ގުޅި ފަޅު ފަރުމަތީ ބެހެއްޓި ދަގަޑު ހޮޅިތައް... ދިވެހިން ދިވެހިންގެ ގޮތުގަ ގަމާރުކަންމަތީ އަބަދަށް...
ފާހި
22 September 2016
މާލެ އަތޮޅު ފަރެއްގައި އިންޑިޔާގެ އެމް.އެމް.އެކްސްޕޯޓް ގެ ބާޖެއް އޮންނަތާ އެތައްޒަމާނެއް ވީއިރުވެސް އެކަމަކާ ނޫޅެވުނު. މާ ނުފޫޒު ގަދަ ބަޔެކޯ އެއީ ކިޔާ އަޑުއެހިން.
ދޮން އާމިރު
22 September 2016
ސަޅި....................އޮބި.
ތެދު
22 September 2016
އެމީހުން ފުން ކޮއްފި މަދު ގަޑި އިރުކޮޅެއް ތެރޭގަ.. އެވަރުންވެސް މިހިރީ ޖޫރިމާނާ ދިޔަ ގޮތް... މިކަމައް ބަލާފަ އަދި މަހެއް ވަންދެން ފޯމުލަކު ފަރުގަ ބޯޓެއް ނަޓްއެޅިފަ އޮތް ކަމީ މިކަމާ މެދު ބަޔަކު ހަމަ އުފަލުން ހިތް ފުރޭނެ ކަމެއް.. ޖޫރިމަނާ ހަމަ ހަވަޔް ދަނޭ މިފަހަރު...
ހަސަންބޭ
22 September 2016
މިތަނުގައި އޮތްބޯޓަށް ހަދަންވީގޮތްނޭގިތިބެ އެސަލާމަތްކުރަން ބޯޓުގައިހުރި ހިލަތަށް އެންމެފަހުން މޫދަށާއި ފަރަށްއުކާލީ މިތަނުގެމީހުންކަމަށްވުމުން ފަރަށް ލިބުނުގެއްލުން ބޮޑުކުރީ އެފުންކުރަން އުޅުނުމީހުންގެ ސަބަބުންކަމަށްބެލެވޭނީ ، އޮތްގޮތަބާއްވާފައި އެފަދަ ޖޫރިމައިނާއަށްކުރިނަމަ 30 މިލިއަނެއްހާ ޑޮލަރު ސަރުކާރަށް ލިބުނީސްކަންނޭގޭ ... މިކަހަލަ ހަބަރެއްޖެހުމުން މިތަނުގެމީހުންނަށް އެކަހަލަ ވިސްނުންވެސް އަންނަނީ .. މިހާރުވިސްނާނެކަން ނޭގޭ ...
އުދުހޭ
22 September 2016
މިކަހަލަ ހަބަރުތަށް މިދުވަސްކޮޅު ރަގަޅުވާނީ ގެނެސް ނުދިނިއްޔާ! އެހެންނޫނީ ފުވައްމުލަކު ފަރަށް އެރި ބޯޓުގެ ޖޫރިމަނާ އަދަދު އުޅުން ގާތްވާނީ މިފަދަ ޙަބަރުތަކުގަ ހުންނަ އަދަދުތަކާ ގާތުގަ! ލޮލް